މާތް ﷲ ގެ ވަޖްހަފުޅަށްޓަކައި ލޯބިވާ މީހަކީ މާތް ﷲ ރަނގަޅަށް ދަންނަ، އެކަލާނގެ އަމުރުފުޅަށް ރަނގަޅަށް ކިޔަމަން ގަންނަ މީހަކަށް ވާން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ވަނީ މީހަކު ދެކެ ލޯބިވާ ނަމަ، ނުވަތަ ނަފްރަތުވާ ނަމަ، ލޯބިވާން ޖެހޭނީ ﷲ ގެ ވަޖްހަފުޅަށްޓަކައި ކަމަށެވެ.

"މީހެއްގެ ފަރާތުން ލިބޭނެ ފައިދާއަށްޓަކައި ނުވަތަ މީހެއްގެ ގައިގައި ހުރި މޮޅު ކަމަކަށްޓަކައި އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހްމަތްތެރިއެކެވެ. ﷲ ގެ ވަޖްހަފުޅަށްޓަކައި މީހަކާ ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިހްލާސްތެރި ކަމެއްގެ ސަބަބުންނެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނި ގޮތުގައި މާތް ﷲ އަށްޓަކައި ލޯބިވާ ދެ އެކުވެރިން ތިބޭނީ މާތް ﷲ ގެ ހިމާޔަތާއި ރައްކާތެރިކަމުގައެވެ. ރަހްމަތްތެރިންގެ އަސަރަކީ ވަރަށް ވަރުގަދަ، ވަރަށް ބާރުގަދަ ނުފޫޒެއް ކަމަށާއި ރަހްމަތްތެރިން އިހްތިޔާރު ކުރާ އިރު، ވަރަށް ރަނގަޅަށް ބަލައި ހޮވަން ޖެހޭ ކަމަށް ހުތުބާގައިވެއެވެ.

"އިންސާނުންގެ މިޒާޖުގައި ރަހްމަތްތެރިންނާއި އެކުވެރިން ކޮޕީ ކުރާ ގޮތް ހުރެއެވެ. އޭނާގެ ނުބައި އަހުލާގުން މީނާ އަށް ނުބައި އަސަރު ފޯރުވައެވެ. އަހިވަކާ ޖެހި އަހިވަކެއް ފާވާ ގޮތަށެވެ. ހެޔޮ ކަންތަކުގެ އަސަރަށް ވުރެ ނުބައި ކަންތަކުގެ އަސަރު އާންމު ގޮތެއްގައި މާ ވަރުގަދައެވެ." ހުތުބާގައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ސިނގިރޭޓު ބުއިން ފަދަ ނުބައި އަމަލުތައް ދަސްވެ މަސްތުވާތަކެތީގެ ދަލުގައި ޖެހި، ފާހިޝް ކަންތައްތަކަށް އަރައިގަންނަނީ ތިމާގެ ރަހްމަތްތެރިންގެ ކިބައިން ކަމަށެވެ.

ރަހްމަތްތެރިންނަކީ ވާޖިބުތައް އަދާކުރުމުގައި އާއި ހައްގުތައް ރައްކާތެރި ކުރުމުގައި އެހީތެރިވެދޭ ބައެއް ނަމަ އެއީ ހެޔޮ ރަނގަޅު ރަހްމަތްތެރިން ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރަނގަޅު ރަހްމަތްތެރިންނަކީ ދުނިޔެ އާއި އާހިރުގެ މަގަށް އެމީހާ މިސްރާބުކޮށްދޭ މީހާ ކަމަށް ހުތުބާގައިވެއެވެ.

"އެ ރަހްމަތްތެރިކަމުގެ ސަބަބުން އަނެކާ ހަލާކުވެގެން ހިނގައިދާނެއެވެ،" ހުތުބާގައިވެއެވެ.

ހުތުބާގައި ވަނީ ރަހްމަތްތެރިކަން އޮންނާނީ މާތް ﷲ އަށް ކިޔަމަންގަތުމުގެ މަތީގައި ކަމަށާއި އޭގެ ތެރެއިން އެކެއްގެ ސުލޫކާއި އުޅުން ނުބައިވެއްޖެ ނަމަ، އެމީހަކާ ދުރުހެލިވެ ރަހްމަތްތެރިކަން ކަނޑާލަން ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާލިދު

    ދިވެހިން އެބަޖެހޭ އައްނި އާ މޑީޕ ގެ ބޮޑުއްނާ ގުޅުން ކަނޑާލާ ފޭއަށް ޖެހެން. އެއީ ޝައިޠާނާ ގެ މަގަށް މަގުދައްކާ ބައެއް. އެއީ އެއްވެސް އިލްމެއް ނެތި ޝެއިހުއްނާ ޖަދަލުކޮށް ދެކޮޅުހަދާ ބައެއް. އަދި ޝެއިހުއްނަށް ފުރައްސާރަ ކުރާބައެއް. އަދި އިސްލާމް ދީނާ އެއްގޮތަށް އެއްވެސް ޢަމަލެއް ކުރާބައެއް ނޫން. މިސްކިތް ތަކަށް ނަމާދަށް ދާ ބައެއް ނޫން. ނަމާދު ކުރާމީހުއްނައް ފުރައްސާރަ ކުރާ ބައެއް. ދީނަށް ފުރައްސާރަ ކުރާ މީހުން ގެ ދީފާއުގައި ނިކުންނަ ބައެއް. އިސްލާމީ ޝިއާރުތައް ގަބޫލު ނުކޮށް ޖަދަލުކުރާ ބައެއް. އެއްވެސް ކަމެއްގައި އިސްލާމް ދީނަށް ބަލާބައެއް ނޫން. ކަންކަން ކުރުމުގައި ހުޅަނގާ ޔޫރަޕައް ބަލާ ބައެއް. ބޭރުގެ ކަރަ ތަކަށް ގޮސް ދިވެހިން ބަނގުރޫޓު ކުރަން އަޑުއުފުލައި މަސައްކަތް ކުރާ ބައެއް. އިންޑިއާ ސިފައިން ގެނެސްގެން ދިވެހިން އަޅުވެތި ކުރަން އުޅޭ ބައެއް. އެއްވެސް ހެވެއް ހުރި ބައެއް ނޫން.

    18
    3
    • ގައިދުރު

      ޙމމމމމ.ކޮންމެހެން ދީނީ ކަމެއްނޫން ދޯ..ޕީޕީ ކަމެއްދޯ؟؟؟؟؟

  2. اکف

    އަސްލުވެ ތިބުނީ ތެދެ👍
    އިރާދުކުރެވިއްޔާ 2023 ޕޕމ

    16
    4
  3. Anonymous

    ދެން ކިހިނެއް ކެނެރީގޭ ލާދީނީ މީހާއާ ގުޅުން ބޭއްވޭނީ. އޭނާއަކީ ހިނދުކޮޅު އަންނަން ގޮވާލާ މީހެއް. އަބަދު ހަމަހޭގައި ތިބެން ނުޖެހޭ ކަމަށް ގޮވާލާ މީހެއް. ތަޅާ ކުދިން ގޮވައިގެން މަގުތަކަށް ނުކުމެ މާރާމާރީ ހިންގަން ގޮވާލާ މީހެއް. އޭނާގެ ނުބައިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރައްވާށި. އާމީން.

    8
    1
  4. ހަންބެ

    މިގައުމުގެ ރައީސްވެސް ހުވަޔާހިލާފުވެފަ ލާދީނިއްޔަތަށް ހެއްލޭ މީހުން ދިފާއުކުރުމުގަ.