އިންޓަނެޓް މެދުވެރިކޮށް އިންސާނެއްގެ ހަށިގަނޑަށް އިންޖެކްޓްކޮށް މަރާނެ ގޮތް ހޯދުމަށްފަހު، ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ ފިރިމީހާ މާވިންއަށް އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުލް ރަހްމާން ކިޔައިދިން ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަހުގީގުގައި އެއްކޮށްފައިވާ މި މައުލޫމާތުތައް ދައުލަތުގެ ވަކީލުން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކިޔައިދެއްވީ، ލަމްހާ އެ މަރުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ވަރުގެ ހެއްކެއް ނެތް ކަމަށް އޭނާގެ ދިފާއީ ވަކީލު ވިދާޅުވުމުންނެވެ.

ދައުލަތުގެ ވަކީލު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އައިޝަތު ޝަމާ ނަސީރު ވިދާޅުވީ، މާވިންއާއި ލަމްހާއާއި ދެމެދު ކޮށްފައިވާ މެސެޖްތަކެއް ލަމްހާއާއި މާވިންގެ ފޯނުން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތު ކުރަން ޖެހޭ މަރުހަލާގައި އެ ހުށަހަޅާނެ ކަމުގައެވެ.

މި ގޮތުން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ލަމްހާގެ ފޯނުން އިންޓަނެޓުގެ ވަސީލަތް، ގޫގަލް މެދުވެރިކޮށް ހަށިގަނޑު އިންޖެކްޓް ކުރާނެ ގޮތް ބަލާފައިވާ ކަމަށެވެ. އަދި އެއިން މައުލޫމާތު ނަގައިގެން މާވިންއަށް ފޮނުވި މެސެޖުތަކުގައި ލަމްހާ ކިޔައިދީފައިވާ ކަމުގައެވެ.

މީގެ އިތުރުން، އިންޖެކްޓް ކުރުމަށް ފަހު މަރުވާ ކަން ޔަގީން ކުރަން ވެސް މާވިންއަށް ލަމްހާ ފޮނުވި މެސެޖެއްގައިވާ ކަން ދައުލަތުގެ ވަކީލު ޝަމާ ނަސީރު ފާހަގަ ކުރެއްވިއެވެ.

ނަރުސް މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ
ދިވހި ނަރުސް ލަމްހާ

ދައުލަތާއި ދިފާއުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މާވިންއާއި ލަމްހާގެ ބަންދަށް ވެސް އިތުރު 30 ދުވަހުގެ މުއްދަތެއް ޖެހުމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވިއެވެ.

މާވިންއާއި ލަމްހާގެ ޝަރީއަތް ހިންގަނީ ވަކިވަކިންނެވެ. މިއަދު ހެނދުނު 10:30 ހާއިރު މާވިންގެ ޝަރީއަތް ގެންދިޔައިރު، މެންދުރު 12:00 ޖަހާކަށް ހާއިރު ލަމްހާގެ ޝަރީއަތް ގެންދިޔައެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކުރިއިރު، ލަމްހާ ހުރީ މާފުށީ ޖަލުގައެވެ. މާވިން ދޫނިދޫ ކަސްޓޯޑިއަލްގައި ހުރިއިރު، މާފުށީ ޖަލަށް ބަދަލުކޮށްދޭން އެދުނެވެ. މާފުށީ ޖަލު ފުރުމުން، ޝަރީއަތް ހިނގާ މީހުން ބައެއް ފަހަރު ދޫނިދޫ ކަސްޓޯޑިއަލްގައި ބަހައްޓައެވެ.

ފިލިޕިންސް ނަރުސްގެ ފިރިމީހާ މާވިން ދޫނިދޫ ކަސްޓޯޑިއަލްއިން ޝަރީއަތުގައި ބައިވެރިވަނީ

މޭރީ މަރުވީ އޮކްޓޯބަރު މަހު ފަހުކޮޅުގައެވެ. އޭނާ ދަން ޖެހިގެން މަރުވީ ކަމުގައި ފިރިމީހާ މާވިން ރިޕޯޓް ކުރިއެވެ. އެކަމަކު ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ފެށިއެވެ.

އޭގެ ފަހުން މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގައެވެ.

މޭރީ ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ.

މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެއެވެ.

މި ދައުވާތައް ލަމްހާގެ މައްޗަށް އުފުލި ސަބަބެއްގެ ގޮތުގައި ދައުލަތުން ވިދާޅުވެފައިވަނީ، އައިޖީއެމްއެޗް އިން ހުއްދަ ނަގައިގެން ނޫނީ ބޭރު ކުރުން މަނާ ބޭސްތަކެއް އެ ތަނުން ބޭރު ކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސުމްބެ

    ތި ދެގޮލާ ހަމަރާވައިގެން ތިއޮތި ތިކަން ކޮށްފަ.

