މޫނު ބުރުގާއަކީ މާލޭގެ ފިނިކޮޓަރީގައި ތިއްބަވާ ބޭފުޅުން ނިކަން ރުޅި އަންނަ އެއްޗެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމީ ތައުލީމާއި ބައެއް މީހުން ދުރުކަން ފާހަގަ ކުރައްވާފައެވެ. އަދި މޫނުބުރުގާ އެޅުމަކީ ހައްގެއް ކަމަށާއި، މޫނު ބުރުގާ އަޅާފައިވާ ޓީޗަރުން އޮޅިގެން ދަރިވަރުންނާއި، ސްކޫލްގެ ވެރިންނާއި ރަށު މީހުން ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

"މޫނުބުރުގާ އަޅާ ޓީޗަރު އޮޅިގެން ކުދިންނެއް ނޫޅޭ، ސްކޫލު ބޭފުޅުންނެއް ނޫޅޭ، ރަށުމީހުންނެއް ނޫޅޭ. ޅިގެން އުޅެނީ މާލޭ ފިނިކޮޓްރީގައި ތިއްބަވާ މަދު ބޭފުޅުންކޮޅަކަށް. ވާގޮތަކީ މިބޭފުޅުން ނިކަން ރުޅިއަންނަ އެއްޗެއް މޫނުބުރުގާއަކީ،" ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރަށްރަށުގެ ސްކޫލްތަކާއި އޮފިސްތަކުގައި މިހާރުވެސް މޫނުބުރުގާ އަޅައި ކަނބަލުން މަސައްކަތް ކުރާކަން ފާހަގަ ކުރައްވާ ޒައިދު ވިދާޅުވީ، އެތަންތަނުގެ މީހުންނަށް އެއީ ކާކުކަން އޮޅިގެން އުޅެން ޖެހިފައިނުވާ ކަމަށެވެ. އަދި ދަންނަ މީހެއް ނަމަ އެއީ ކާކުކަން ނޯޅޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ޓްވީޓްކޮށްފައި ވަނީ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ މުހައްމަދު ޝިފާޒް އެކަމަށް ރައްދު ދެއްވާ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ހެދުން އަޅަން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އަދި ރާއްޖޭގައި ނިސްބަތުން ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ ބައެއް ކަމަށެވެ. އަދި މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށާއި އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.

އެސިޓީއަށް އިޝާރާތްކޮށް ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެންމެ ބޭފުޅުންނަށް އިހްތިރާމް ކުރަން ޖެހޭ" ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ޝިފާޒް ވިދާޅުވީ ކިޔަވައިދޭ ޓީޗަރު އެއީ ކާކުކަން ދަރިވަރުންނަށް ވެސް އެނގެންޖެހޭ ކަމަށެވެ. "މިކުޑަ މުޖުތަމައުގެ ހަމަޖެހުން ބިނާވަނީ އެންމެ ބޭފުޅުން ކާކަކީ ކާކުކަން އެނގިގެން." ޝިފާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. Anonymous

  ތިބުނާ މިހުން ވެރިކަމަގންނަން ކަލޭއުޅުނު ވައްތާު އަދި ހޑާނނުނެތޭ ވޥމާމުނާފިގުކަލޭގެ މަޑުންހުރޭ

  37
  3
  • ހިޖުރަ

   މީހަކު ރަނގަޅު އެއްޗެއް ބުންޏަސް އެމީހަކަށް ފުރައްސާރަ. ތިޔަ އުޞޫލުން ބަސް ވީއްލައި ނުލެވޭ ހަމައެކަކުވެސް އެބަހުރިތަ!!؟ ތިއީ ވަރަށް ދަށުދަރަޖައިގެ ކަމެއް.

   15
   5
 2. Anonymous

  މޫނު ބުރުގާދެކެ އެކަންޏެއް ނޫނޭ އެމީހުން ރުޅިއަންނަނީ. ފޭރާން ދެކެ ވެސް އެވަރަށް ރުޅިއާދެޔޭ. އެހެންވެގެންނޭ އޮރިޔާމުންއުޅޭ ކާފިރުން ގޯތިގެދޮރަށް ގެނެސްގެން ޑޮލަރު ލިބޭނެ ގޮތް އެހަދަނީ. މީހުން ޑޮލަރާހެދި މޮޔަކުރުވައި ފަރަންޖީން އުޅޭހެން ހެދުންނުލާ އުޅެން ދަސްކޮށްދެނީޔޭ.

