އީސްލާމް ދީނަށް ފުރައްސާރަ ކޮށްގެން، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިިދިޔަ ހަފްތާގައި ބާއްވާން ތާވަލު ކުރި އޭނާގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މާދަމާ ބާއްވަން ތާވަލުކުރި އަޑުއެހުން އޮތީ ހެނދުނު 9:00 ޖަހާއިރުއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުން ދައްކާ ގޮތުގައި، ރުސްތުމްގެ މައްޗަށް ތަފާތު ދެ ދައުވާއެއް އުފުލާފައިވެއެވެ. ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާގެ އިތުރަށް، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ފާޅުގައި އިސްލާމް ދީނަށް ފާޑުކިޔައިގެން ރުސްތުމް އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވެއެވެ. 2019 އަދި 2020 ގައި ވެސް ރުސްތުމް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް މި ދައުވާތައް އުފުލީ 2021 ގައެވެ.

ރުސްތުމް ބޭނުން ކުރާ ކަމަށް ބެލެވޭ މީސްމީޑިއާގެ އެކައުންޓްތަކަކުން، ދީނީ މިނިވަންކަން އޮތް ގައުމަކަށް ރާއްޖެ ބަދަލު ކުރަން ގޮވާލައި އެކި ޕޯސްޓްތައް ކޮށްފައި ވެއެވެ.

އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ކުރުމަކީ ވެސް ގާނޫނުލް އުގޫބާތުގައިވާ ގޮތުން ކުށެކެވެ. މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    މި ލާދީނީ ސަރުކާރުން ހުކުމެއް ނީއްވާނެ. ފަޅޮލޭ ކިޔާފައި މައްސަލަ ޑްރޭގް ކުރާނީ.

    7
    2
  2. ފާރޫގު

    ކޮބާތަ މޑނ ގެ މެންބަރުން އެމީހުންނަށް ބޮޑުމުސާރަޔާ ބޮޑު މަގާމުދީފަ މޫނުމަތި ރީތި ކުރަނީ.

    5
    1
  3. ޙުސެން

    ތިއޮށް ޖިންސު ބޭލެނީނު.