17:02

ކޮވިޑް-19އާ ގުޅިގެން ހަތް ރަށެއް މިއަދު ބަންދުކޮށްފި

15:02

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ކުޅުދުއްފުށި ސިޓީ މޮނީޓަރިންގ އަށް ލައިފި

13:51

ކޮވިޑް-19 ފެތުރޭމިންވަރު އިތުރުވުމާއި ގުޅިގެން ބ. ގޮއިދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފި

13:23

ޅ. ކުރެންދޫގައި ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

12:27

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ފައްސިވެއްޖެ

23:25

ރާއްޖޭން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި.

23:11

ރާއްޖޭން އިތުރު 1697 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:16

ޕާކިސްތާނުން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

ކޮވިޑްގެ ތަފާސް ހިސާބުތައް އާންމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނި އެގައުމުން ވަނީ 7،678 މީހަކު މި ބައްޔަށް ފައްސިވެފަ. މިއީ އެގައުމުން ކޮވިޑް ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވި ދުވަސް.

މިއާއި އެކީ އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1,353,479 އަށް އަރާފަ.

މީގެ ކުރިން އެގައުމުން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު. އެދުވަހު އެގައުމުން ފައްސިވެފައިވަނީ 6،825 މީހެއް، އޭގެ ފަހުން ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު. އެއީ 6،808 މީހުން.

14:42

ރާއްޖޭގައި ދުވާލަކަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 9،000 އަށް އަރާފާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ

14:21

މާލޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް އިތުރުވަމުންދާނަމަ ފުރަބަންދު ކުރަން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ

13:37

ކޮވިޑް-19ގެ ހާލަތު ގޯސްވެ، ހއ. ދިއްދޫ އާއި ތ. ގުރައިދޫ ބަންދުކޮށްފި

11:55

އޮސްޓްރިއާގައި ކޮވިޑް ވެކްސިން ނުޖަހާނަމަ 61000 ރުފިޔާގެ ޖޫރިމަނާއެއް

11:31

3.6 މިލިއަން މީހުން ފައްސިވެ، އާރެކޯޑެއް!

ކޮވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން އެންމެ ގިނަ ބަޔަކު ރާއްޖެ އިން ފައްސިވި ދުވަހަކަށް ބުރާސްފަތި ދުވަސް މިވަނީ ވެފައެވެ. ބުރާސްފަތި ދުވަހު ކޮވިޑް ޖެހިގެން ހަތަރު މީހަކު ނިޔާވެއްޖެއެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރު އެއްވެސް ފިޔަވަޅެއް އިއުލާނެއް ނުކުރެއެވެ. މީގެ ކުރިން ކޮވިޑްގެ ހާލަތު އޮޅުންފިލުވައި ދިނުމަށް ދުވާލަކު ދެއިރު ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ނަމަވެސް އެޗްޕީއޭގެ ވެސް އަދި އެޗްއީއޯސީގެ އެއްވެސް ޚަބަރެއް ވެސް މިހާރު ނެތެވެ. އެއްވެސް އިތުރު މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ މިދިޔަ އަހަރުގެ މެއި 20 ވަނަ ދުވަހު އެވެ. އެދުވަހު 2194 މީހުން ކޮވިޑަށް ފައްސިވިއެވެ. ދެން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު 2137 މީހުން ކޮވިޑަށް ފައްސިވިއެވެ.

ބުރާސްފަތި ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިހާރު ވަނީ ދިހަހާހަށް ވުރެ މައްޗަށް ގޮސްފައެވެ.

ކޮވިޑް އޮމިކްރޮން ވޭރިއަންޓްގައި ބޮޑުވަރުވާ މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަމަ ހާލަތު ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. ޑަބްލިއުއެޗްއޯ އިން ވެސް ބުނާ ގޮތުގައި އޮމިކްރޮން ވޭރިއަންޓަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލި މީހުން އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރެފްރީ

    މިސްކިތަށްއަރާ ދުއާކުރުންއޮތީ ؟ ކޮބާ ގުނޫތު ؟ ކޮބާ މިސްކިތުކާޕެޓު ؟ ކޮބާ މަގޭޓީމު ؟

