ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކައިރިވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށަން ނިންމި ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ހަތް މިލިއަން ރުފިޔާ ނެގި ކަމަށް ކައުންސިލް މެމްބަރަކު ތުހުމަތު ކުރައްވައިފިއެވެ.

އެގޮތަށް ތުހުމަތު ކުރައްވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 36 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ޒަމީރެވެ.

ޒަމީރު ވަނީ އިދިކޮޅު ޕީޕީއެމަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައި އޮތުމަކީ ސަރުކާރުން ސިޓީ ކައުންސިލަށް ޖެއްސުން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވެފައެވެ.

މިގޮތުން ސަރުކާރަށް ހަގީގަތުގައި ޖެއްސުން މި ކުރެވެނީ ރައްޔިތުންނަށްކަމަށް ފާހަގަ ކުރައްވާ ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލަށް އާމްދަނީ ލިބެންހުރި ޓީޖެޓީ އާއި ނޯތު ހާބަރާއި ތަންތަން ނުދޭން ރައީސް އޮފީހުން ނިންމުމުން، ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް އެއްވެސް ކަމެއްވާން ސަރުކާރުން ބޭނުންނުވާކަން ރައްޔިތުންނަށް ހާމަވެގެންދާ ކަމަށެވެ.

"މި ހިސާބަށް ކަންތައްތައް ދިޔައިމާ، ދެން ރައްޔިތުންނަށް އެބަ އެނގޭ ރައީސް އޮފީހަކުންނެއް ބޭނުމެއް ނުވޭކަން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައި އެ އޮތް ސިޓީން ވަރަށް ރަނގަޅަށް ހާމަވޭ ރައްޔިތަކަށް ކަމެއްވާކަށް ބޭނުމެއް ނުވޭކަން، މި ސިޓީ ކައުންސިލަކުންނެއް." ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ސިޓީ ކައުންސިލުން ހިދުމަތްދެމުން ގެންދަނީ ވަރަށް ހާލުގައި ކަމަށާއި އެކި ހިދުމަތްތައް ދެމުން ގެންދަނީ އެކި ތަންތަނުންކަން ފާހަގަ ކުރައްވާ ޒަމީރު ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތްދޭން އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ބަޖެޓުގައި ހިމެނޭ 18 މިލިއަން ރުފިޔާގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ 64 ގޮނޑި މިހާރުވެސް އޮއްވާ އެ ބަޖެޓުން 7 މިލިއަން ރުފިޔާ އުނިކޮށްފައި ދެ ކޮމަންޑޫ ގުޅާލަންކުރާ ހަރަދު ބަލައެއް ނުގަނެވޭ ކަމަށެވެ.

"އެމްޑީޕީގެ ކައުންސިލަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ ބަލައެއް ނުގަނެވޭ. މާލޭ ސިޓީގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަކުން އުނިކޮށްފައެއް ކުއްލިއަކަށް އެހެން ކަމަކަށް ހަރަދު ކުރާކަށް އަޅުގަނޑަކަށް ބަލައެއް ނުގަނެވޭ." ޒަމީރު ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅައިލަން ނިންމަވާ ރައީސް ސޯލިހް އެކަން އިއުލާނު ކުރައްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޖަލްސާއެއްގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތްވެސް ކުރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

ޕްލޭނިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެރަށުގައި ކުރިއަށްގެންދާ މަސައްލަތުގެ ތެރެއިން ކޮަމަންޑޫގައި 1960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮަމަންޑޫގައި މި މަޝްރޫއުގެ ދަށުން ގާއިމްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސެންރަހާ

    ހެޔޮނުވާނެ ރައްޔިތުންނޭ މިސަރުކާރައް ވޯޓުދޭކައް މިމީހުންނައް ވޯޓު ދިނުމަކީ މިދިވެހި ޤައުމައްދެވޭ ދެވޭ ގެއްލުމެއް

    33
    1
  2. އަހުމަދު އީސާ

    ވަރިހަމަ، އެކަމަކު ތިކަން ހުއްޓުވޭނެ ގޮތެއްވެސް ހަމަނެތީތަ؟ އޭސީސީ ކީކޯބުނަނީ! ޗުކި! އޭސީސީގަ ނެތް ދޯ މިހާރު އެއްވެސް މެންބަރަކު. ދެން މި ގައުމު ހިނގާތައެބަ. އޮޔާއެއްނު މިދަނީ. ދެން އިންޑިއާ އާއި ދިމާލަށް ލައްގަ ފާނެންނު. ގައުމުގެ އެންމެ ކަމެއްވެސް ހަމައަކަށް އެޅުވޭވަރުގެ ބަޔަކު ހަމަނެތީތަ؟؟؟؟

    27
  3. ެަހުމްދު

    ހަހަހަހަ! މާލޭ މީހުން މޮޔަހައްދާފަ، ވޯޓުހޯގައިގެން، މާލެ ރަތްޔަތުންއަށް ގޯތިގަޑެއްވެސް ނުދެވުނު! އަހަރެނވެސް ހިމެނޭގޮތަށް، މިހާރު ދެރަވޭ އެމްޑީޕީއަށް ވޯޓުލެވޭތީ! މަވާ ސަލާމް!
    އަބަދުވެސް މާލެ އުފަންރަތަތުން ހަމަ އެނެކަމެތި ހާލުގަ ތޮށްޖެހިގެން މައްމަ ނޫނީ ބައްޕައަށް ލިބިފައިވާ ބޯކިބާ ފޮތިތެރޭ! ހުރިހާ މޮޅެ ރަތްރަށުމީހުންނައް!

