މާލޭގައި ޓެކްސީގެ ހިދުމަތަށް އެދުމުން އެ ހިދުމަތް ފޯރުނުކޮށްދޭ ޓެކްސީތަކުގެ މައްސަލަ ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އެފަރާތްތަކަށް ޚިދުމަތް ނުލިބޭ ކަމަށާއި އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ ޢާއްމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އެކަންކަން އެގޮތަށް ހިނގާނަމަ ހިދުމަތް ނުދޭ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަރ މެސެޖްއިން ޙިއްސާކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީތައް ތިބި ނަމަވެސް ބައެއް ފަހަރު މަގުމަތިން ހުއްޓުވާ ޓެކްސީތައް ވެސް ހެންވޭރުން މާފަންނަށް ދަތުރުތައް ނުކޮށްދީ ހުޅުމާލެ އަށާއި އެއާޕޯޓަށް ދަތުރު ކުރާތީ ގިނަބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝަނީޒް

    އެހެންނުން ވާނީ ، ފުރަތަމަ 100 ދުވަސް ތެރޭ މާލެތެރޭ ބަހުގެ ޚިދުމަތް ފަށާނަމޭ ކިޔާފައި އައި ސަރުކާރަކުން ރައްޔިތުންނަށް ދޯކާ ދިނުމުން ޑްރައިވަރުންވެސް ހަދާނީ ، މިހެން، ގަރާޖް ސިޓީ އެ ވިއްކަނީ 90 ހާހަށް ، މާލެ މަގުތަކުގައި 25 ރުފިޔާ އަށް ދަތުރު ނެގުމުގެ ބޭނުމެއް ނެތް. މިކަރަޕްޓް މިނިސްޓްރީ އުވާލައި ބޭނުން މީހަކަށް ކާރު ގެނެސްގެން ޓެކްސީ ކުރެވޭނަމަ މިހެން ނުވާނެ. ކާރު އެތެރެ ކުރުން ހުއްޓާލާ ބަލަ.

    9
    2
  2. އަހުމަދު

    އެންގިއަސް އެއްކަމެއްވެސް ނުވާނެ، މިހާރުވެސް ޓެކްސީތަކުން ހިތަށްއެރި އަގަކަށް ދަތުރުކުރަނީ އެކަން ބަލާނެ ބަޔަކުވެސްނެތް ހުއްޓުވާނެ ބަޔަކުވެސްނެތް، ޓްރާންސްޕޯޓްމިނިސްޓްރީ އޮތީ ފޭލްވެފަ.

    13
  3. ޒާ

    ޓެކްސީ ސެންޓަރުތައް އުވާލާ، ތެކްސީ ބޯޑްތައްވެސް އަތުލަންޖެހޭ، އެހާވެސް ނުބައިކޮށް ކަންތައް ކުރަނީ. ޣަވާއިދަށް ބޮލެއް ނުލަނބާ އެމީހުނެއް. ފެހިބޯޑް ދިއްލާފައި ދާއިރުވެސް މަޑެއް ނުކުރޭ. މީހުން އަރުވާފައި ފެހިބޯޑް ދިއްލައިގެންވެސް ދުއްވަނީ. ގުޅައިގެން އަމުދުން ޓެކްސީ ނުލިބޭ. އެގޮތަށް ޚިދުމަތް ނުދިނަސް ހެޔޮ.

    13
    1
  4. ދޮންކާނަ

    ޓްރާންސް ޕޯރޓް މިނިސްޓްރީ ގަނެދީފަ އޮތް ޓެކްސީ އެއް ނޯންނާނެ ޑްރައިވަރ ބޭނުން ވާ ދަތުރެއް ކުރާނީ ހާދާއެއްޗެއް ހަދާ ހީވަނީ މިނޫން ކަމެއް ނޭތީހެން މި ރާއްޖޭގަ ހިދުމަތް ނުލިބިގެން އުޅެން ތިޔަ މިނިސްޓްރީން 3 ދުވަހުން ނީމޭ ކަންކަން މިހާރު މިއުޅެނީ 4 މަހުން ވެސް ނުނިމިގެން ފުރަތަމަ ކަލޭމެން ޒިންމާދާރު ވެބަލަ

    19
    12
  5. ދުންމާރި

    ޓްރާންސް ޕޯރޓް މިނިސްޓްރީ ގަނެދީފަ އޮތް ޓެކްސީ އެއް ނޯންނާނެ ޑްރައިވަރ ބޭނުން ވާ ދަތުރެއް ކުރާނީ ހާދާއެއްޗެއް ހަދާ ހީވަނީ މިނޫން ކަމެއް ނޭތީހެން މި ރާއްޖޭގަ ހިދުމަތް ނުލިބިގެން އުޅެން ތިޔަ މިނިސްޓްރީން 3 ދުވަހުން ނީމޭ ކަންކަން މިހާރު މިއުޅެނީ 4 މަހުން ވެސް ނުނިމިގެން ފުރަތަމަ ކަލޭމެން ޒިންމާދާރު ވެބަލަ އޭގެފަހުން އެހެން ކަމަކާ އުލެބަލަ

