ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވި ގޮތަށް ކަމަށާއި ބޭނުމަކީ ނިޒާމު ފުނޑާލާ ބޮޑާވުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ޖަމީލުގެވެސް ތާއީދާއި މަސައްކަތުން ވެރިކަމަށް އައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ ރައީސް ސޯލިހް ވަނީ އެތައް ރައްޔިތެއްގެ ހައްގުތަކަށް އަރައިގަނެފައި ކަމަށާއި ޣައިރު ގާނޫނީ އެތައް ކަމެއް އެމަނިކުފާނު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން އެކުލަވާނުލާ އެތައް ދުވަހެއް ހޭދަކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގެ ސަބަބުން ހިނގާ ޣައިރު ގާނޫނީ އެތައް ކަމެއް ބެލޭނެ އެއްވެސް ގޮތެއް ނެތިފައިވާކަމަށް ވެސް ޖަމީލް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރިޔަށް ދާއިރުވެސް ރައީސް ސޯލިހް ގެންދަވަނީ ކެބިނެޓުގެ މަސައްކަތްތަކުގައި އޭނާއާއި އެއްކޮށް ކުރިޔަށްކަން ފާހަގަ ކުރައްވާ ޖަމީލް ވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ރައީސް ސޯލިހް ކިހާ އިހްލާސްތެރިއެއްތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާތީ އެކަމަށް ވެސް ގާނޫނީ ދާއިރާއިން ދިގު ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޖަމީލް ފާޑު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރަށްތަކަށް ހަމައަގު ނުލިބޭ ކަމަށް ވިދާޅުވެ ރާއްޖޭގެ ފަޅު ރަށްތައް ވެސް އެޕާޓްމަންޓަކަށް ވުރެ ހެޔޮ އަގުގައި ވިއްކަމުން ގެންދާ ކަމަށެވެ.

"މިއީ ރައީސް މައުމޫން ވެސް އުޅުއްވި ގޮތް. ނިޒާމް ފުނޑާލާ ބޮޑާވުން. ގާނޫނަށް ވުރެން މަތިން އުޅުއްވުން. ވަގުތު އަރާ ހަމަކުރާނެ" ޖަމީލް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ކުރިމަތިލެއްވުމުން އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަކީ އަނިޔާވެރި ބޭފުޅެއް ކަމަށް ވިދާޅުވެ ޖަމީލް އޭރު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް ފަހުގައި ޖަމީލް އަނެއްކާވެސް މަސައްކަތް ކުރައްވަނީ ރައީސް ޔާމީނާއިއެކުގައެވެ. އެހައި ހިސާބުން ޖަމީލް އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ ރައީސް ސޯލިހަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮކި

    ކަލޭ ތިހުންނަނީ ބޮޑު ވަގެއްފަހަތުގަ އެކަމުކު ހަމައެވަރެއްނެތް ދޯ ؟؟

    3
    3
  2. ޒަބީބު

    ނިޒާމު ފުނޑާލީ ރައީސް ޔާމީނުތޯ ނުވަތަ ރައީސް ސޯލިހުތޯ، ރައީސް މައުމޫންތޯ އަދި ރައީސް ނަޝީދުތޯ ސުވާލަށް އެންމެ ރަންގަޅަށް ޖަވާބުދެވޭނީ ޖަމީލުއަށް. ސަބަބަކީ ރައީސް ޔާމީނު ނިޒާމު ފުޑާލިވާހަކަ އެންމެ ބާރަށް ކަރުން ނާރުފުއްޕާފަ ދެއްކީ ޚުދު ތިޔަ ޖަމީލު ކަމަށް ވާތީ. ވަކިން ޚާއްސަކޮށް ރައީސް ޔާމީނުގެ ރަނިންގްމޭޓް އަދި ނާއިބުރައީސްގެ މަޤާމުގައި ހުއްޓާ ބުޅާގަނޑެއްހެން މަގުމައްޗަށް އެއްލާލީމާ ވިލާތަށްގޮސް ފިލާއޮވެ އޮންލައިންކޮށް އެޓީވީއަށް މިޓީވީއަށް ވީޓީވީއަށް އަރާއިނދެ ޔާމީނު ނިޒާމުން ބޭރުން ކުރި ހުރިހާކަމެއް ގޮވަމުން ހަޅޭލަވަމުން ދުވީ ޖަމީލުކަމަށް ވާތީ.

