ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ފެނުމުން ފިލާވަޅަށް ދަރިވަރުންގެ ޝައުގު ހޯދޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ބުނެފައިވަނީ މިވަނީ ޓީޗަރުން ކިޔަވައި ދެއްވާއިރު ދަރިވަރުންނަށް މޫނު ފެންނަ ގޮތައް ހުންނަން ޖެހޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައި އޮންނާތީ އެބަހުސް އަނެއްކާވެސް ބޮޑުވުމާއި ގުޅިގެންނެވެ.

އެގޮތުން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ކަމަށާއި އޭގެ ކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ، މިވަގުތު ވެސް ސްކޫލްތަކުގެ އެކި މަގާމުތަކުގައި މޫނު ބުރުގާ އަޅައިގެން ތިބޭ މީހުން މަސައްކަތް ކުރާ ކަމަށާއި އެބޭފުޅުންނާއި މޫނު ބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

އަދި މޫނު ބުރުގާ އަޅާ ބޭފުޅުންގެ ތެރެއިން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބެވޭ ގޮތަށް ކަމަށެވެ.

"ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާފަޅު ދަރިވަރުންނަށް ފަހުމުވުމުގައި މިދެންނެވި އިޝާރާތްތައް މުހިންމު ދައުރެއް އަދާކުރާތީ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި ވެސް މުދައްރިސުންގެ ނޮންވަރބަލް ބިހޭވިއަރ މުހިންމު ދައުރެއް އަދާ ކުރާތީ" އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ އެގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި، ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން އެމިނިސްޓްރީން ބުނީ، ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުންގެ މޫނުގެ އިޝާރާތްތަކާއި ނަންވަރބަލް ބިހޭވިއަރ ފެނުން ލާޒިމު ވިއަސް ކޮވިޑްގެ ހާލަތާއި ގުޅިގެން މިވަގުތު މާސްކު އަޅަން މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އަދި އެދެނީ މި ހާލަތުން އަވަހަށް އަރައިގަނެ މާސްކު ނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ހާލަތަކަށް ކަންކަން ރުޖޫއަވުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ސާބަސް

    އިސްލާމް ދީނުގެ އަދުއްވުން ނެރޭ ޒާތުގެ ބަޔާނެއް.

    91
    4
  2. އަހުމަދު

    އަންހެނުން ބުރުގާއަޅާތަން ފެނުމުން ކިޔަވާކުދިންނަށް ރަނގަޅު މިސާލުވެސް ފެނޭ. އެކަން މިނިސްޓަރު ކިބައިން ނުފެނޭ

    107
    4
  3. ހުސޭނުބޭ

    ޝައުޤުވެރިކަން ހޯދުމަށް ތަންތަން ދައްކަންޖެހޭނަމަ ބުނަންޖެހޭ އެތި ހުތުރުކަމުން އެއްފަހަރަކަށް މަޑުޖައްސާލާނަން.

    89
    4
    • ބުއްޅަ ހުއްތު

      އަސްލުވެސް. ރަނގަޅަށް ތިބުނީ.

      15
      2
    • ގައިދުރު

      ޢޮންލައިން ކޮށް މާ ރަނގަޅެއްނު

      13
  4. ގައުމު ދެކެ ލޯބިވާ

    .ޔާ ﷲ މި ނުލަފާ ނުބައި މިހުންގެ ކިބައިން އަޅަމެންގެ ދަރިންނާއި މުޅިގައުމު ސަލާމަތް ކުރައްވާފާދޭނވެ. އާމީން

    102
    2
  5. ދޮހިކަރު

    މީހަކު ހަތަރެސް ފައޭތަ އެކިޔަނީ. މި ކޮވިޑް އައިފަހުން ޓީޗަރެއްގެ މޫނެއް ނުފެންނާނެ ކުއްޖަކަށް. ދެން ކުދިން ނުކިޔަވަތަ އެތިބެނީ.

    84
    3
  6. ސާބަސް

    މިސް ވޯލްޑް ކުދިން ގެންނަންވީ ޓިޗަރުންނަށް. އަދި ވިހާވެސް ކުރު އެއްޗެހި ލަ އްވާފަ ބަ އިތި އްބާނީ. ކުދިން ވަރަށް ޝަ އުގުވެރިވާނެ

    64
    5
  7. ށސ

    އެކަކުވެސް މާސްކުނާޅާތި.

