ކޮވިޑް-19ގެ ހާލަތު ގޯސްވެ، ހއ. ދިއްދޫ އާއި ތ. ގުރައިދޫ ބަންދުކޮށްފިއެވެ.

މީގެ ތެރެއިން ދިއްދޫ ބަންދުކޮށްފައި ވަނީ އިއްޔެއެވެ. ގުރައިދޫ ބަންދު ކުރީ މިއަދުއެވެ.

ދިއްދޫގައި މިހާރުވެސް ދަނީ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންނެވެ. ރޭ 7:45 ހާއިރާއި ހަމައަށް އެރަށުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، އެރަށުން އިއްޔެ އެކަނި 39 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 437 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު 91 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ގުުރައިދޫގެ ކޮވިޑް ހާލަތަށް ބަލާއިރު، އެރަށުންވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ގިނަ ގެތަކެއް ކަރަންޓީނަށް ލާފައި ވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް 2000 އިން މަތީގައި އުޅޭއިރު، ދުވާލަކަށް ފައްސިވާ އަދަދުތައް ރެކޯޑް އަދަދަކަށް މައްޗަށް ދާނެ ކަމަށް ސިއްހީ މާހިރުން އަންދާޒާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޟޯދު

  ދިއްދޫ ބަންދު ކުރިކަންދިއްދޫގެ އެއްވެސް ރައްޔިތަކަށް ނޭގޭ

 2. ޓިންޓިން

  ކޮބާ އެއްކަލަ އަސްލު މީހާ އަޕްޑޭޓެއް ނުވޭ

 3. ކޮވިޑް

  ރަށްބަންދު، ބަރާބަރަށް ރަށަށް އަރާފޭބޭ، ރަށް ބަންދުކުރިކަން އިޢުލާނުކުރީމަ ކޮވިޑް ހުއްޓޭނެ. މީހުންތައް ހެޔޮ އަރައަރާ ފައިބައިގެން ދިޔަސް. ކޮވިޑް ގާތްވެސް ނުވާނެ. އެހެނތާވާނީ އެޗް.ޕީ.އޭއިން ރަށް އޮތީ ބަންދުކޮށްފަވިއްޔާ. މި ކޮވިޑްވެސް މިއީ ހާތަ ތަފާތު ބަސްއަހާ އެއްޗެކޭ ދޯ.

  6
  1