ރިޔާސީ އިންތިހާބަށް ކުރިމަތިލުން ފަސްކޮށްފި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަ ކުރިމަތިލާންޖެހޭ ތާރީހް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފިއެވެ.

މިކަން އިއުލާން ކުރައްވާފައިވާ މިހާރު އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އެވެ. ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައްވާނީ މިހިނގާ ޖުލައި މަހުގެ 23 ވާ ހޯމަ ދުވަހު ކަމަށެވެ.

" ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މީގެ ކުރިން އަޅުގަނޑުމެން ދަންނަވާފައިވާނީ ޖުލައި 15 ގައި ހުޅުވާލާނެ ވާހަކަ، އެހެންނަމަވެސް ފަހުން ކޮމިޝަނުގައި ހިޔާލުތަފާތުވުމާ އެކީގައި މިހާރު މިއަދު އަޅުގަނޑުމެން ކޮމިޝަނުން ނިންމާފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ހުޅުވާލާނެ ތާރީޚަކީ 23 ޖުލައި ކަމަށް." އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް 2018 ޖުލައި 23 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލައްވާނެ ކަމަށާއި، އެ ފުރުޞަތުގެ ބަންދުވާނީ 2018 އޮގަސްޓް މަހުގެ 4 ވާ ހޮނިހިރު ދުވަސް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ތާރީހް ފަސް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ، ރިޔާސީ ދައުރު ހަމަވާ ތާރީޚާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން އެޓާރޖީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އެޓާރނީ ޖެނެރަލް އެ ކޮމިޝަނަށް ލަފާ އަރުވާފައިވަނީ، ރިޔާސީ ދައުރު ހަމަވާނީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު ކަމަށެވެ. އަދި ޤާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު ދޭއިރު އެންމެ ކުރިން އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނެ ތާރީޚަކީ 23 ޖުލައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ "ރިޔާސީ އިންތިޚާބު 2018" ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކެންޑިޑޭޓް ނަންބަރު ދިނުމަށް ހަމަޖެހިފައިވަނީ 2018 އޮގަސްޓް 18 ވާ ހޮނިހިރު ދުވަހު ކަމަށެވެ. "ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތަށް ތަރުތީބުކޮށް އަޅުގަނޑުމެން އިޢުލާން ކުރާނަން 18 އޮގަސްޓް ގައި، އެހެންވީމަ 18 އޮގަސްޓް އިން ފެށިގެން 23 ސެޕްޓެމްބަރ ގެ ކުރީ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ރަސްމީކޮށް ކެމްޕޭން ކުރުމުގެ ފުރުޞަތު ހުޅުވާލާނަން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށްޓަކައި ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު މިހިނގާ ޖުލައި މަހުގެ 17 ވާ އަންގާރަ ދުވަހު ހުޅުވާލައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

"2018 ޖުލައި 17 ވަނަ ދުވަހު ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާނަން، ރީ-ރަޖިސްޓަރީ ކުރުން 2018 ޖުލައި 17 އިން ފެށިގެން 2018 އޮގަސްޓް 11 އާ ހަމައަށް ކުރިއަށް ގެންދާނަން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ރީ-ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް މިހާރުވެސް އެ ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އަމިއްލަފުޅަށް ނުވަތަ ސިޔާސީ ޕާޓީތަކަށާއި، އާއްމު ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ރީރަޖިސްޓަރީ ކޮށްދިނުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތަށް އެ ކޮމިޝަނު އަންނަނީ ވަމުންނެވެ. އަދި ޤާނޫނާ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކޮމިޝަނުން ދިވެހި ރައްޔިތުންނަށް އަރުވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    މިހެން ދަމުން ގޮސް އިމްތިޙާބު އޮންނާނެބާ؟ އެންމެ ފަހުން ބުނޭ ދުނިޔޭގައި ހުރިހާ ދުވަހަކު މި ޤައުމުގެ ވެރިޔަކީ ތިމަންނާ ޔާމީނޭ! ދެން މަޖިލީހުގެ ތަޅުމުން ޤާނޫނަށް އިޞްލާޙު ގެނެސް އެގޮތަށް ހައްދަވާ. އެހެންނޫނީ ނުވާނެ ގަޓް ހުރީ މީހަކަށް. ވަރަށް ވާހަކަ

    • ބުއްޅަަަަަަބޭ

      އިންތިޚާބު އޮންނާނެ ކަމީ ޔަގީންކަން!

    • ތޯހާ ފެނަކަ

      ތީގަ ކޮބާ ވަރަށް ވާހަކައަކީ..
      ގަޅި ކޮމެންޓް..

  2. ާަެި13ޗެނަލް

    J v dhw Kaley..... Hehehe. Keeh kureveyni thihn hunnah jeheyni kalhu theyo jahaagen ? ?

  3. ާަެި13ޗެނަލް

    J v dhw Kaley..... Hehehe. Keeh kureveyni thihn hunnah jeheyni kalhu theyo jahaagen ? ? ؟؟؟؟؟؟؟

  4. އަބްދުއްލާ

    ބާއްވާނެ ކަމެއްނެތް ގާނޫނުއަސާސީގަވެސް އޮވެ އެއްނު ޖެހިޖެހިގެންދެދަވްރު އެކަކަށް ހުރެވޭނެކަމަށް ވީމާ ހަރަދަށް ބަލާފަ މިގޮތަށް ހަމަޖައްސާދިނުން ފެނޭ