    51
    1
  8. މަރިޔަނބު

    އަޅުގަނޑުގެ ދަރިފުޅު ޔޫކޭޖީ އަދި ގްރޭޑް 1 ގަ ޓިއުޝަން ނަގައިދިނީ މޫނު ބުރުގާ އަޅައިގެން ހުރިކުއްޖެއް.. ހަމަ ގައިމު މޫނުނުފެނިގެން ނުކިޔަވަންޔާމު ނުކިޔަވަންވީނު.. މިހާރުވެސް އެއްމެ ގަޔާވާ މިސްއަކީ މޫނު ހަމަ މޫނު
    އަޅައިގެން ހުރި މިސް...

    24
    1
  9. ކީތު

    މިއެންގުން އޭގެ ޒާތުގައި ގޯހެއްނޫން. މޫނުބުރުގާ އަޅައިގެން އެހެންކޮންމެ ދާއިރާއެއްގަވެސް އުޅެވިދާނެ. އެކަން އޮންނަންޖެހޭނީވެސް އެފަދައިން. ކިޔަވައިދިނުމަކީ އޭގެޒާތުގައި ވަރަށްތަފާތު ކަމެއް. ތަފާތު ހާލަތްތަކުގައި ދަސްކުރުމުގެ ގާބިލްކަން ލިބިފައިވާ ކުދިން އިވޭއަޑު ދެނެގަތުމަށް މޫނުގެ ޝޫއޫރާއި ލިޕްރީޑް ކުރުމަކީ އެކުދިން ދަސްކުރަން ފަސޭހަގޮތް ކަމަށްވީއިރު މިކަން ނުފެންނަހެން އެކުދިންނަށް ކިޔަވައިދިނުމަކީ އެންމެ ރަނގަޅު ގޮތެއްނޫން. މިއީ ތަޖުރިބާކުރެވިފައިވާ ކަމެއް. އުޚްތުން އެހެންދާއިރާތަކުގައި މަސައްކަތްކުރުމަކުން މި ގޮންޖެހުމެއްނޯންނާނެ

    6
    30
    • އަހަންމަދު

      މިއީވެސްލާދީނީްމީހެއް!
      ދޮންއައިސަކަހަލައަންހެނުންބުނާއެއްޗިހިމީނައަށްވަރަށްކަމުދާނެ!ކިތަޢްލޯއަދިރިމީހުންތޯޤުރުއާންހިތުދަސްކޮށްގެންއެތިބީ!ލާދީނީބައިގަޑުހާދަފަސޭހައެއްކޮށްކާފަރުންގެފަލްސަފާތައްްްްްްގަބޫލުކުރެއޭ!
      ލޮލަށްހަމަފެންނަކިތަޢްމީހުންތޯހަމައެކަނިފޮތްތައްބަލައިގެންކިޔަވާމަތީސަނަދުތަޢްޙާސިލްކޮއްގެންއެތިބީ!ދެންކީކޭމިކިޔަނީ! ވެގެންމިއުޅެގޮތީއިސްލާމްދީނާމިބައިގަޑުނުރުހެނީ!

  10. އައްޓަމަސް

    ކުޑަކުޑަ ދަރިންނަށް މޫނު ނުދެއްކުން، ކޮންފޮތެއްގައިބާ އޮތީ؟ އަނެއްކާ ބޭރުގައި މަޙުރަމެއްނުލާ އުޅެވޭބާ؟! އަންހެނާގެ މަގާމަކީ ގެކަމަށް ހަދީސް ނުކުރައްވާބާ؟! އެބައި އަޑެއްނީވޭ؟! މޫނުބުރުގާ އަޅާމީހާވެސް ގެންގުޅެނީ ހަމަ އަހަރެމެން ގެންގުޅޭ ކަހަލަ ފޯން އެކަމަކު އެހުއްދަޔޯ؟ އެފްބީއަށްވެސް ވަދެވޭ، ހަމަހުއްދަ، ވަޅުންނެއްނޫން ވުޟޫކުރަނީކީވެސް، މިސްކިތުގައި ތަނބު ހުރީމައި ކަމަކު ނުދޭ، އޭސީ އޯކޭ، ކާރޕެޓު އޯކޭ، މަތީބުރި އޯކޭ، ފުރަތަމަ އިސްލާމް ދީނުގެ ފުރަތަމަ ރުކުންވެސް އަންހެނުންނަށް ފައިދާއާއި ޝަވާބު ބޮޑީ ގޭަގައި ނަމާދުކުރުމުން، ދީނުގައި ކަމަކަށް އަމުރު ކުރައްވަނީ ވަރަށްގިނަގުނަ ސަބަބުތައް އޮވެގެން، ވީމައި އެންމެންވެސް މިކަމަސް ވިސްނާލާ

    5
    16
    • ޔޫތު

      ކަލޭ ހިތުން ވ މޮޅު ކޮމެންޓެއް. ކަލެއަށް މާ ބޮޑަށް އެނގިފަ ތިހުރީ.

