އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮސްފައިވަނީ މިއަދު އައްޑޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. މިއަދު ހަވީރު ކުރިއަށްގެންދިޔަ އެ މުޒާހަރާގައި ޔަސްރިފާއެކު އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ސަރުކާރާ ދެކޮޅަށް އައްޑޫ ސިޓީގައި އިއްޔެވެސް މުޒާހަރާ ކުރިއެވެ. އިއްޔެއާއި މިއަދު ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހހހ

    ޔަސްރިފް ތީ އަހަރުންގެ އަވަށް ޓެރިއެއް. ދިމާ ނުވާތާ ވަރަށް ދުވަސް ވެއްޖެ. ވަރަށް ހިތް ހެޔޮމީހެއްތީ. ޢަހަރުން މިތިބީ ޔަސްރިފް މެންނާ އެކީ. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް. ?

  2. މުހައްމަދު

    ޥަގުތު ނޫހުން މީހުންގިނަކަމަށް ތިޔަބަލަނީ ކިހިނެކުންތޯ؟
    އެތާނގާތިބީ ސަތޭކައެއްހާ ނީހުން.

  3. ކެޔޮޅު

    އާޓިފިސަލް ބީޗްގަވެސް މިރޭވަރައްމީހުން އޮތްކަމައް ރ ޓީވީން ބުނި ބަލާލިއިރު ތިބީ84މީހުން ބުނޭމީދޮގެކޭ !!

  4. ސައިބޭ

    ތިމީހާވެސް އަދި އިތުރު އެހެންމީހަކުވެސް އައްޑޫއަކުން ހައްޔަރެއް ނުކުރޭ، ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމެއްކަމަށްވާތީ، ތިމީހުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ޢަމަލުކޮށް ތަންތަން ހުޅުޖަހަން އުޅެނިކޮށް ބްރޭކްކޮއްލީ،

  5. އައިސް

    މޭރެއް ކުރޮޑި އެއް ނޯންނާނެ ބަޅާ ބޮޑުވަންޏާ