ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެމްއެންޑީއެފްއަށް ޗައިނާއިން ސީއެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.

އެގޮތުން މިއަދު ކޯސްޓްގާޑް ބިލްޑިންްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސީ އެމްބިއުލޭންސް އެމްއެންޑީއެފްއާއި ހަވާލު ކުރެވިފައިވާއިރު އެމްއެންޑީއެފްގެ ފަރާތުން ސީއެމްބިއުލޭންސާއި ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލް މުހައްމަދު ޒުހައިރެވެ.

ސީއެމްބިއުލޭންސާއި ހަވާލުވެލެއްވުމަށް ފަހު ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒުހައިރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަނީ ވަރަށް ޒަމާންވީ އެކުވެރި ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ޗައިނާގެ އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގައި ޗައިނާއިން އެކަމަށް ތައްޔާރަށް އޮންނަ ކަމަށްވެސް މިނިސްޓަރ ޒުހައިރު ވިދާޅުވިއެވެ.

އަދި ޗައިނާއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްގައުމު ކަމުގައި ފާހަކަ ކުރަމުން މިނިސްޓަރ ޒުހައިރު ވިދާޅުވީ މިއަދު ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރެވުނު ސީ އެމްބިއުލޭންސަކީ އެކަމުގެ ދިރިހުރި ހެެއްކެއް ކަމަށެވެ.

އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

"ޗައިނާއަކީ އަބަދުވެސް ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އެއް ގައުމު. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްވެސް ޗައިނާއިން މުހިންމު ދައުރެއް އަދާކުރޭ. އޭގެ ހެއްކެއް އެއީ މިއަދު ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރެވުނު ފުލީ އިކުއިޕްޑް (ހުރިހާ ވަސީލަތްތަށް އެކުލެވޭ) ސީއެމްބިއުލޭންސް އަކީ" މިނިސްޓަރ ޒުހައިރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑަށް ވެފައި ރާއްޖެއަކީ ޖޯގްރަފީގޮތުން ސަތޭކަ އެތަކެއް ރަށެއްގެ މަށްޗަށް އެކުލެވޭ ޖަޒީރާ ގައުމަކަށް ވުމުން ކޮންމެ ރަށަކަށް ސިއްހީ ހިދުމަތް އޭގެ އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ޒުހައިރު ފާހަގަކުރެއްވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި، ސީ އެމްބިއުލޭންސެއްގައި ހިމެނެން ޖެހޭ ހުރިހާ ވަސީލަތްތަށް ހިމެނޭ ފުލީ އިކުއިޕްޑް ސީ އެމްބިއުލޭންސުގެ ސަބަބުން އެމްއެންޑީއެފްއިން ފޯރުކޮށްދެމުން އަންނަ ސީއެމްބިއުލޭންސްގެ ހިދުމަތަށް އިތުރު އާރޯކަމެއް ގެނުވާނެ ކަމަށްވެސް މިނިސްޓަރ ޒުހެއިރު ވިދާޅުވިއެވެ.

އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދި މިހާރު ރާއްޖޭގައި ސީއެމްބިއުލޭންސްގެ ހިދުމަތް ދިނުމަށް 25 އުނޅަދެއް އޮތް އިރު ފާއިތިވި 14 އަހަރުގެ ތެރޭގައި 10،000 ވުރެއް ގިނަ މީހުން އެމްއެންޑީއެފް މެދުވެރިވެގެން ސީއެމްބިއުލޭންސްގެ ހިދުމަތް ހޯދައިފައިވާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

ސީއެމްބިއުލޭންސް ރާއްޖެއަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ފަރާތުން ވާހަކަ ދައްކަމުން ޗަައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޗްއީ ޒަންގް ލިޒް ހޮންގް ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މުހިންމު 9 އެއްބަސްވުމެއްގައި ސޮއިކުރެވިގެން ގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ ސީއެމްބިއުލޭންސް ރާއްޖެއަށް ހަދިޔާ ކުރުން ކަމުގައެވެ.

އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދި މިއަދު އެކަން ހަޤީގަތަށް ވެއްޖެ ކަމަށާއި ރާއްޖެއަކީ އަބަދުވެސް ޗައިނާއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ރާއްޖެއާއި ޗައިނާގެ ގުޅުމަކީ އެހެން ގައުމުތަކަށް ހުރި ނަމޫނާއެއް ކަމުގައި ސަފީރު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ދިފާއި ބާރު (އެމްއެންޑީއެފް)އިން ފޯރުކޮށްދޭ ހިދުމަތްތަށް ހަރުދަނާ ކުރުމަށް ޗައިނާއިން އެކި އެކި ޓްރެއިނިންގް ޕްރޮގްރާމްތަށް އެމްއެންޑީއެފްއަށް އަމާޒުކޮށްގެން ކުރިއަށް ގެންދަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙަފްޞާ/ މާލެ

    ފެނޭތަ ؟ ފެނޭދޯ؟ އަގުކޮށްފިނަމަ މިއީ ކިތައްމިލިޔަން ރުފިޔާތޯ ބަލާބަލަ؟ މީޣެ ފައިދާ ސީދާގޮތުން ލިބިގެންދަނީ ދިވެހި ރައްޔިތންނަށް! ފެނޭދޯ؟

  2. ނައްތު

    އޯގަދަ ދެން ދޭނީ މަނަވަރެއް

  3. ފާއިޒް

    ސާބަސް ރައީސް ޔާމިން..

  4. ކާފަ

    ސްޕީޑަކީ ކޮބާ؟

  5. އަޅުގަނޑު

    ވަރަށް އުފާވެރި ޚަބަރެއް.

  6. ޟ

    އިންޑިޔާ މިފަހަރު ވަރަށް ރުޅި އަންނާނެ.

  7. މާސްޓަރ

    އިންޑިއާއިން ހަދިޔާކުރި ކަހަލަ، އިންޑިޔާމީހުންނަށް ނޫނީ ދުއްވުމުގެ ހުއްދަ ނޯންނަ، އެމީހުންގެ ބެލުމުގެ ދަށުގައި ބާއްވަންޖެހޭ، އެމީހުންގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ދިވެހިންނަށް ދިން ހަދިޔާއެއް ކަމުގައި ނުވާނެ ކަމަށް އުއްމީދުކުރަން.

  8. ލަތީފު

    ޝުކުރިއްޔާ ޗައިނާ ޝުކުރިއްޔާ ޔާމީން2018 އިންޝާﷲ

  9. ރެޓޭ

    ސުބްޙާނަﷲ! އަލްޙަމްދު ލިﷲ! އެއްކަލަ ބައިގަނޑު މިހާރު މޭކަރާލާނެ!

  10. ީެއިންސާފް

    ސުކުރިއްޔާ ރާއީސް ޔާމީން އަދި ސިންޒިންޕި

  11. ކާލޫން

    އިންޑިއާއިން ދިންނަމަ ލިބޭނީ ބާދަރު ޖަހާފައި އޮތް އެއްޗެއް، ނުވިތާކަށް އެމީހުން އެއެތި ދުއްވަން 20 މީހުންނާއި ދަބަރު ތަޅާން 25 މީހުން ފޮނުވާގެން މިގައުމުގައި ތިބޭންވެސް ބޭނުންވާނެ.

  12. އެދުރު

    ވަރަށް ރަގަޅު ، އުންމީދުކުރަން ތީތި އޮޕަރޭޓުކުރާނީ އެމްއެންޑީއެފުން ކަމަށް ، އިންޑިއާ ހެލިކޮޕްޓަރު ދިން ގޮތަކަށް ނޫން ކަމަށް

  13. އަސްލުހާލަތު

    އިންޑިއާއިން ހަދިޔާ ކުރިއެއްޗެއްނަމަ ތިޔަ މިތާބާއްވައިގެން އެމީހުންގެ ސިފައިން ދުއްވާގޮތަށް އެމީހުންގެ ބެލުމުގެ ފަދުގަ ބާއްވާނި.. ނަމުގަ ހަދިޔާ ކަމުގަ ޖާސޫސްކުރުމާ ހަންފެތުރުން

  14. ސީނު

    ޝުކުރިއްޔަާ ޗައިނާ..މަރުހަބާ ރައީސް ޔާމީން.

  15. Anonymous

    ތިކަހަލައި ކަންކަމަށް ޚިޔާލެ ދެންނަން އެގޭނީ ރައްޔިތުންގެ މަޖްލިސަށް. އޯކޭ!

  16. ނައްލަ

    ޝުކުރިއްޔާ ޗައިނާ ޝުކުރިއްޔާ ރައީސް ޔާމީން ﷲ ރަހުމަތުން 2018 ޔަގީން