      13
      4
  11. ހަސަނާ

    ދެން ލޯފަން ކުދިންނޯ .އެކުދިން ވެސް އެހާމެ މޮޅު.އެޑިއުކޭޟަން ދާއިރާގައި ގަމާރުން ތިބެގެން ގައުމެއް ކުރިއަކަށް ނާރާނެ.

    19
    1
  12. Anonymous

    އަންނި ބުނެގެން ތިޔަ ކަމެއް ތިޔަ ކުރަނީ.

    20
  13. މީން

    އެއްމެން އަތްޖަހާ! ރިސާރޗް އޮފް ދަ އިޔަރ!! ޔޭ ޔޭ ޔޭ!

    13
    1
  14. ކޮރަލް

    އެތައް ހާސް ޓީޗަރުންނެތް އުޅޭ އިރު މޫނު އަޅާ އަދަދު 500 އަށް ނާރަ އެވެ. އެހެން ވީމަ އެއީ ހުރިހާ ޓީޗަރުންނެތް ނޫނެވެ. ވީމާ އޮޅުވާ ނުލާށެވެ. މަދު ބައެކެވެ އެމީހުންގެ ހައްގުތައް ވެސް ލިބެން ޖެހެ އެވެ.

    15
    1
  15. އައްޒަ

    މޫނުބުރުގާ އަކީ ޙައްޤެއް. އެޙައްޤު ނިގުޅައި ނުގަނެ ތިކަން ކުރެވޭނެ ގޮތެއް ހޯދަމާ. ގްރޭޑް 6 އިން ފެށިގެން އަންހެން ފިރިހެން ވަކިން ކިޔަވަދީ ،އަންހެން ދަރިވަރުންންނަށް އަންހެން ޓީޗަރުން ފިރިހެން ދަރިވަރުންނަށް ފިރިހެން ޓީޗަރުން. މިނިމުނީ ނު. އެވަރަށް ޓީޗަރުން ތަމްރީން ކުރޭ.

    17
    1
  16. ޑެޑުއހފޯސް

    މިކޮވިޑުތެރޭ ދެން ނޭނގޭތަ . ކަލޭ ތިހުރީ އައުރަވެސް ނިވާނުކޮށް ކަލެއަށް ކީއްވެ ގެއިން ބޭރަށް ދެވެނީ. ހަޔާކުޑަ މޗާ

    12
    2
  17. ހުސޭނުބެ

    މޫނު އަޅައިން ގޭގައޮވެބަލަ ކިހާ ބޮޑު ނުހޮރުއްޕާނެއްތަ

    8
    70
  18. ޙަަަހަ

    ކިހާބޮޑުވެއްޖެކަމެއްމީ ، މި ދެދުވަހު މިނޫންވާހަކައެއް އެޑިކޭޝަންއިން ނުކިޔާ ، ހަމަ ލާދީނީ މީހުން ބުނެގެން ހިންގާ ޕްރޮޕެގެންޑާ ، ޔާމީން ސަރުކާރާއި ދެކޮޅަށް އަދާލަތުން ދުވުނު މޫނުބުރުގައި އަޅާ މުވައްޒަފުންނަށް އެސަރުކަރުން ތަފާތުކުރެއޭކިޔާފަ ، މިއަދު އެލޯތަކާއި ކަންފަތްތައް ޤާފިލްވެގެން ދިޔައީތޯ

    51
    3
  19. ހިޔާލުދޭ މީހާ

    މޫނު ބުރުގާ އަށް ވުރެ މުހި އްމު ކަންނޭގެ ކިޔަވަ އިދޭން ތިބޭ މުދަ އްރިސުން ލާފަ ހުންނަ ހެދުން.

