ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ހަލުވިކަމާއި އެކު ފެތުރެމުންދާއިރު ފިޔަވަޅުތައް އެޅުން ލަސްވެ އިތުރު އައު ވޭރިއެންޓްތަކަށް ފުރުސަތު ނުދިނުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.
އާއްމު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ އޮމިކްރޯން ވޭރިއެންޓާއެކު އެކު މުޅި ދުނިޔެ ބަދަލުކޮށްލާފައިވާ ކަމަށެވެ. އޮމިކްރޯން ވޭރިއެންޓް ފެތުރެނީ ކުރީގެ ވޭރިއެންޓުތަކަށްވުރެ ވެސް މާހަލުވިމިނެއްގައެވެ. ވޭރިއެންޓާއެކު ވޭދަނަތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސިސްޓަމްތަކާއި މީހުންގެ ފުރާނަ ނުރައްކަލަށް ވަނީ ހުށަހެޅިފައެވެ.
"މިކަން މިހެން ކުރިއަށްދާތަން ބަލަން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން އާ ވޭރިއެންޓުތަކަކަށް ފުރުސަތު ދެވޭކަށް ނެތް. ވިސްނުންތެރިކަމާއެކު އަވަހަށް ފިޔަވަޅު އަޅައިގެން ވެކްސިންގެ ހަމަހަމަކަން ކާމިޔާބުކުރަން އެބަޖެހޭ" ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާލަމީ ވަބާއަށް ނިމުމެއް އައުމުގެ އުންމީދު މިދިޔަ އަހަރު އާވެގެން ދިޔަ ކަމަށެވެ. އެކަމަކު އަނެއްކާވެސް މިއޮތީ ދިގު ރާސްތާއެއް ކަޑައްތުކުރަން ޖެހިފައި ކަމަށް ވިދާޅުވިއެވެ. މިކަމުން އަރައިގަންނަނަ ހިތްވަރު އެލުވައިނުލައި އޭގެ ބަދަލުގައި ކުރިއަށް ގޮސް ކާމިޔާބީ ހާސިލްކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓާއެކު އެރި ލޮޅުމާއެކު ހަނދާން ކޮށްދިނީ މި ބަލިމަޑުކަމަށް ވީހާވެސް އަވަހަކަށް އަދި އަބަދުގެ އަބަދަށް ނިމުމެއް ގެންނަން ޖެހޭކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ "އަވަސް މިނެއްގައި ރިކަވާ ވުމަށް ބިންގާ އަޅަންޖެހޭ" ކަމަށެވެ.
ޝާހިދުގެ ވިދާޅުވީ "އުންމީދުގެ ޒައަމާތު" ފެށިއިރު އައުޓްލައިން ކުރި އުންމީދުގެ ދޯދިތަކާއި، އިސްކަންދޭން ނިންމި ކަންތައްތަކާ އެއްގޮތަށް ކުރިއަށް ގޮސްގެން ލަނޑުދަނޑިތަކަށް ވާސިލްވުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
"އެ ލަނޑުދަނޑިތަކަކީ: ކޮވިޑް-19 އިން އަރައިގަތުން، ފުދުންތެރިކަން ގާއިމުކުރުން، މި ގުރަހައިގެ ޒަރޫރީ ބޭނުންތަކަށް އިޖާބަދިނުން، އެންމެންގެ ޙައްޤުތަކަށް އިޚުތިރާމްކުރުން އަދި އދ. އަށް އާ ދިރުމެއް ގެނައުން" އާއްމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އާލަމީ ވަބާއަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރިބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
"ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު ބަލިމަޑުކަން ދާނީ ކުރިއަށް. އާ ވޭރިއެންޓުތައް ދާނީ ފެންމަތިވަމުން، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެދާނެ، ނޫނީ ވެކްސިންތަކަށް ނުކަތާވަރު ވެދާނެ. މީގެ ސަބަބުން އަޅުގަނޑުމެން މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތް. އަޅުގަނޑުމެންނަށް މި ސައިކަލް ފުނޑުކޮށްލެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެން" ވިދާޅުވިއެވެ.
ވެކްސިން އުފެއްދުމާއި ބެހުމުގެ ދުވެލި ބާރުކޮށް، ރޯލްއައުޓް ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ކޮމިއުނިޓީއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ކޮވިޑުން އަރައިގަތުމަށް އަޅުގަނޑުމެން އަމާޒު ހިފާފައި އޮތްއިރު ޝާހިދު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އިސްކަމެއްގެ ގޮތުގައި ބަލަންވީ މި ބަލިމަޑުކަމުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ އެލްޑީސީ އާއި، އެލްއެލްޑީސީ އަދި އެސްއައިޑީ ގައުމުތަކަށެވެ. ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބާރުދީ، ފުނޑުފުނޑުވެފައިވާ އެމީހުންގެ އިގްތިސާދު އަލުން ބިނާކުރުމަށް އެހީވެދިނުމަށް ގޮވައިލެއްވިއެވެ.
"ސަބަބަކީ، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލްކުރެވެން އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަގުވާމީ މުޖުތަމައެއްގެ ގޮތުގައި ހުރިހާ އެންމެންގެ އެއްބައިވެގެން ކަމަށް ވާތީ" ގައުމުތަކަށް ޝާހިދު ގޮވާލެއްވިއެވެ.
ބަލިމަޑުކަމަކީ މިހާރުވެސް، އަދި މީގެކުރިންވެސް ދިމާވެފައި އޮތް ހަމައެކަނި ގޮންޖެހުމެއް ނޫންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"މިކަން މިހެން ކުރިއަށްދާތަން ބަލަން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން އާ ދީންތަކަކަށް ފުރުސަތު ދެވޭކަށް ނެތް. ވިސްނުންތެރިކަމާއެކު އަވަހަށް ފިޔަވަޅު އަޅައިގެން އިންޑިއާއައުޓް ކާމިޔާބުކުރަން އެބަޖެހޭ" ޝާހިދު ވިދާޅުވިއެވެ.
ތިޔަ ވިސްނުމުގާ ބާރަށް ކުރިޔަށްގޮސް ދިވެހިރާއްޖެ އޮތީ ޢެއްވަނައިގަ ،// އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //
ކަލޯ ރާއްޖޭގަ ވަރަށް އަވަހައް ފިޔަވަޅުތައް އަޅާ.