މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑިދާނެ ކަމަށް މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެމުންދާ ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނަންސް މަސައްކަތެއް 21 ޖަނަވަރީ ވާ ހުކުރު ދުވަހު (މާދަމާ) ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މާދަމާ ހެނދުނު 6:00 އިން 6:30 އާއި ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިކަން އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މިހާރު މާލޭ ސަރަހައްދަށް ކަރަންޓް ދެމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިންނެވެ.

ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ އެވެ.

މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވެ އެވެ. އެހެންވެ، ގްރިޑް ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަ ހުއްތު

    ޓެލްމީ ސަމްތިންގ އައި ޑޯންޓް ނޯ

    2
    1
  2. Anonymous

    30 މިނެޓޭ ބުނީ ވާނީ މިހާރު ގަޑިއިރެއް ފަހަނަ އަޅާ މިދަނީ.

  3. ލޯއަބު

    ތިޔަގޮތަށް ކުރިން އެންގުމާއިއެކު ކަރަންޓް ދިއުން ވ ބޮޑަށް އޯކޭއި އެކަމަކު ގަޑިދޭންވާނީ ކަރަންޓް އަންނާނެ ގަޑި

  4. ދަންބެރު

    މިގައުމުވެސް ލަންކާއަށްވުރެ ފަގީރު ވެތިޔަކަށް ހުރިބޭބެ ހުސްފޮނިބައިސާ ކެނޑުމުގަ.