މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަށް ކިޔާ ރަސްމީ ނަމެއްގެ ގޮތުގައި "ސިނަމާލެ ބްރިޖު" ހަމަޖައްސައިފިއެވެ.
ބްރިޖަށް ދިވެހި ބަހުން ރަސްމީކޮށް ކިޔާނެ ނަމަކީ ސިނަމާލެ ބްރިޖުކަން ހާމަކުރައްވާފައިވަނީ މިއަދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ.
CMFB ge rasmee dhivehi namakee "Sinamale Bridge". pic.twitter.com/lyKACwrYkN
— Dr Mohamed Muizzu (@MMuizzu) July 12, 2018
ޗައިނާ އާއި ދިވެހި ރާއްޖޭގެ މެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބިނާކުރާ މި ބްރިޖުގެ ގިނަ މަސައްކަތްތަކެއް މިހާރުވަނީ ނިންމާލާފައެވެ. އެގޮތުން، ބްރިޖުގެ ހުރިހާ މައި ތަނބެއް ގުޅާލާފައިވާއިރު، ބްރިޖުގެ ޒަރީއާއިން މާލެއާއި ހުޅުލެވަނީ މުޅިން ގުޅާލެވިފައެވެ.
ޖުމުލަ 200 މިލިޔަން ޑޮލަރު ހޭދަކުރައްވައިގެން ބިނާކުރައްވާފައިވާ މި ބްރިޖުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮށްފައިވާ ޗައިނާގެ ކުންފުންޏެއްކަމަށްވާ ސީސީސީސީ އާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏަކީ، މިފަދަ މަސައްކަތްތއް ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
މި ބްރިޖުގެ ދިގު މިނުގައި ދެ ކިލޯމީޓަރުގެ ރާސްތާއެއް ހުންނައިރު، ފުޅާ މިނުގައި 20.3 މީޓަރު ހުންނަކަމަށް، މީގެކުރިން ހާމަކޮށްފައިވެއެވެ. އެހެންކަމުން، ބްރިޖުގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ދުއްވަން ދެ ލޭނާއި ސައިކަލު ދުއްވަން ވެސް ދެ ލޭނު ހިމަނާފައިވެއެވެ.
ބްރިޖުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އެންމެ ވަރުގަދަ އެއް ރިޔާސީ ވައުދުކަމަށްވާއިރު، މި މަޝްރޫޢަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރައްވާފައިވާ ކަމެއްވެސްމެއެވެ. ހަމައެހެންމެ، މިއީ ރާއްޖޭގެ ތާރީޚުގައި ހިންގޭ، އުމްރާނީ ތަރައްޤީގެ އެންމެ ތަފާތު އަދި އެންމެ ބޮޑު އެއް މަޝްރޫޢުވެސްމެއެވެ.
މި ބްރިޖަށް ކިޔާނެ ނަމެއް ހޯދުމަށް، މީގެކުރިން ދިވެހި ބަހުގެ އެކަޑަމީ އިން އިޢުލާންކުރައްވާފައިވާއިރު، "ބްރިޖް" ގެ ދިވެހި ބަހަކީ "ދާލަން" އަދި "ބުރިޖު" ކަމުގައި، އެ އެކަޑަމީ އިން ވަނީ ހަމަޖައްސާފައެވެ.
ނޫން ސިނަމާލެ ދާލަން ކިޔަނީ
ޝުކުރިއްޔާ ރައިސްޔާމީން ބުރިޖަށް ތިކިއުނު ނަމަކީ ތިބުރިޖަށް ރައިސް މައުމޫނު ބެހެއްޓެވި ޝައުގުވެރިކަން ދައްކުވައިދޭ ނަމެއް އެމަނިކުފާނުގެ ބޯހިޔާވަހިކަމުން މާލެހިޔާ އަދި ސިނަމާލެ ފްލެޓުގެ ނަމުގައި ފްލެޓުތަކެއް ވަނީ އަޅާފައި އަދި ތި ބުރިޖަށް ގިނަ ޕްލޭން ތަކެއް ރާއްވަވާފައިވާކަން އެގޭ އެކަމުގެ ހެއްކަކަށް އަދި ރައިސް މައުމޫނުގެ ހަދާން ރާއްޖޭގައި ދެމެހެއްޓުމަށް މަނިކުފަނު ތިނަމަުން ނަންދެއްވީތީ ވވ ބޮޑަށް ޝުކުރިއްޔާ
ތިޔަނަން ވާނެ އަހަރެން ފޮނުވާފައި އޭރު. "ސިނަ" މާނައަކީ ޗައިނާ. އެގޮތުން އެ ބުރިޖަށް ނަންކީ. އެކަމަކު މިހާރު ނަން އިޢުލާން ކުރިއިރު ނަން ދިން މީހުންނަށް ޝުކުރިއްޔާއޭވެސް ނުބުނިކަމީ ހިތާމަ ކުރާ ކަމެއް.
އަޅެފަހެ ތި ނޫން ނަމެއް ކިޔަން ނޭންގުނުތަ
"ބުރިޖު" މިއީ ދިވެހި ބަހެއްތޯ؟
ހަބޭސް ނަމެއް
ސިނަވެހި ދާލަން ކީނަމަ ދޯ މަ ހުށައެޅިން...
ހެލޯ
ކޮން ސިނަ މާލެއެއް ދިވެހި ބޮޑުމަގު ކިޔަންވީ
ޗައިނާއާއި ދިވެހި ނަން ގުޅުވައިގެން " ސީނު މަހަލް ދާލަން " ނުވަތަ ބްރިޖް ކީނަމަ މަށަށް ވަރަށް ރީތި ނަމަކަށް ވީސް.
ވަރައް ބޮޑު ކުރިއެރުމެއް! ރާއްޖޭގެ ހައިބަތު މަތިވާނެ. އެހެންނަމަވެސް ޓޮލް ފްރީ ނުވާނެނަމަ ޓޮލް އަގު ހެޔޮކޮށް ބަހައްޓަ ދިނުން ދިވެހީން އެދޭ.