    31
    1
  20. މިއީ ދޮގެއްތަ؟

    މިސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ އެޑިއުކޭޝަން މިނިސްޓަރީ. މިއީ ދޮގެއްތަ؟

    21
    1
  21. ސސ

    މި އެމްޑީޕީ ބޮޑުން ތަށް މިރާއްޖޭގެ ޓުވަރިޒަމް ބޮއިކަޓް ކޮށް ވިޔަފާރި ބޮއިކަޓް ކުރަން މުޅި ޔޫރަޕްގައި ދުވެހަދާ ،މިމީހުން ވެރިކަން ނުލިބިގެން ޤައުމު ހަލާކުކުރަން އުޅުނުވަރު އެގޭނީ ކޮންބަޔަކަށްބާ ، ބޭރުގެ މީހުނާއިގުޅިގެން ކޮށްފަ ނުކުރަނީ ކޮންކަމެއްބާ ؟ޓުވަރިޒަމް ބޮއިކަޓް ކުރަން ގޮވާ ހެދި މުޅި ޔޫރަޕްގައި ، އިގިރޭސި ޕާލިމެންޓް މެމްބަރަކު ލައްވާ ރާއްޖެ ބަދުނާމް ކުރަން ކިތަކެއް މަސައްކަތް ކުރެވުނުތޯ ؟

    12
    1
  22. ޚިކްމަތުޔާރު

    މިނިސްޓަރު ބަރހނވީމަވެސް ޝައުޤުވެރުވާނެ މީހުންތިބޭނެ! ދެން މިނިސްޓަރު ބރހނވާންވީތަ އަޅެ!

    16
    1
    • ހޭޖެހޭ

      އާނ.. ދަރިވަރުންނަށް އެންމެ ރަނގަޅުވާނީ ލައިވްކޮށް ރިއަލް އެއްޗެހި ދައްކަމުން ކިޔަވަދިނީމަ. ބޮޑީ ޕާޓްސް ކިޔަވަދެންޖެހޭނީ ތަންތަން ދައްކައިގެން. ބޮޑަށް ހަނދާން ހުންނާނެ. ބައޯގެ ފިލާވަޅުތައްވެސް ލައިވްކޮށް ދައްކަމުން..... މިނިސްޓަރު ރަނގަޅުވާނެ ގެންގޮސް ބަހައްޓަން. އަހަރެންނަށް ކިޔަވަދިން ތިޔަ މޫނު ފޮރުވައިގެން ތިބޭ ޓީޗަރުން. ކުލާހުގަ ނޫޅޭ ފޫހިވެގެން ނުކިޔވާން އުޅޭ މީހެއް. ލާ ހެދުމަކުން ނޫން ކިޔަވައިދެނީ. ކުޑަކުދިންނަށް ކިޔަވަދޭ އިރު މޫނު ދައްކައިގެން ކިޔަވައިދިނީމަވީ. ކުލާސްރޫމް އެގޮތަށް ފަހިވާހެން ފަރުމާ ކުރިއްޔާ ވާނީ ކީއް. ތުއްތުކުދިން އެކްސްޕްރެޝަން އާ އެކްޝަނަށް ބަލައިގެން ދަސްކުރާކުދިން.. ރާއްޖޭގަ އޮރިޔާންވެ ވަޒީފާ އަދާކުރުމުގެ މިނިވަންކަން އޮންނަހެން މޫނުބުރުގާއަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގު އޮންނަން ޖެހޭނެ. ކިހާ ބޮޑުވެއްޖެ ކަމެއްތަ!!!!

      12
      1
  23. އސްތިއުފާދީ

    އަންހެނުން ބުރުގާއަޅާތަން ފެނުމުން ކިޔަވާކުދިންގެ އަޚްލާގަށް ހެޔޮބަދަލު އާދޭ. އެކަމަކު މިކަލޭގެ އޮރިޔާން ނިވާނުކޮށް އުޅެނީ ކުދިން މީނަޔަށްދޭ ޝައުގެއްގެ ބޮޑުކަމުންނޯ. ލާދީނަސް ބޮޑުވަރުދޯ.

