ސިނަމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 8:00 ހާއިރުއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ހައިކަލް އިސްމާއިލެވެ. އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އޭޑީކޭގައެވެ.

އެނގިފައިވާގޮތުން އެ ޒުވާނާ އެކްސިޑެންޓްވެފައި ވަނީ ހުޅުމާލެ އިން މާލެއަށް ދަތުރު ކުރަނިކޮށް ސައިކަލުން ވެއްޓިގެންނެވެ.

މި އެކްސިޑެންޓްގައި އެ ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ވިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ހުޅުމާލޭއިން މާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް "އޮފް ބެލެންސް" ވެ ވެއްޓިގެން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ރޭ 19:57 ގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

"އެމީހާ އަށް އޭޑީކޭ ގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ވަނީ ބަލަމުން" މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އޭނާގެ ކަށުނަމާދު މިރޭ 23:00ގައި އާސަހަރާ މިސްކިތުގައި ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޝަފް

  މިގޮތައް ވާނަމަ ދުނިޔޭގަ ނިސްބަތުން މީހުން މަރާފަ އެކަމަކު މިނިވަންވެގަނެފަްިވާ މީހުން އެންމެ ގިނަ ގައުމަކައް ރާއްޖެވުމުގެ ފުރުސަތު ލިބިގެން ހިނގައިދާނެ. ކެޕިޓަލް ޕަނިޝްމަންޓު ނުވަތަ މަރުގެ ހުކުމް ތަންފީޒު ކުރަން ދިވެހިރާއްޖެ އެބަ ޖެހޭ. އެކަން ކުރުމައް ސަރުކާރު ނުކުޚެދޭނަމަ އިސްތިއުފާ ދީފަ ދާންވީ.

  8
  2
  • ހައިރާން

   ކަލޭ ސުރުހީ އެކަނި ކިޔާފަ ދޯ ކޮމެންޓް ކޮށް ނަގަނީ. އެ އޮތީ އޭނަ އަމިއްލައަށް ކަހާލައިގެން ވެއްޓުނު ވާހަކަ. 🤦

 2. ސަރުދާރު

  އޭޒުވާނުންނޭއަދިވެސްތިޔަބައިމީހުންވިސްނާކަށްނުވޭތަބަލައިނުލާތިޔަދުއްވާނަގަނީތިމާއަށްވުރެމޮޅުމީހެއްނެޔްކަމަށްހީކޮއްއަދިވެސްއިބުރަތެއްހާސިލުވޭތޯބަލާބަލަ

  13