    70
    1
    • ލޯބި ކުއްޖަ

      ކީކޭހޭ ތިކިޔަނީ. ޝަރިއްޔަތް ނިމެންދެން މަޑުޖެހިބަލަ. ލަމްހާއަކީ މުޖުރިމެެއްކަން އަހަރެންނައް ހަމަ ގަބޫލެއް ނުކުރެވޭނެ. އެ މާސޫމް ކުއްޖާ ހައްލާލައްގެންހެން އެނުލަފާ މާވިން ފޮޓޮއިންފެންނަފެނުމުން ހީވަނީ. މަ މިހިރީ ލަމްހާ ދޫވެއްޖެނަމަ އިންނަން ތައްޔާރައް. އިންޖެކްސަން ޖެހިޔަސް އޯކޭ.

      1
      34
  2. ޚަންދަގު

    ހޫހޫ!!! ދެން އެއްގޮޅިއަށް ތިދެމީހުން ވައްދާ

    54
    1
  3. ހާމިދު ޝާޙިދު

    ލަމްހާ ހާދަ ލޮއިއްބެވެ. އެހާ ލޯބި ކުއްޖަކު ކީއްކުރަންބާ ބޭރުގެ ކާފަރަކާ، އަދި އެވެސް މީހެއްގެ ފިރިޔަކާ ރަށްޓެހިވާންވީ. ގައިމު މިކަމުގެ ފަހަތުގައިވެސް ކޮންމެވެސް ވަރެއްގެ މުހިންމު މަޢުލޫމާތުތަކެއް ހުރެދާނެ. ތަހުގީގު ރަނގަޅަށް ކޮށް، އިންސާފުވެރި ބަދަލަކަށް ދާން އެދެން.

    15
    54
    • ލޯބި ކުއްޖަކު

      މަށައްވެސް ހާދަ ރީއްޗޭ ލަމްހާ. ފޮޓޯބަލާބަލާވެސް ފޫއްސެއް ނުވި. ތިއުޅޭ މާވިން ހުރިހާވެސް ގޯހަކީ. ހިޔެއްނުވޭ ލަމްހާއައް ކުރަންކެރޭވަރުގެ ކަމެއްހެން. ތި މާވިން ޖަލައްލާފަ، ލަމްހާ ދޫވެއްޖެޔާ އިންތިހާއައް ރަނގަޅު. ދުވައަކީވެސް އެއީ.

      5
      41
      • ލޯބި ކުއްޖަކު

        އޯކޭ ޑިސްލައިކް ކުރިޔަސް. ހަމަ ލަމްހާ ލޯބި.

        2
        31
        • ސިލްވީ

          ލަމްހާ ކިތަންމެ ލޯބިކޮށް ހުއްޓަސް ހަމަ ބޮޑު ކުށެށް ކޮށްފާނެ ދޯ! ކުށްކުރުމަކީ މީހާގެ ބުރުސޫރައަށް ބަލާފަ ކުރާ ކަމެއް ނޫން ވިއްޔަ! ލޮލް..

          11
  4. ޑިރާސާ

    ޜާއްޖޭގެ މަސައްކަތް ކުރާ މެޑިކަލް ދާއިރާ ގެ ސްޓާފުން ( ޑޮކްޓަރުން ، ނަރުހުން ، ރޭޑިއޮލޮޖިސްޓުން ، މެޑިކަލް ސްޓޮކު ސްޓާރފުން) ނަށް އެއްތަނެއްގައި އުޅޭ މުއައްޒަފަކާއި ލޯބީގެ ގޮތުން ގުޅުން / ކައިވެނި ކުރުން މަނާ ކުރަން ޖެހޭ. މި ހާދިސާގެ އަދި އެނގުނު ވާހަކަ ތަކަށް ބަލާއިރު އެ ހައްގު އެބަޖެހޭ ހަނި ކުރަން . އިތުރު ފުރާނައެއް މިގޮތަށް ދިޔުމުގެ ކުރިން ފިޔަވަޅު އެޅުންު މުހިއްމު. ދިވެހި ޒުވާނުންގެ ވިސްނުން ހީވެސްނުކުރާހާ ކުރީގައި އުޅެނީ. ޢެވެސް ކުރިމިނަލް މައިންޑުން..