    ޖަމީލުއަށް ކަމުދާ އެއްވެސް ވެރިއަކު މިރާއްޖޭގެ ވެރިކަން ކޮށްފިތަ؟ ކޮންމެ ވަރިކަމެއްގަވެސް ޖަމީލު ދަނީ އެއިރަކު ހުންނަ ވެރިއަކު ނިޒާމު ފުޑާ ވާހަކަ ދައްކަމުން. އެވެރިކްން ނިމޭއިރަށް އެއިރު ނިޒާމު ފުޑާލިކަމަށް ބުނި ވެރިމީހާ ފަހަތުގަ ހުރެ އެވަރު މީހެއް ނެތިގެން އުޅެންފަށާ. ހަމަ ތިޔަ ޚުދު ތިޔަ ޖަމީލު އަނގައިން ދޯ ރައީސް ނަޝީދު ޗާޓުންބޭރުން ކަންކުރާ ވާހަކަ ދެއްކަމުން ދުވީ. އެކަމަކު ޔާމީނުގެ ވެރިކަމުގަ ހުރި އިރު ޔާމިނަށް ބަވާފަ ނަޝީދު ފަހަތުގައި ހުރެ ހަމަ ތިޔަ ޖަމީލު ދޯ ބުނީ ރައީސް ނަޝީދު ވަރުގެ ޑިމޮކްރެޓިކް ވެރިއަކު ރާޖޭގެ ތާރީޚްގައި ވެސް ވެރިކަން ނުކުރާ ކަމަށް. އަޅެ ޖަމީލު މަނިކުފާނު ބޯހަމޭޖެހޭތަ؟

    2
    1
  3. ނިޒާރުބެ

    ކޮންމެވެރިކަމެއް ގެނައުމުގަ އިސްދައުރެއްކުޅެ ކޮންމެވެރިކަމެއް ވައްޓާލުމުގަ އަދިމާހީވާގިމީހެއް މީނަ ސަޕޯޓުކުރާ އަދި ނުކުރާމީހެއް މީނައަށްވެސް ނޭންގޭނެ މީ ދަންނަކަލޭފާނު

  4. އަދުރޭ

    ޖަމީލުގެ ހާލަތަކީ އަބަދުވެސް ވެރިކަމުގައި ތިބި ބަޔަކަށް ފާޑު ކިއުމާއި، ޕީީޕީއެމް ޖަހައި ގަނެވޭތޭ ބާޒެއްހެން އުޅުން! ނިޒާމު ގަބޫލު ނުކުރުމުގެ އައްޕަ ތިޔައީ.

  5. ދެބޯގެރި

    މި ޖަމީލުގެ ލަދު ހަޔާޓްކުދަކަމުން ހަމަ ހައިރާންވޭ ލަދެއް ހަޔާތެއް ނެތިއްޔާ ކޮންމެ ކަމެއް ކުރަން އަދި ކޮންމެ ވާހަކައެއް ދައްކާކަށްވެސް ލަދެއްހަޔާތެއް ނޯންނާނެ މިކަލޭގެ މައުމޫނާ އަޅައިގަނެގެން މައުމޫނަށް ބަވާއިރު މައުމޫނުގެ ވެރިކަމުގަ މިކަލޭގެޔަށް ދައުލަތުން އިސްމަޤާމުތައްދީ އަދި އެވަރުންނުވެގެން ނައިބުރައީސްކަމަށް ގެނައުމުގައި މައުމޫނު އެހީތެކަން ފޯރުވައިދީ ނައިބުރައީސްކަމަށް ގެނައިމާ މައުމޫނަށް ހިތު ހުރިހާ އެއްޗެއް މިގޮވަނީ ކޮބާތަ ލަދުހަޔާތް މައުމޫނުގެ މަސައްކަތާ މަދަދުން ނައިބުރައީސްކަން ހޯދައިދިނީމާ ޔާމީނުގެ ބާރުގަ ނައިބުރައީސްކަމުން ވަކިކުރީމާ ޔާމީނަށް ދުލަށްއައިހާ އެއްޗެއްގޮވުމަށްފަހުން އަނެއްކާ ޔާމީނު ފަސްބައިގަ އެލިގަނެގެން މިހާރު ތިޔައުޅުއްވާ ގޮތުން ލަދުން ބޯފަޅައިގެންދާވަރުވޭ ޔާމީނަށް ސަނާކިޔައިގެން އިހްސާންތެރިންނަށް ބަދުބަސް ނުބެނެ ހިމޭނުން ހުންނާކަށްވެސްނޭނގުނު ތިޔަ ގެންގުޅުއްވާ ދޯހަޅި ސިޔާސަތުގެ ސަބަބުން ތިމާގެ އަގު ރައްޔިތުންގެ ކުރިމަތީ ވެއްޔާ މޮޑެވިގެންދާކަން ނުވިސްނޭވަރުގެ ޖާހިލު ކުޑަކުއްޖެއްނޫންތީކީ ނަމުގެ ކުރިޔަށް ޑރ ވެސް އެބަކިޔާ ދޯ