ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ޔޫއޭއީގެ ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓާފައިވާ ޕެވިލިއަންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ޕެވިލިއަން އާއި ސިންގަޕޫރުގެ ޕެވިލިއަން އާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަން އަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގެ ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާނޭ

    މަހަކު 1 ފަހަރު ދުބާއީ އަށް މިވަޑައިގަންނަވަނީ، އަނެއްކާ ވިޔަފާރިގަނޑެއް ނުވަތަ ޖަރީމާއެއް ހިންގަނީތަ؟ ކޮބައި ޤައުމަށް ކުރި ފައިދާއަކީ؟

  2. ނިކަމެތި މީހާ

    ދަތުރު ކުރަން މިލިއަނުން ހަރަދު ކުރެވޭ. ހިޔާ ފްލެޓު ފުރިހަމަ ކޮށްލަދޭން ވީމަ ފައިސާއެއް ނެތް. އެތަން ނުހެދިގެން ރައްޔިތުން މިތިބަ ގަނަ ތެޅެނީ. ދަރާ ވިކިއްޖެ. ކޮންޓްރެކްޓަރުން ލާރިގަނޑު ހިފައިގެން މަސައްކަތް ނުކޮށް. ނިކަމެތި މީހާ ލޯނެއް ބޮލުގައި އެޅި ތަނަށް ނުވަދެވިފަ. ޝުކުރިއްޔާ އޯގާތެރި ސަރުކާރު. ދަތުރު ކޮށްލަ ކޮށްލަ ހުންނަވާ.

  3. މުސާފިރު ރައީސް

    ދަތުރު ކުރާ ރައީސް، ވެންޓިލޭޓަރު ގަތީ ދުބާއީން ކަމަށް މިބަލަނީ