    20
    2
  4. ހުދުމު

    ހަހަހަހަ! މާލޭ މީހުން މޮޔަހައްދާފަ، ވޯޓުހޯގައިގެން، މާލެ ރަތްޔަތުންއަށް ގޯތިގަޑެއްވެސް ނުދެވުނު! އަހަރެނވެސް ހިމެނޭގޮތަށް، މިހާރު ދެރަވޭ އެމްޑީޕީއަށް ވޯޓުލެވޭތީ! މަވާ ސަލާމް!
    އަބަދުވެސް މާލެ އުފަންރަތަތުން ހަމަ އެނެކަމެތި ހާލުގަ ތޮށްޖެހިގެން މައްމަ ނޫނީ ބައްޕައަށް ލިބިފައިވާ ބޯކިބާ ފޮތިތެރޭ! ހުރިހާ މޮޅެ ރަތްރަށުމީހުންނައް!

    11
  5. އަހުމަދު

    އެމްޑީޕީއަށް ތާއީދު ގެއްލިއްޖެ. އެއީ މިހާރު ވޯޓު ގަންނަން ޖެހޭ ބައެއް. އެނޫން ގޮތެއް އެމްޑީޕީއަށް މިހާރަކު ނެތް

    22
  6. ފަލަޑޭ

    سبحان الله ސޯލިބޭ ކިހިނެތް ތިހެދީ.

    24
  7. ގލ

    ކޮމަންޑޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނޭވެ މިސަރުކާރަކީ
    މަކަރުވެރި ހީލަތްތެތި ސަރުކާރެކެވެ ކޮމަންޑޫ ދާއިރާގެ
    އިންތިޚާބު ހަމަ ނިމުމާއެކު ތަރައްގީއަށް ތިއަފެއްޓި ހުރިހާކަމެއް ހުއްޓޭނެއެވެ އެއްވެސް ކަމެއް އިތުރަކަށް ކުރިއަކަށް ނުގެންދާނެ އެވެ ތިއައީ ހަމަ އިންތިޚާބަށް ޖަހާ މަޅިފައްޗެކެވެ އެކަމަކު ޔަގީންވާ ކަމަކީ އެމަޅިފަތީގައި މިފަހަރު ބެދޭނީ ވަގު މޑޕ އެވެ.

    22
  8. ގަލަން ތުނޑު

    އެސޮރުއެބުނީ ހަމަ ވ ރަނގަޅު ވާހަކައެއް..އެއީ ރަނގަޅުސޮރެއް

    16
  9. ދިވެހި ދިދަ

    މީ ކްރޮޕްޝަނެއްނޫންބާ..މީ މަނީ ލޯންޑްރިންގ އެއް ވުރެ މާނުބައިކަމެއް.. އެތައްބައެއްގެ ހައްގު އެނުގުޅައިގަތީ ކޮބާ އޭސީސީ..އެމީހުން ދުއްވާލީ މިކަހަލަ ގަނޑުގަންނަންވެގެން

    22
    2
  10. ހުސޭނުބޭ

    އެ ފައިސާ ވާނީ ކެމްޕެއިނަށް ކުރާ ޚަރަދަކަށް. ތަރައްޤީއަށް ކުރާ ޚަރަދަކަށް ނުވާނެ

    20
  11. ޢަދުރޭ

    މާލޭ ރައްޔިތުންގެ ވޯޓު ބޭނުން ނުވަންޏާ އޯކޭ ތިހެން ހެއްދެވިޔަސް . އެކަމަކު މާލޭ މީހަކާ ކައިވެނި ކުރައްވައިގެން ހުންނަވާ މާލޭގެ ވައިފެންލިބިގެން ބޮޑުވެ ތިހެން އުޅުއްވީމަ ވަރަށް ލަދު ދެއްތޯ؟

    22
  12. ނުނން

    ޔާމީން ގެއަޅާފައި ވަނީ ކޮންތާކުން ހޯދި ފައިސާއެއްތަ

    1
    11
    • އަންނި

      ޔާމީނުކުރެއް އަހާބަލަ.

  13. ޢަދުރޭ

    އެމްޑީޕީ މީހުން ރޭގަނޑު ހޭދަކުރަނީ ޝަރުބަތު ބުއިމުގައި ދުވާލު ނިދުމުގައި ހޭލެވޭ އިރަށް ޔާމީން ޔާމީން. އަޅެ މި މީހުންނަށް ރައްޔިތުން ވެރިކަން ޙަވާލު ކުރީ ކީއްކުރަން ކަން ހަނދާން ނެތުނީބާ؟

  14. ރައްޔިތުމީހާ

    ތީ ބަނބުކެޔޮ ހަސަނުމެންގެ ގޭދޮށުން ދިމާވިކަމެއްތާ.. ތިކަން މާބޮކަމަކަށް ނަހަދާ.. ހަސަނުމެންނަކީ ތިހެން ދާހާބަޔަކަށް ފުރައްސާރަކޮށް އަޑުގަދަކުރާއިން މީހުންނަށް ޖެއްސުން ކުރާ ބައެއް. ހަސަނަށް ހީވާކަހަލަ ކައްވަޅުގައިވެސް ތިޔަކަހަލަ ހަރުގެއެއް ހުޅުވާ ލައްޕަން އޭނަޔަށް ހުރެވޭނެ ހެން.