ކޮވިޑް-19 ޖެހިގެން 25 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. އޭނާ އަކީ ގއ.މާމެންދުއަށް ނިސްބަތްވާ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ ނިޔާވީ މާލޭގައެވެ. އޭނާ އަކީ ކިޑްނީ ބަލިމީހެއް ކަމަށް މައުލޫމާތު ލިބެއެވެ. 25 އަހަރުގެ ޒުވާނަކު ކޮވިޑްގައި ނިޔާވިކަން އަދި އެޗްޕީއޭ އިން ކަށަވަރު ކޮށެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި ޒުވާނާ ރޭ ފަތިހު ވަނީ ވަޅުލާފައެވެ.

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 266 އަށް އަރާފައެވެ.

ކޮވިޑް އޮމިކްރޮން ވޭރިއަންޓާއިއެކު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވެސް 8000 އަށް އަރައެވެ. މިދިޔަ އަހަރުގެ މެއި މަސް ފިޔަވައި ދެން ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ މިމަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހަކު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    17
  2. g

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

  3. ބަލި

    ކިޑްނީ ގެ ބައްޔައް ވެސް މިހާރު ކިޔަނީ ކޮވިޑު. އެހެންތާ ވާނީ ރޯނު އެދުރުން ގިނަވީމަ