  49
  2
 3. ރަން ރީނދޫ

  ވަކި މީހަކަށް ހަސަދަވެރިވެހުރެ، ދީނަށް ފުރައްސާރަ ކުރާ ގުރޫޕް ވެރިކަމަށް ގެނައުމަށް ރައްޔިތުން އޮޅުވާ ދޮގުހަދަމުން އޭރު ދުވުމުގެ ނަތީޖާ މިއަދު މިފެންނަނީ. ގައުމުގެ ދީނީ ޝިއާރުތަކަށް ފުރައްސާރަ ކުރުމުގެ އެންމެ ކުރީގައި ތިބީ އޭރު ތިބާ ދުޢާ ދެންނެވި ފަދަ ވެރިންނޭ ބުނީ މީހުން ،އަދި އެމީހުންގެ އައުވާނުން.

  43
  3
 4. ހުސޭނުބޭ

  ނުބައިކޮށް ތި ކިޔަނީ
  ރަގަޅު ގޮތަކީ ،،،،،،، މޫނު ބުރުގާއަކީ އަޅުގަނޑު ގުދުބިދިގެން ގެނައި ސަރުކާރުން ވަރަށް ރުޅިއަންނަ އެއްޗެއް........ މިހެން

  52
  1
  • ލޮލް

   ކެކެކެކެކެކެކެކެކެކެކެކެ.... އާނއެކޭ، މިހާރު ރާކަނިމަސް ކެވިފައި އެތިބީ.. ކެކެކެކެކެެެކެކެކެކެކެ..... ދެންވެސް ހަނދާންކުރާތި އެމްޑީޕީ ވާނީ ހަމަ އެމްޑީޕީއަށް!!! އެޔަކުން ހެވެއް ނުނިކުންނާނެ!!!...

 5. އަނަސް އަލީ

  އަޅެފަހެ އޭނަގެ ފޯޓޯގަ އޭނަވެސް އެހެރީ ހަމަ ފިނިކޮޓަރީގަ

  25
  1
  • އައްޔާ

   މާނައަކީ މިކަލޭގެވެސް ރުޅިއަންނަ އެއްޗަކީތަ....... ކެކެކެކެކެކެކެކެކެކެ

   16
 6. ސަމީ

  ޒައިދު މެން ގެނަ މީހުން އެކަމަށް ވ ނުރުހޭނެ

  21
  2
 7. އުގުރި

  ޒައީދު މިއަދު ދެނެއް ނެތޭ މޮޅު ޓުވީޓެއް ކޮށްލައިގެން ވެސް ސަލާމަތް ވާކަށް އަލީ ޒައީދު ވެސް ތިޔައީ މިމީހުން ގެންނަން ވަރުއެރުވި އެކަކެއް ނޫތޯ... ި

  16
 8. ޣ

  ކޮވިޑް ޓެސްޓް ހަދަން އަންނަ މީހުން ތިބެނީ މުޅި މީހާ އެއްކޮށް ނިވާވެގެން. ކާކުކަން އެނގޭނެ އެއްވެސް ގޮތެއް ނޭނގެ. އަޅުވާފައި އޮންނާ ކާޑު އެއީ އަޞްލެއް ތޯ ފޭކެއް ތޯ ވެސް ބެލޭނެ ގޮތެއް ނޯވެ. ސޫޓުގެ ތެރޭގައި ހުންނަ މީހާއާއި ކާޑުގައި އިންނަ މީހާ ދިމާވާކަމެއް ނުވާކަމެއް ނޭނގެ. ޔަޤީން ކުރަން އެމީހުންގެ މާސްކު ނަގަން ބުނެވޭކަށް ވެސް ނޯވެ. އެކަމަކު އެމީހުން ރަސްމީކޮށް ހުއްދަ ލިބިގެން އަންނަނީ. ބައްދަލު ކުރަނީ ވެސް ޢާއްމު ރައްޔިތުންނާ. އެއީ މައްސަލައެއް ކަމަކަށް ވެސް އެއްވެސް ފަރާތަކުން ނުބަލާ.

  17
 9. ރިޔާން

  މި ވެރިކަމުގެ ވައުދެއް މޫނު ބުރުގާ އެޅި ކަބަލުންނަށް ވަޒީފާޔަށް ދެވުން... ޔާމީން ވައުދުތަކާ ހިލާފްވީމަ ވެރިކަން ނުލިބުނީ، ރައިސް ސޯލިހު ވެސް ވައުދުތަކާ ހިލާފް ވަނީ ބާ!!!

 10. ޙައްޕު

  މީނާއަކީ ނުރައްކާތެރި ބޭފުޅެއް...........

  7
  1
 11. ދޮންހިޔަލަ

  މޫނުބުރުގާ އަޅާމީހުން އެއީ ކޮންބައެއްކަން އަހަރެމެންނަށް ނޭނގުނަސް ވަރިހަމަ އެނގޭކަށް ބޭނުމެއްވެސް ނޫން އަޅަންބޭނުންމީހަކު އަޅަންވީ މައްސަލައަކީ އަހަރެމެން އަޅާ ހެދުން ކަލޭމެންނަށް ހަޖަމުނުވާތީ

  9
  1
 12. އިބްރާހިމް

  އަދާލަތުގެ އިމްރާން މަނާނުކުރިއަސް މިއަދުގެ ހޯމްމިނިސްޓަރ އިމްރާން މޫނުބުރުގާއާއި ދެކޮޅުވާނެ.

