22:25

މިއަދު 2199 ފައްސި، ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވީ މިއަދު.

15:27

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ އަދަދުތައް މައްޗަށް ގޮސްފައިވާތީ އައިޖީއެމްއެޗްގައި ލޭ ނެގުމުގެ ހިދުމަތަށް ދުވާލަކަށް 200 ނަމްބަރު ދޫކުރާ ގޮތަށް ހަދައިފި

14:57

ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

13:20

ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ހޮންގްކޮންގުގެ މުއްސަނދިން އެމީހުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް މޮނިޓަރިންގ އަށް ލާފައިވާ ސިޓީތަކުން ބޭރުކުރުމަށް ޕްރައިޓް ޖެޓުތަކުގައި ފޮނުވަން ފަށައިފި

12:28

ކޮވިޑް ޖެހިފައިވާ ހަތް މީހަކު އައިސީޔޫގައި!

10:26

ފިޔަވަޅުތައް ލަސްވެ އަނެއްކާވެސް އާވޭރިއެންޓުތަކަށް ފުރުސަތު ނުދީ: ޝާހިދު

09:54

ކޮވިޑް ޖެހިގެން މިއަދު ދެދިވެހިން ނިޔާވެއްޖެ.

09:16

ފަރުދީން ޚާން ކޮވިޑަށް ފައްސިވެއްޖެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު މިވަނީ މިދިޔަ އަހަރު ހާލަތު އެންމެ ގޯސްވި ދުވަސްވަރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދާއި އެއްވަރަށް މީހުން ފައްސިވާން ފަށާފައެވެ.

ބުދަ ދުވަހު އިތުރު 2137 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ބުދަ ދުވަހަކީ ކޮވިޑް-19 ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން ރާއްޖެ އިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މިދިޔަ އަހަރުގެ މެއި 20 ވަނަ ދުވަހު އެވެ. އެދުވަހު 2194 މީހުން ކޮވިޑަށް ފައްސިވިއެވެ.

މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ބުދަ ދުވަހު މާލެ ސަރަހައްދުން 3361 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %36 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަންގާރަ ދުވަހު މާލެ ސަރަހައްދުން 2987 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %29 މީހުން ކޮވިޑަށް ފައްސިވިއެވެ. ހޯމަ ދުވަހު މާލޭ ސަރަހައްދުން 3439 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %24 މީހުން ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަމީ

    ނޫން، ރާއްޖެ މިދިޔަ އަހަރުގެ ހާލަތަކަށް ނުދޭ! މިދިޔަ އަހަރު ރައްޔިތުން ތިބީ ބަންދުކޮއްފައި، ގޭބަންދު ނުވަތަ ރަށު ބަންދުގައި!

  2. ޢަލީ

    ކާފިއު އިއުލާންކޮށްފަ ކަމަކު މިކަން ރަނގަޅުކުރަން މަސައްކަތް ކުރަން އެބަ ޖެހޭ

    2
    2
  3. ފަރުދީ ޒިންމާ

    މިވަރުންވެސް ސްކޫލްތަށް އޮންލައިން ކުރަން ނުވޭތޯ
    ހުރިހާ ކަމެއް ބޮއްސުން ލާ ޓީޗަރުންނާ ކުދިން ބަލިވެއްޖެ ނަމަ ދެން އޮންލައިންކޮށް ކިޔަވައިދޭންވެސް ވަރަށް އުނދަގުވެދާނެ ކަމަށް ވިސްނަވާނުލަށްވަންތޯ

    1
    1