ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގުޅުވާލުމުގެ މުނާސަބަތުގައި ހާއްސަ ހިނގާލުމެއް މިއަދު ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ބުރިޖްމަތީ ހިނގާލުން" ގެ ނަމުގައި މިއަދު ހަވީރު ބާއްވާ ހާއްސަ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މިހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއިން މީޑިޔާތަކުން ބައިވެރި ވެއެވެ.

ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އައި ބުރިޖް ގުޅުވާލާވަފައި ވާއިރު ސަރުކާރުން ހާމަ ކުރިގޮތުގައި ބުރިޖްގެ ހުޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 30 ގައެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

މާލެ- ހުޅުލެ ބުރިޖްގައި ޖުމްލަ ހަ ލޭނެއް ހިމެނޭ އިރު ހިނގާމީހުންނާއި ދުވާ މީހުންނަށް ހާއްސަ ކުރެވިގެން ވެސް ލޭނެއް ހިމެނެއެވެ.

މާލެ- ހުޅުލެ ބުރިޖްގެ ގުޅާލުމުގެ މަސައްކަތް ނިމިފައިވާއިރު ސަރުކާރުން ހާމަކުރިގޮތުގައި ބުރިޖް ގެ ދެންކުރެވެމުން އަންނާނީ ތާރު އެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ. ބުރިޖް ގެދެން ހުރި މަސައްކަތް ބާރު ސުޕީޑް ގައި ކުރެވެމުން އަންނައިރު ސީސީސީސީ ކުންފުނިންއަންނަނީ ދަރުބާރުގެ ކައިރިންބުރިޖް އަށް އަރާމަގުގައި ތާރު އެޅުމުގެމަސައްކަތް ކުރަމުންނެވެ.

ހައުސިންގް މިނިސްޓްރީ އިން ވެސް ދަނީ ބްރިޖްގެ މަސައްކަތް ނިމެން ވާއިރަށް މާލޭ ބޭރު މަގު ޒަމާނީ ފެންވަރަށް ހެދުމުގެމަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ފެރީ ޓާމިނަލް އިން ފެށިގެންއިން އިންޑަސްޓުރިއަލް ވިލެޖާހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުޒު

    ބުރިޖު މަތީގަ ފާއަޅާތި. ބިސްމިކިޔާފަ. ދެކުން ވެސްކުރަން ޖެހޭނެ.

  2. މާރިޔާ

    ސާބަހޭ ސާބަހޭ ރައީސްޔާމިންއަދި މުރާލި މުއީޒް
    އިންޝާﷲ2018 އެއްލަކިން ޔާމިންއައް

  3. ޙަސަނު

    ސާބަސްޔާމީނުކުރިޔައް

  4. ރިޔާޝް

    ސާބަސް

  5. މިނާ

    ވިސްނާއިގެން.ފާއަޅާތި.

  6. ޒާ

    މަވެސް ގެންދެބަލަ. ފެންފުޅި އުފުލާދޭންނަމަވެސް ބޭނުން ގޮސްގެން ފޮޓޯއެއް ނަގާލަން.

  7. އިންޓެލިޖެނސް ޔުނޓް

    ޕީޕީއެމް ޑޯޓުޑޯ ޓީމްތައްވެސް ދާނެކަމަށް ވަރަށް ބެލެވޭ