    20
  2. ގއރނ

    ކޮމަނޑޫ އިލެކްސަން ނިމުނީމަ އެޗްޕީއޭ ދެން ފެންނާނީ

  3. ޙަސަނާބެ

    ޙުރިހާ ނޫސްވެރިންވެސް ސަރުކާރަށް ޖެއްސުންކޮށް ފާޑުކިޔަންވީ. އަދި ޓީވީތަކުންވެސް ސިކުޑި ގޮވާފަތިބި މީހުންއަރުވައިގެން ކޮވިޑު އަދަަދުތަކަކީ ވައްކަންކުރަން ސަރުކާރުން ހަދައިގެން އުޅޭ އަދަދުތަކެއް ކަމަށް ބުނުވަންވީ. އަދިމިއީ ރޯދަމަހާ ދިމާކޮށް މިސްކިތްތައް ބަންދުކުރަން ރޭވިގެންކުރާކަމެއް ކަމަށް އެމީހުންބުނީމަ އެވާހަކަވެސް ބްރެކިންގް ނިއުސް ހަދައިގެން ކިޔަންވީ. ސްކޫލުބަންދުކުރީމަވެސް އެވެސް ޅަދަރިންގެ ތައުލީމުހަލާކު ކުރަންކުރިކަމެއްކަމަށް ގޮވަންވީ. ހުރިހާމިނިސްޓަރުންވެސް ކެންޕޭނަށް ގުރޫޕުޖަހާފަ ރައްރަށަށް އަރަންވީ. އިދިކޮޅުންވެސް ކޮވިޑުމީފޭކެއްކަމަށް ޝިއާރަކަށްހަދައިގެން ރައްރަށަށް ދާންވީ. ސަރުކާރުން މިހާރުއެހަދަނީ ރަގަޅަށް. ކޮވިޑުއެއީ އާލަމީ ވަބާއެއްކަން ރައްޔިތުންނަށް އެގޭނެމިހާރު. އަމިއްލަ ޒިންމާ އަދާކުރީމަ ސަލާމަތްވާންއޮތީ. ގިނަނޫސްވެރިންނާ އިދިކޮޅުއޮތީ އޭރަކުއޮންނަ ސަރުކާރަކަށް ޖެއްސުންކުރުމުގެ ޝައުގު އަށަގެންފަ.

  4. އަޙްމަދް

    މީގެ ކުރިން ކޮވިޑްގެ ހާލަތު އޮޅުންފިލުވައި ދިނުމަށް ދުވާލަކު ދެއިރު ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ނަމަވެސް އެޗްޕީއޭގެ ވެސް އަދި އެޗްއީއޯސީގެ އެއްވެސް ޚަބަރެއް ވެސް މިހާރު ނެތެވެ. އެއްވެސް އިތުރު މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
    —————————————————————
    ކޮވިޑްވެގެން ފަޔަށް ހިނިއަރައިގެން ތެޅޭބީދައިން ތެޅޭ ވަޤުތުނޫހުން ކޮވިޑްގެ ހާލަތު އޮޅުންފިލުވައި ދުވާލަކު ދެއިރު ނޫސްވެރިންގެ ބައްދަލުވުން ބާއްވާ މައުލޫމާތު ދޭންވީނޫންތޯ؟
    ޢޭރުން އަނެއްކާވެސް އެމިރިކާގެ ނުވަތަ އިންޑިއާއިން ކޮއްވެސް ޖަމިއްޔާއަކުން ވަގުތުނޫހަށް އެވޯޑެއްދީފާނެތޯޗެކެވެ.

  5. ާދަލޭކް

    ކޮމެޓީއެއް ހެދުން ރަނގަޅީ އެއިރުން ކަންތައް ދާގޮތް ބެލޭނީ.

  6. ސަދޫމު ސިޓީ

    މި ސަރުކާރުން ބޭނުން ގޮތަކަށް މޮޑެން ގެންގުޅޭ ފުށްގަނޑެއް އެޗްޕީއޭ އައީ ގާތްގަނޑަކަށް ކޮވިޑް ކޮންޓުރޯލް ފެފަ އޮތްވަ އިންޑިޔާއިން ލަވަކިޔާމީހުން ގެނެސް ހުޅުމާލޭގަ ސޯބާއްވާ ހަވާއަރުވާ މީހުންގަނޑު އެތްތާކަށް ޖަމާކުރީ ނުވިތާކަށް މަގުމަތީބާޒާރު ބޭއްވީ މި ހުރިހާ ސަކަރާތެތް ޖެހިއިރު ނޭނގޭތަ މި ގައުމުގަ ކޮވިޑް އޮތްކަމެތް

  7. ޢާދަނުބެ

    ޜޯދަމަހަށް މިސްކިތްތަށް ބަންދުކުރަން ޖައްސާ ސުޓަންޓުއެތް ނޫންބާ މި ސަރުކާރު ވަރަށް ރުޅި އަންނާނެ ދީނީ ކަންކަަން މާގިނައިން ކުރަންޏާ އެޗްޕީއޭ އަށާ ސަރުކާރަށް މިހާރު އިތުބާރެތް ނުކުރަން

  8. ހުސޭނުބޭ

    މަޑުކޮށްލާ! ރައްޔިތުންނަށް ކުރާނެ ނޮހޮރުއްޕާނެއް އޮތިއްޔާ ތިކިޔާ އެޗްޕީއޭ ބޮލަށްއަރައި ކޮށަން ފަށާނެ.

  9. އަހުމަދު

    އެޗޮ.ޕީ.އޭ އެއް އޮވޭތަ ރާއްޖޭގަ؟