    15
    12
  6. ޑްރަވަރ

    އަދިވެސް ތި ބަލަނީ ހިދުމަތް ދެމުންދާ ބައެއްގެ ކަންކަން ބަލަންދޯ
    ތިއައްވުރެ ތާހިރުވާނެ ޕީ ސީ އާރު ގެ ހަމަ އަގެއް ކަނޑައަޅާ އެ އަގައް ހިދުމަތް ރައްޔިތުންނައް ފޯރުކޮއްދޭތޯ ބެލިއްޔާ މިހާރު އެމީހަކު ހިތައްއެރި އަގެއްގަ ޕީ ސީ އާރު ހަދަމުން އެދަނީ
    ޑްރައިވަރުން ހިދުމަތްދެނީ ސަރުކާރުން ކަޑައަޅާފައިވާ އަގުގަ
    ސަލާމް

  7. ބަރުގޮނު

    ކަންތައްތައް ބޮއްސުންލަނީ ގުޅާނެ ނަމްބަރ ނެތިގެންނެއްނޫން. މިކަހަލަ ނަމްބަރތަކާ ގުޅަން އުޅުމެކޭ ގަބުރުސްތާނާ ގުޅުމެކޭ އެއްވަރު. ފޯނުނަގާ މީހަކު ނޫޅޭ. ޚިދްމަތް ނުދޭ ޓެކްސީތަކުގެ މަސްއަލަވެސް މި އަޅުވާލީ ރައްޔިތު ސޮރު ބޮލުގައި. އެސޮރު އެނަމްބަރާ ގުޅާލަގުޅާލަ ހުންނަންވީ. ނުގުޅުނީމާ ދެން ހަދާނެ ގޮތެއް ނޭނެ.

  8. ޓެކްސީ ޑްރައިވަރެއް

    ކޯއްޗެއް ހަދާނަމޭ ތިއުޅެނީ؟ އެއްކަމެއް ވެސް ނުކުރެވޭނެ. މިކަން ކުރަނީ އަހަރެމެން އާމްދަނީ ހޯދަން. ހިދުމަތެއް ދޭކަށް ނޫން. ކާކު އެމީހަކު ކާންބޯ ކުރާ މަސައްކަތެއް ދޭ ހިދުމަތެއް ގޮތަށް ބަލައިގެން ކުރަނީ؟ އެއްވެސް މީހަކު ނުކުރާނެ. ތީގެން ޖޮބުގަ އުޅޭ މީހަކު އެއްމެ ދުވަހަކުވެސް ދޭބަލަ ތި ކުރާ މަސައްކަތުގެ އުޖޫރައެއް ނުލިބޭ ގޮތަށް. ދެން އަނެއް ވާހަކަ. ސެންޓަރަށް ގުޅީމަ ދަތުރު ނަގަން ދާއިރު ގިނަ ފަހަރަށް ކަސްޓަމަރު ނުނިކުމެ. ނޫނީ އަވަހަށް ލިބޭ ކާރަކަށް އަރައިގެން ނައްޓާލާ. ބޭނުންހާ އެއްޗެއް ނުހެދޭނެ. އަހަރެމެން ބޭނުން ދަތުރެއް ނެގޭނީ. ތެޅި ތެޅި ތިބެން ޖެހޭނީ. ޓެކްސީއަށް ނާރަ އެއްވެސް ނުވާނެ.

  9. ވަރުނުލާ

    ނިކަން މާލެތެރޭ ކުރާ ދަތުރުތަކުގެ އަގު ބޮޑުކޮއްލަބަލަ. އޭރުން ތިކަން ވަގުތުން ވަގުތައް ހައްލުވާނެ. މިނިސްޓަރަކައް އިނީ ސްކްރޫ ބޮލެއްވިއްޔަ

  10. ވަރުނުލާ

    ނިކަން މާލެތެރޭ ކުރާ ދަތުރުތަކުގެ އަގު ބޮޑުކޮއްލަބަލަ. އޭރުން ތިކަން ވަގުތުން ވަގުތައް ހައްލުވާނެ. މިނިސްޓަރަކައް އިނީ ސްކްރޫ ބޮލެއްވިއްޔަ. ޓެކްސީ ދުއްވަނވީ ހަމައެކަނި ތެޔޮއަޅާށޯ