  5
  1
 13. މޫސަބޭ

  ޒައިދުއަކީ ވެސް އިސްލާމްދީނާބީރައްޓެހި ސަރުކާރެއް ދަމަހައްޓަން ވަރައް މަސައްކަތް ކުރައްވާ ބޭފުޅެއް .؟

 14. އިސްޢާފް ސަލީމް

  މޫނު ނިވައިވާގޮތަށް ބުރުގައެޅުމަށް ޤުރުއާނުގައިވެސް ޙަދީސުގައިވެސް ނޯވޭ! އޮންނަނީ ކަރާ ކަނދުރާޔާ އިސްތަށިގަނޑާ މޭމަތި ނިވާވާގޮތަށް ބުރުގާއަޅަން! މޫނު ނިވާވާގޮތަށް ބުރުގާއެޅުމަކީ އުއްމަހާތުލް މުއުމިނީން ނަށް ޚާއްޞަ ކަމެއް! އެކަބަލުންނަށް އެހެން ފިރިހެނަކާއެކު ކައިވެނިވެސް ޙަރާމްވާނެ! ކީއްވެގެންތަ މީނަ މި ތެޅިބާލަނީ!

  4
  3
  • ސަލް

   ތިހެން އަމިއްލަ އަމިއްލައަށް ފަތުވާނެރޭތީއޭ ގައުމުގަ ފިތުނަ އުފެދެނީ. ދީނުގެ ކަންކަމުގައި ފަތަވާތައް ދަންނަބޭކަލުން (މުޖުތަހިދު) އިލްމުވެރިން ނެރެފަ ފޮތްފޮތުގައި ޖަމާވެފަ އެބަހުރި. އެ ފަތުވާތައް ވިދާޅުވެލައްވާ. އޭރުން އެނގިގެންދާނެ ތިޔަ އޮޅުން އަރާހިސާބު.

  • މަބުނީ

   އުންމަހާތުލް މުއުމިނީންގެ ސުންނަތަށް މުސްލިމު އުޚްތުން އުޅުން އެއީ މައްސަލައެއްތަ އަޅެ ފަހެ..ބޭނުން މީހަކަށް މޫނު ބުރުގާ އެޅެން އޮތް އިރު އެހައްޤު ނިގުޅައިގަތުމަށް ވާހަކަ ދައްކަން އަހަރެމެން މީ ކޮންބައެއް..މުޖުތަމައުގަ އޮރިޔާން ނިވާނުކޮށް އުޅޭ އަންހެނުން ވ.ގިނަ..އެކަމަކު މިވެސް މުސްލިމުންނޯ..ގައިމު އޮރިޔާން ނިވާކުރުމަކީ ދީނުގަ ވާޖިބެއް.. ކެރެންޏާ އެމީހުންނަށް ފިޔަވަޅު އަޅާބަލަ..

  • އެހެން

   ނަމާދުކުރާއިރު މޫނާ ދެއަތްތިލަ ފެންނަންޖެހޭ ކަމަށް އެންމެން ގަބޫލުކުރާއިރު މޫނު ނިވާކުރަން ޖެހޭ ސަބަބެއް ދީނީ ގޮތުން ނުވިސްނޭ. ޖަމާއަތުގަ ނަމާދު ކުރާ ކަނބަލުންވެސް ނަމާދު ގަޑީގަ މޫނު ބުރުގާ ނަގަންޖެހޭނެ ނޫންބާ. ދެން މޫނު ނިވާ ކުރުމަށް ހިފައިގެން އުޅޭ ސަބަބަކީ ކޮބައިބާ؟ ރަސޫލު ޒަމާން ދިއައިމަ ދެން މިތިބީ ހަމަ އާދައިގެ އެއްވަރުގެ އިންސާނުން. ރަސޫލާގެ ދަރިފަސްކޮޅެއް ނޫން މުޅި އިސްލާމީ އުއްމަތުގަ މިއޮތީ. މާ މާތްވެގެން މޫނުބުރުގާ އަޅައި އަތުގެ ހަންކޮޅެއް ނުދައްކަންވާ ވަރުގެ މާތް ކަނބަލުން އުޅޭނެ ކަމަށް ގަބޫލެއް ނުކުރެވޭ.

 15. އައިމިނަތު

  މޫނު ބުރުގާ އަޅައިގެން މީހުން ނާއި އިދެގެން އަދި މީހުންގެ ފިރިން ގޮވައިގެން ގެސްޓް ހައުސް ތަކުގައި އުޅޭ އަންހެނުން އުޅޭތީވެ ވަރަށް ހަޑި ދޯ