ބޭރަށް ހިންގުމާއި ހުމުގެ ރޯގާއެއް ފެތުރި އދ.ކުނބުރުދޫ ސިއްހީ މަރުކަޒު ފުރިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވެއްޖެއެވެ.

ކުނބުރުދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު މިރޭ ބުނީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް އެރަށުގައި ފެތުރި ހެލްތު ސެންޓަރުގައި އެޑްމިޓް ކުރާނެ ޖާގަ ނެތިގެން ބަލި މީހުން ހެލްތު ސެންޓަރުގެ ކޮރިޑޯ ތެރޭގައި ވެސް މިހާރު އެޑްމިޓް ކޮށްފައި އެބަތިބި ކަމަށެވެ.

ކުނބުރުދޫގައި ހުން ފެތުރެމުން ދިޔަ ނަމަވެސް ކޮވިޑް-19 އެރަށުގައި ނެތް ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

"ހެލްތު ސެންޓަރުގެ ވޯޑް ފުރިގެން ދެކުދިން އެއްއެނދެއްގައި ވެސް އެޑްމިޓް ކޮށްފައި އެބަތިބި. އެޑްމިޓް ކުރާނެ ޖާގަ ނެތިގެން މިހާރު ބޭސް ދީފައި ބަލި މީހުން ގެއަށް ފޮނުވާލަނީ. ހާލަތު ވަރަށް ގޯސް." ކުނބުރުދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މާލެ އާއި އަތޮޅުތެރޭގެ ބައެއް އެހެން ރަށްރަށުގައި ވެސް މިދުވަސްވަރު ހުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް އަންނަނީ ފެތުރެމުންނެވެ. މިރޯގާ ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯދިގުޒައީމް

    މުޅިސިސްޓަމް ބިސްގަނޑު އަޅާތަވަޔަކައްލާފަމިއޮތީ ދެންވެސް މިކަމުންސަލާމަތްވުމައް 2023 ނަގާވޯޓްގަ އެމްޑީޕީއައްނޫނެކޭބުނޭ މަރުކޮމިޝަނައްވެސް ނޭގޭ އެމީހުންގެސަރުކާރުއާފަހުން މަރުވިމީހުންގެއަދަދުވެސް ވަޒީފާލިބުނުއިރު ފެއްނާނެސަހަރާގެބޭރުން މިސަރުކާރަކީ ކަނޑުއަޑިން 150 މީޓަރުއަޑިން މަސްވެރިން ރެސްޓްކުރަން ބޮޑުހޮޓަލެއްއެޅި ސުޕާއަކާއެކު އެތަނުން މަސްފިނިކުރުމާ މަސްކިރުމުގެ ކަންތައްދާއިރުހިލޭ އައިސްކުރީމްބޯންލިބޭ ނިމޭއިރައް ޑޮލަރު މެޝިނުން ނިކުއްނާނީ ހަމައަގާއެކުހިނގާނުގަނެވިފަތިބެންޖެހެނީ މިވަރައްއޮޅުވާލާބައެއްމީ މިމަހުރައްޔިތުންމިތިބީ މަސްވެރިންނައްކާރިކުރެވޭ ފުލޯޓިންސިޓީގަ އަސްލަންޓޭބުނިހެން ރިޒޯޓްތަކުމީހުން އޯވަރްނައިޓް ކުރަނީ އެއާޓެކްސީކަނދުފަތީގަ ހަސަންޓޭ ބުނިއެތި މިވަނީ ނިމޭއިރު

    20
    3
  2. އަލީ

    ނުބަލާ އުޅޭ ބައެއް އުޅޭ ރަށެއް. މާސްކު ނާޅާ ވެސް ބޭރުގާ ހަމަ އެމީހަކު ހިތައް އެރި ގޮތަކަށް އުޅެންވީ. ކައުންސިލްގެ ޒިންމާދާރުކަން ވަރަށް ކުޑަ

    1
    1
  3. މަރުޖާނު

    ބޯދިގު ޒައީމު. ކަލޭ މާ ބޮޑަށް އެގޭ ކަމަށޤ ނެހެދި އުޅޭ. އެމްޑީޕީ ކިޔާ ޕާޓީއެއް އުފެދި ފަންކްޝަން ކުރަން ފެށުމުން ކަލެއަށް ތިޔަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެން ދިޔައީ. މައުމުނުގެ ދުވަސްވަރު ކަލޭ ޙަބަރެއް ތިހެން ބަލަން ނުވަތަ އަޑުއަހަން ޖެހުމުން ބާ ރޭޑިއޯ ގަޑު ހިފައިގެން ދުވެ ގޮސް ފާޚާނާއަށް ވަދެ އަޑުއެހި ހަދާން އެބަހުރި. އެވަރުންވެސް އެހެން ކަންކުރިކަމަށް މީހަކު ބުނެފިނަމަވެސް އެމައްސަލަ ބަލައި ކަލޭ އޮންނާނީ ޖަލަށް ގަޅާފައި.
    އަދި ކަލޯ އެމްޑީޕީ އުފެދުނު ފަހުން މިރާއްޖޭގައި ދައުލަތަށް ޢަމްދަނިއެއް ލިބެން ފެށީ. އެއީ އަންނިގެ ވެެރިކަމުގައި ފުރަތަމަ ޓެކްސް ތައާރަފުކުރީ. އޭގެކުރީގައި މައުމޫނު ބުނަމުން ދިޔައީ ކޮންމެ މީހަކަށް ގަހެއް ޖަހާށޭ. ރައްޔިތުން ބަޑަށް ޖެހިދާނެއޭ. އެއީ އޭރުގެ ވިސް ނުން. މިހާރު މިއޮށް ހާލަތުގައިވެސް ދަުލަތަކުން ނުބުނޭ ބަޑަށް ޖެހިދާނެއޭ. އަދި މުސްކުޅި މާމައަށް ޢަމްދަނީއެއް ދިނުން، ފޮށްލިސްޓަށް ސަލާމް ޖެހުން. ބޭސްފަރުވާ އަށް ސަލާމް ޖެހުން، ބޯހިޔާވަހިކަން، ނުކުޅެދޭ ކުދިން ނަށް އިނާޔަށް ދިނުން، އެކަނިވެރި މައިން ނަށް އިނާޔަށް ދިނުން މިހެންގޮސް ކިޔާނެ ކަމެއް ނެތް. މިއީ އެމްޑީޕީ ނެތިގެން ދިޔަސް ދެމިދެމި އޮންނާނެ ކަންތައްތައް. މިކަންކަން ކަލެއަށް ނުފެންނަންޏާ ލޮލުގައި ތިހިރީ ފުސް ޖަހާފަ. އަވަހަށް ލޮލާއި ސިކުޑި ޑޮކްޓަރަކަށް ދައްކައިގެން ފަރުވާހޯއްދަވާ.