ކޮވިޑް-19ގެ މިހާރު ހާލަތާއި ގުޅިގެން، އައިޖީއެމްއެޗްގައި ކުރިއަށްގެންދާ ދުރާލާ ތާވާލުކޮށްގެން ހަދާ ސާޖަރީތައް މެދުކަނޑާލަން ނިންމައިފިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އައިޖީއެމްއެޗްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަކަަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް ދުރާލާ ތާވަލުކޮށްގެން ހަދާ ސާޖަރީތައް މެެދުކަނޑާލެވިގެންދާނެ ކަމަށެވެ.

އަދި ކޮވިޑްގެ ހާލަތަށް ރިއާުޔަތްކޮށް ސާޖާރީތައް ހެދެން ފެށޭނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް އެ ހޮސްޕިޓަލްގެ އިމާޖެންސީގެ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުން އިއްޔެ 2،137 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓް އުޅެނީ 36 އިންސައްތައިގައެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އޭރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މެއި 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2،194 މީހުންނެވެ. އެ ދުވަސް ވަރު ވެސް އެލާޓް ލެވަލް ހުރީ ރަތުގައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް މަތިވެފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓްކަމަށްވާ އޮމިކްރޮންއާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާ

    އެހެންތަ. އަދި އައްޑޫ ކަހާތަން ހިރުވާ ވެސް ނުލާ . އައްޑޫގެ ބޮޑު ހޮސްޕިޓަލްގެ އަދި ތި ހާލަތު ނާދޭ. އެތާގެ ސީއީއޯ 100000 ރުފިޔާގެ މުސާރަ ނަގައިގެން އަންހެނުން ގޮވައިގެން ބުރުތެޅުން ނޫން ކަމެއް ނުކުރޭ. ކޮންޓެކްޓް ޓްޜޭސިންގެ ފޯނު އަތްގަޑު އޮންނަނީ ނަގާ މޭޒުމަތީގައި ބާއްވާފައި . މޮބައިލް ފޯނުގަޑު ސައިލެންޓަށް ލާފަ.

  2. 😣😣

    ކިހާދެރަކަމެއް. ކޮވިޑުއެކަނި މިހާރު ބައްޔަކީ