    15
    4
    • ހާދިސާ

      ކަލޭ އަތުގަ އޮތީތަ ލޯބިވެފަތޯހުރީ ބަލާ ނިޒާމެއް. ކަލެއައް ކިޔަނީ އަނެއްކާ ނިޒާމުއޭތަ؟

      3
      9
    • އުދުހޭ

      ތިބީދައިން މަނާކުރާނަމަ ޕޮލިސް އެމްއެނޑީއެއް ކޯޓުތަށް ކުލިނުކުތަށް ސުކޫލުތަށް ކުންފުނިތަށް މިހެންގޮސް ދެމީހަކު ބައްދަލުވެދާނެހެންހީވާ ހުރިހާތަނެއްގައި އުޅޭ ބަޔަކު އެކަކުއަނެކަކާ ގުޅުން މަނާކުރަންޖެހޭނެދޯ. ހަމައެކަނި ހައްލަކީ އިސްލާމްދީން

  5. މަރޭ

    ތި މަރުގަ ލަ މްހާއަށް އެހީތެރިވެދިން ފުލުސް މީހާގެ އަޕްޑޭޓެއް ނެތްތަ؟

    19
    1
    • ލޯބި ކުއްޖަކު

      އޭ ލަމްހާ އަދި އެއީ ކުއްވެރިއެއްނޫން. މަބުނާނީ މީ ވާވައްދައިގެން މިއުޅޭ މާވިންގެ ރޭވުމަކައް. ބަލާބަލަ ލަމްހާގެ މޫނައް. ގަބޫލެއް ނުކުރެވޭނެ އޭނަތިކަންކުރިކަން.

      2
      15
  6. މިތުރާ

    ޥިދާހާ އެއްޗަކީ ރަނެއްނޫން، ރީތި ޕެކުތެރޭ ބަޑިބޭސްވެސް ހުރޭ ، އޭނަ އަކީ ގާތިލެކޭ، ޖާހިލެއް، ހިތެކޭ ކިޔާފަ، ދަގަޑުގަޑެއް މޭމައްޗައް ލައިގެން އުޅޭ މީހެތް، އިންސާނެތް ގެ ލޭބޮއިގެން ވަގުކަލޭގެ ފުފިފަ އެހުރީ،

    22
    3
  7. ލޮއިއްބެވެ

    މަމިހިރީ މަގޭ ހިއް ލަމްހާޔައް އިންޖެކްސަން ޖަހަން ހުޅުވާލައިގެން. ތި މާވިން ޖަލައްލާތަން ވަރައް ބަލަންބޭނުންވެފަ.

    2
    20
  8. 😑😑😑

    މިތާ މޮޔަވެގެން ލޯބިއެ ކިޔާ ކމެންޓުކުރާ މީހާގެ ތަހުގީގެއްވެސް ކުރަންފެނޭ. މުޖުރިމަކު ޖަރީމާނުހިންގާކަމަށ ދައްކަން މަސައްކަތްކުރާތީ

    11
  9. ބަބޫ

    ނަރުސްކަން ކިޔަވައިގެންތިބި 2 ނަރުހަކަށް އިންޖެކްޝަނެއް ޖަހާލަން އިންޓަނެޓް އިން ސާޗް ކުރިއޭ ބުނީމަ އޭތި ހަމަ ނުޖެހޭ. ތަހުގީގު ރަގަޅު މިސްރާބަކަށް ދާހެނެއް ހިޔެއް ނުވޭ.

    6
    2
    • ސާޗް

      ބަލަ ސާޗު ކުރީ މީހަކު މަރާނެ ގޮތް ހޯދާށޭ
      މީހުން މަރާގޮތް ކިޔަވައެއް ނުދޭނެ ނަރުސް ކޯހަކުން. ބުރނތި

  10. ހޮޑާ

    ލަމްހާ ސިކުޑީގެ ކުޑަ މައްސަލައެއްހުރޭ އެހެންވެ މާވިންއަށް އެހީވީ ލަމްހާގެ ބޮލަށް އެރުނީ މާވިން އެހެންވެ ބައިވެރިވެވުނީ މަޖުބޫރުވެގެން މިގޮތަށް ހުކުމް އަންނާނީ ބަލަންތިބޭ ތިޔައީ ކާކުގެ އަންހެދަރިއެއްތަށް އަޑުއިވޭ އިބޫގެ ދައްތަގެ އަންހެން ދިރުފުޅެކޭ ނިކަން މިކަން ސާފްކޮށްބަލާ ތެދެއްތޯ އެހެން ވެއްޖެޔާ ވާނީ ބޯހަމަނުޖެހޭ މޮޔައަކަށް އެކަމުކު މަރުކަޒަށް ނުފޮނުވާނެ އަރާމުގައި ހުންނާނީ ގޭގައި ވެލަޒިނީއަށް ވީ ކިހިނެއް ރަސޫކުކަމަށް ދައުވާ ކުރި މީހެއް އެވެސް މޮޔަމީހެއް. ލޮޮލް

  11. ވަހު

    ލަމްހާ ބުފޭއައް އަރުވަންވީ

    3
    1