ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނެރޭ ރަނިން މޭޓްގެ މަގާމަށް ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ކުރިމަތި ލައްވައިފިއެވެ.

އަލީ ހުސައިން ވަނީ ރަނިންމޭޓު ކަމަށް މިއަދު ފޯމު ހުށަހަޅުއްވާފައެވެ. ފޯމު ހުށަހެޅުއްވުމަށްފަހު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ އިރު އެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އިރާދަ ކުރެއްވިޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މި އަނިޔާވެެރިކަން ނިންމައި، މި ކުރެވޭ މަސައްކަތުގެ އެންމެ ކުރީގައި އަޅުގަނޑު ހުންނާނަން. އަދި ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ރަނިންމޭޓަކާ ގުޅޭ ގޮތުން ނިންމާ ނިންމުން ވާންޖެހޭނީ ގައުމީ ނިންމުމަކަށް ކަމަށާއި އަމިއްލަ ނިންމުމަކަށް ނޫން ކަމަށެވެ.

އިދިކޮޅު ރަނިންމޭޓު ކަމަށް އަލީ ހުސައިން ކުރިމަތި ލައްވާފައިވާ އިރު ޖޭޕީގެ އެކްޓިން ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަންއާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީންއާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލު ނަސީމް ވެސް ވަނީ ކުރިމަތި ލައްވާފައެވެ.

ޖޭޕީގެ ރަނިންމޭޓު ކަނޑައެޅުން އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓުކަން ޖޭޕީއަށް ދިނުމަށް ނިންމާފައިވާއިރު، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިހާރު ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޙާބު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޒާ

  ކައުންސިލްގެ އެންމެން ރަނިންމޭޓް ކަމަށް ކުރިމަތިލީ. ހުންނާނެ ފޯރިއެއް. މީހަމަ ރަށެއްގެ ކައުންސިލް އެންމެން ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުންކަހަލަ ކަމެއް. ހީވަނީ ވަރަށް ފަނިވާނެހެން މިކަން ނިމޭތަނުން.

 2. ދޮންޔޫސުފް

  ޤާބިލްކަން އެބަ ހުއްޓޯލަ! ވެބޫ ހެދުނީ ދޯ؟

 3. ދިއްދޫ

  ކޮން ފަހަތެއްގެވާހަކައެއް އައްޔާ ތިދައްކަނީ. ގާސިމަކީ ކަލެއަށް ބުނިހާވަރަކަށް ފައިސާދޭ މީހެއްވީމާ މާބޮޑު އިޚުލާސްތެރިކަމެއްގެގޮތްދައްކަނީ. ތި ގާސިމަކީ ދައުލަތަށް ދައްކަންޖެހޭ ރައްޔިތުންގެ ފައިސާ މަކަރުން ހިފަހައްޓައިގެންއުޅޭ މަކަރުވެރިއެއް. ކޮން ތެދުވެރިކަމެއް އަލީގެ ހުންނާނީ. ވައްކަންކުރާ މީހާގެ ދިފާއުގަ ވާހަކައެއް ނުދައްކާނެ ތެދުވެރިއެއް. ކަށަވަރުވާކަމަކީ އައްޔަކީވެސް ގައުމަށް ޚިޔާނާތްތެރިއެއް. އެއީ މަކަރުވެރި ޙީލަތްތެރިން ދިފާޢުކުރަން މާތްﷲ ގަންދީ ހުވާކޮށްގެންހުރި މީހަކަށްވާތީ. ވިސްނަބަލަ އއްޔާ ތިކުރެވޭ ކަމެއް. ހުވައެއްކޮށްގެން އޭގަބުނާ އެއްޗެއް ފަހުމުނުވާމީހާ؟؟؟؟؟؟؟؟؟؟؟؟؟؟؟

 4. ސަނދުވާ

  ރަނިންމޭޓަށް ހުންނެވޭނެބާ؟
  1- ހުރިހާ ކުށްވެރިން ކުށެއް ނުކުރާ ބައެއްގެގޮތުގައި ދޫކޮށްލުން.
  2- ރަނިންމޭޓް ވަކިކުރުން.
  3- ނަޝީދަށް ރަނިންމޭޓްކަން ދިނުން.
  4- ރައީސް އިސްތިއުފާ ދެއްވުން.
  5- ނަޝީދު ރައީސްކަމާ ޙަވާލުވެ ވަޑައިގަތުން.
  މިކަންތައްތައް ނިންމުމަށް 18 މަސްދުވަސްކަމަށް ލަފާކުރެވެނީ.
  މިިއީ އަޅުގަނޑު ޤަޞްތު ކުރާގޮތް.

 5. ާާެައާަސްތޭ

  ޢައްޔަާ ތިކަންވާަނެ. ޤާބިލްކަންްްއެބަހުރި ޔާމީނަަށް ބޮޅެއް