    10
    1
  24. ބަކުރު

    ޓީވީ ސުކުރީން ހުންނަ ގޮތަކުންނާއި ސުކޫލުގަ ގެންގުޅޭ ލެޕުޓޮޕުންނާއި އައިޕެޑު އަދި ޓެބުލެޓުން ސުކުރީން ހުންނަގޮތަކުން ފޫހިވެގެން އަހަރުމެންގެ ދަރިންކިޔަވަން ނުގެންދަން ނިންމައިފިން ދެން ތިޔަ މޮޅު އެޑުޔުކޭސަން މިނިސްޓަރ ކުދިންކިޔަވާ ހިތްވާކަހަލަ ޓިވީ އާއި ލެޕުޓޮޕާއި އައިޕެޑު އަދި ޓެބުލެޓު ދުނިޔެއިންބޭރުން އުފައްދައިގެން ގެނެސްބަލަ ޗަކޮއެ.

    8
    1
  25. ރަން ރީނދޫ

    މީނަޔަކީ ސުކޫލްތަކުގަ ލާދީނީ ކަންކަން ފަތުރަން ވަރަށް މަސައްކަތް ކުރާ މީހެއް.

    8
    2
  26. ރަން ރީނދޫ

    ބަލަ އެހެން ބުނާއިރު މީނާގެ މޫނެއްވެސް ނުފެނޭ. މާސްކް އަޅާފަ. ދެން ކިޔަން ޖެހޭ އޭތި ބޮޑު ކަމުން،ދިރުވާލައިފިން.

    7
    3
  27. ރަބަރޭ

    މޫނަކީ އަށްހެނާގެ އައުރައެއް ނޫޫން މޫޫނު ފޮރުވާކަށް ނުޖެހޭނެ އަށްހެނުން ނަމާދަށް ތިޔަ ތިބެނީ އެއްމެ ރަގަޅު ގޮތަށް ބޭރަށް ނުކުންނައިރު އެގޮތަށް ހެދުން އަޅުއްވާ

    5
    10
  28. ށުމަން

    މިހެން الله ގެ ދީނުގެ ޝީޢާރު ތަކަށް ފުރައްސާރަ ކުރާ އިރު ވެސް ދިވެހި ރައްޔިތުން މި އަންހެން މީހާއަށް ވަޒީރު ކަން ދީގެން ހަމަ ތިބޭނީތޯ؟ ނޫނީ މީނާގެ އިސްތިއުފާ އަށް އަޑުގަދަކޮށް ގޮވާ ބޭރު ކުރާނީތަ؟

    14
    2
  29. ލޮލް

    މޫނުބުރުގާ އަޅަން ދޭ އަފްގާނަށް

    2
    21
  30. ހުވަދު

    ހެދުން ނުލާ ދިއުމުން އަދި މާ ފުރިހަމަވާނެ. ނުލަފާކަން ނޫން ކޮން ކަމެއް. ހެޔޮ ވިސްނުން ދެއްވާށި.

    8
    2
  31. ޙަަަހަ

    މޫނު ބުރުގާއަށްވުރެ މާ އުނދަގޫވޭ ، ކޮންމެ އަހަރަކު ސްކޫލްތަކުގެ ޔުނީފޯމް ބަދަލަުވެ ސްކޫލް ފެށޭއިރުވެސް ބެލެނިވެރިން ކިޔޫހަދާފަ ޔުނީފޯމަށް ސަލާންޖެހުން
    އަދި މާބޮޑަށް ކަންބޮޑުވެ ކޮންމެ ދުވަހަކު ކިޔަވަންދާއިރު ކޮންމެސް އެއްޗެއްހަދަންވެގެން 200/- ގެ ޚަރަދު ކޮންމެދުވަހަކު ކުރަންޖެހުން

    11
    2
  32. އައިމިނަ

    ލޯފަން ކުދިން ކިޔަވައި މޮޅެތި ދަރިވަރުންނަށް ވަނީ ކޮން އެކްސްޕްރެޝަނެއް ފެނިގެންތޯ؟

    6
    3
  33. އަހުމަދު

    ލާދީނީ މިނިސްޓަރުން ލައިގެން ގައުމު ހިންގަންޏާ ހިޔާލަށް ނުގެނެވޭނެ ކިތައްމެ ވާހަކަ އެއް އަޑު އިވޭނެ.
    i

    9
    2
  34. އެހެންތޯހަދަންވީ

    ޓީޗަރުންގެ މޫނުނޫން އަދި އެހެން ގުނަވަންތައް ވެސް ހުރޭ ހާމަކޮށްފިނަމަ ދަރިވަރުން ފިލާވަޅަށް އިތުރަށް ސަމާލުކަންދޭނެ. އެހެނޭ ކިޔާފައި ދެން އެގުނަވަންތައްވެސް ވީ ދައްކަންތޯ؟

