ކެންޕޭންތަކުގަ މުހިންމީ ކެޑިޑޭޓުންގެ ސިޔާސާސަތު ވާހަކަ ދެއްކުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އަނާރާ ވިދާޅުވި ގޮތުގައި ކެންޕޭންތަކުގައި މުހިންމީ ކެޑިޑޭޓުންގެ ސިޔާސަތުތަކުގެ ވާހަކަދެއްކުން ކަމަށެވެ. އަދި ރަނިންމޭޓުން ގެ ވާހަކަ ދެއްކުން ނޫން ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ މިހެން ވިދާޅުވީ ކޮންކަމާކާ ގުޅިގެން ކަމެއް ސާފުވާގޮތްވަނީ ނުވެފައެވެ.

ފަހަކަށް އައިސް މަކުނުދޫ ދާއިރާގެ މެންބަރު އަންނަނީ ޓުވިޓާ މެދުވެރިކޮށް ސަރުކާރަށްއަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ފޮނަދޫދާއިރާގެ މެމްބަރު އަބުދުއްރަހީމް (އަދުރޭ) އަށް ނިސްބަތް ކުރައްވާ އަނާރާ ވިދާޅުވި ގޮތުގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދީނީ ފަތުވާ ދެމުން ގެންދަވާތީ ކަންބޮޑުވެލަށްވާ ކަމަށެވެ. އެކަމަށް ރައްދު ދެއްވާ އަދުރޭ ވަނީ މަޖިލީހުގައި މަސައްކަތެއް ނުކޮށް ނަގާ މުސާރަ ހަލާލުވާނެތޯ ސުވާލުކުރައްވާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން އިބޫ ވާދަކުރައްވާ އިރު އެމަނިކުފާނުގެ ރަނިންމޭޓެއް ކަނޑައެޅުމަށް މިމަހު 13 ގައި ގޮތެއް ނިންމާނެކަމަށް ވެއެވެ.

ރިޔާސީ އިންތިހާބު މިއަހަރު ސެޕްޓެމްބަރު މަހު އޮންނަ އިރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަންނަނީ ޑޯޓުޑޯ ޖައްސަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހުޅުމާލޭގައި ޑޯޓުޑޯ އިވެންޓުގައި ކަޅުތެލުން ބަޔަކު ހަމަލާދީފައިވެއެވެ. އަދި އިބޫއާބަޔަކު ދިމާކުރުމުން އެކަން ކުށްވެރިކުރަށްވާ ހޯމްމިނިސްޓަރު އަޒްލީންވަނީ ވާހަކަދައްކަވާފައެވެ.

އަޒްލީން ވިދާޅުވި ގޮތުގައި އެކަންވަރަށް ސީރިއަސްމައްސަލައެއް ގޮތުގައި ތަހުގީގު ކުރައްވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ އެމްޑިޕީން ކުރިޔަށް އޮވެ އިސްލާމްދީނަށް ހަޖޫޖަހާއިރު އަނާރާ ފަހަތުން އަތްޖަހާ ވާހަކަވެސް ދައްކަންޖެހޭނެތާ!