އައްޑޫ ސިޓީ ހިތަދޫގައި މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.
މިހެން އޭނާ ގޮވާލަށްވާފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓްގައި އޭނާ ބުނެފައިވަނީ ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމަކީ އަސާސީ ޙައްޤެއް ކަމަށެވެ.
Addu City ge D.Mayor @Yasriph , City Naib Raees @ibrey2020 , Moosa adhi Naseer Vaguthun Dhookollumah govaalan. Hiyaalu Faalhu kurumaai evve ulhumee Asaasee Haggei.
— Ali Nizar (@DhekunuNizar) February 24, 2018
މިއަދު އިދިކޮޅު ފަރާތަކުން ޕީޕީއެމްގެ ހަރަކާތަށް ހުރަސްއެޅުމަށް އެއްވި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ޔަސްރިފް، އެމްޑީޕީ ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް މޫސަ، އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބުރޭ އަދި އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ނަސީރެވެ.
ނިޒާރު އަނގަ ޗޭ ކޮށްފަ ވާހަކަ ނުދައްކާ ކަލޯ ގައުމަށް ހެޔޮ އެދޭނަމަ ޣައްދާރެއް ނުވާނެ ކަލޯމެން ތީ މިގައުމަށް ވަފާތެރި ބައެއްނަމަ މިހާލަތަށް މިގަުއުމެއް ނުދާނެ މިގައުމު ހަވަރަށް ދީފަ ތަމެން ފިލާތިބެ ޒުވާނުން ކުޑަގޮޅީގަ
ކަލޭ ނުގޮވައިގެން ކުއްވެރިންވެސް ޖަލުގައިއެތިބީ، ދޫކޮއްލާން ގޮވާލާނެ އިރަކަށް އިންތިޒާރުގަ
އަނެއްކާވެސް ގައުމު ހުޅުޖަހަން ނިކުމެދޯ