    10
    3
  35. ދުރުމި

    ފަހަރަކުކަމެއް ގޭތެރެޔައް ހޯމުސްޓޭ ވެއްދީ އަރަބިއްގެ ދަރިވަރުން ކިޔަވަން ދާނެ ތަނެއްނެތިގެން އާދޭސް ކުރަނީ އެއްމެފަހުން މިއޮތް ކޮވިޑްގެ އުދުގޫ ހާލަތުގައި މޫނުނިވާ ކޮއްގެން އުޅޭ އެތައް ޓީޗަރެއްގެ ވަޒީފާއިން ބޭރުކުރަނީ އެމީހުންގެ ކުޑަކުދީން ނުކައި ކިޔެވުމުން މަހުރޫމްކުރަނީ މިއަދު ދިވެހި ރާއްޖާގެ އޮތް އެއްމެ ބޮނޑު ޕާޓީއަށް މުހިއްމުވެގެން މިއުޅެނީ މުޅި ރާއްޖޭގެ ނިސްބަތުން 50 ވަރަކަށް ޓީޗަރުން މޫނު އަޅާފަ ނެތްއިރު މިމީހުންގެ ކަންތަކާ ،ކޮންމެ ދުވަހަކު ނިކަމެތި ރައްޔަތުންގެ ތެރެއިން ހާހުން ދެހާހުން ޕޮޒިޓިވް ވަމުން ދާއިރު މިކަމާ ކަންބޮނޑުވުމެއްނެތް ، ސަރުކާރައް ބާރުއަޅައިގެން މީހުންނައް އަވަހައް ވެކްސިން ދޭވެނެ ގޮތެއް ހޯދުމުގެ ބަދަލުގައި އެމްޑީޕީ އަށް މިދަނޑިވަޅު މުހިއްމީ މޫނުބުރުގާގެ ކަންތައްތަށް ވަރައް ދެރަ ދެއްތޯ.

    8
    2
  36. ޑެޑުއހފޯސް

    ޙިފާބަހައްޓާ މީނާ އައުރަނިވާކުރަމާ. މިހާރުވެސް އެއިނީ މޫނުއަޅާފަ. ކަޅުހެދުންލައްވާ ބުރުގައި އެޅުވީމަ އެނިމުނި

    5
    2
  37. ތެލަބަޑި

    މިދެން ކާކުތަ. އިސްތަށިގަޑުއިސްތިރިކޮށްގެން އައިސް އަބަދު މޮޅުވާހަކަދައްކަން. ގެޓްލޮސްޓް

    9
    2
  38. އޫ އައިސްތު

    ކަލޭ އަނގަ މަތީ މާސްކު އަޅައިން އުޅޭތީ ތި ބުނި އެއްޗެއް ފަހުމް ނުވި. ދެން މ

    9
    2
  39. ފަލަ ސުރުހީ

    މި ޚަބަރުގެ ފޮޓޯގަ އިން އަންހެން މީހާވެސް ހުރީ މާސްކް އަޅައިގެން. ފޭޝަލް އެކްސްޕްރެޝެއް ނުފެނޭ. އެމީހުން ރުޅި އަންނަނީ އިސްލާމް ދީން ދެކެ. އެއީ ވާ ގޮތަކީ.

  40. ތެދު

    ފުރަތަމަ ކަމަނާގެ އައުރަ ނިވާކުރަންފެނޭ

    1
    1
  41. ކޭ

    މޫނުއަޅުވާފަ ބައެއް ދުވަސްދުވަހުނުގޮސް ރައްޓެއްސެއް ނޫނީ އެއްބަނޑުކުއްޖެއްވެސް ފޮނުވަދާނެ ދެންއަހަރެމެން ވީ އަތްއުރާލައިން ތިބެން.

    2
    2
  42. ލަކްނައު

    ދޭ ފުރާންސަށް. އޭރަކަށް މޫނު ބުރުގާ ނުފެންނާނެ.

  43. ހަތަރެސް

    ކުދިންނެއް ނޫޅޭ މޫނު ނުފެނިގެންނެއް. ދެން މި ލާދީނީ ސިޔާސީ މީހުންނަށް މޫނު މާމުހިންމު ވެގެން މިއުޅެނީ ކީއްވެ ބާ.