ރާއްޖޭގައި ދުވާލަކަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 9،000 އަށް އަރާފާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، މިއީ ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ފެށުން ކަމަށާއި، މިފަހަރު މިހާބޮަޑަށް ފެތުރެމުންދަނީ ކޮވިޑްގެ އޮމިކްރޮން ކަމަށެވެ.

މި ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއްކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް ފެތުރިގެންދިޔައިރު، ނުފެންނަހާ ހަލުވި މިނެއްގައި ވޭދަނަތައް ވަރަށް އަވަހަށް މައްޗަށް އަރައިގެންދާތަން ފެންނަމުންދާ ކަމަށެެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެންގެ ޕްރެޑެކްޓިވް މޮޑެލްއިންވެސް މި ދައްކަނީ ފުދޭވަރެެއްގެ ހައިޕީކަކަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް". ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑްގެ މި ރާޅުން ސަލާމަތް ވުމަށް ބޫސްޓާ ޑޯޒް ޖެހުން މުހިންމު ކަމަށެވެ. އަދި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް ޑޮކްޓަރު ނަސޭހަތްތެރިވިއެވެ.

އަދި އޭނާ ވަނީ ކޮވިޑަށް ފައްސިވަމުންދާ ސްޕީޑް ދަށް ކުރުމަށް އެންމެންވެސް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފައެވެ. މިއާއެކު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާ އަވަހަށް މާ ގިނަބަޔަކު ހޮސްޕިޓަލައިޒޭޝަން ފެނިއްޖެއްޔާ ދެން އޮންނާނީ އޯވާވެލްމްވެފައި. ހޭންޑްލް ނުކުރެވޭ ގޮތްެފައި. އެ ސްޕީޑް ދަށް ކޮށްލެވޭތޯ ބަލަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަމާލުކަން ދޭންވީ". ޑރ. އަފްޒަލް ވިދާޅުވިއެެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓަަކަށްވާއިރު، މިއަދު ފެންނަ ވޭދަނަތައް ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ޑަބަލް ވެގެން ދާނެ ކަމަށެެވެ.

"އަޅުގަަނޑުމެންގެ ޑަބަލިންގް ޓައިމްއަށް ބަލައިފިއްޔާވެސް ތިން ދުވަސް ތެރޭ މި އިންނަނީ އެވްރޭޖްކޮށް އޭގެ މާނައަކީ މިއަދު ކޭސް ހުރި މިންވަރު ޑަބަލް ވެގެންދާނެއޭ ތިން ދުވަސްވާން ވާއިރަށް، އެއިރު ހުންނެވި ވަރަށް އޭގެ ތިން ދުވަސް ފަހުން ބަލާއިރު ހުންނާނީ އަނެއްކާ ޑަބަލް ވެފައި". ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހެންކަމުން ހާއްްސަ ސަމާލުކަމެއް މިކަމަށް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ޕްރޮޖެކްޝަން މޮޑެލްތަކަށް ބަލާއިރު، ވޭދަނަތަކުގެ އަދަދު ވަރަށްވެސް މައްޗަށް ދާނެ ކަމަށެވެ. މިކަން ބަދަލު ކުރެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ މިންވަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަމާލުކަން ދިނުމާއެކު އަދަދުތައް ދަށަށް ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އައި ތިންކް މޭބީ 6،000 އޯ 9،000 އަށް އަރާނެ އެހާ ހިސާބަށްވެސް ހިނގައިދަނެ". ޕްރޮގްރާމްގެ ޕްރެޒެންޓަރު އެ އަދަދުތައް އުޅޭނެ ކަމަށް ލަފާ ކުރެވޭ މިންވަރު ހުރި ގޮތް ހިއްސާ ކުރުމަށް އެދުމުން ޑރ. އަފްޒަލް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މެބްރެކް

    ކަލޭ މާ މޮޅުނުވޭ ވަގު

    20
    4
  2. ފާތުން

    9000 ގެ ވާހަކަ ދައްކާއިރު، އެއަދަދު ދައްކާނެތޯ ސުވާލު އުފެދޭ. ޑުވާލަކަށް ކުރެވެނީވެސް 6000 ވަރު.

    27
    1
  3. ާއިބޫ

    ސުވާލަކީ ރާއްޖޭގަ މިއުޅޭ ކޮރޯނާއަކީ ހަމައެކަނި ރާއްޖޭއަށް އެކަނި އައިސް އުޅޭ ވައްތަރެއްތޯ؟؟ އަދި އަންނާނެ ދުވަހެއް- ކޮވިޑޭ ކިޔަގެން ތިކުރާ ހުރިހާ ކަމެއްގެ މަންފާއިން ތިޔަބައިމީހުން މަހްރޫމް ވަާނެ ދުވަހެއް. ދުނިޔެ ތިކަނީ މަކަރާ ޖަހައިގެން...

    36
    2
  4. Anonymous

    ތިވަރައް މިގައުމުގަ ޓެސްޓް ފުރަތަމަ ކުރެވިގެންތަ ، މޑޕ ވަރަށް ބޯބޮޑުވާނެ ޓެސްޓް ކުރާ އެންމެންވެސް ސާމްޕަލް ނެގީތީ ޕޮޒިޓިވް ކޮއްލާފަ ތިޔަ 9000 ވެސް ހަމަކޮއްލަފާނެ.

    15
  5. ފިޔަވަޅު

    އިތުރު އިންޒާރު ދިނުމެއް ބިރުގެންނެވުމެއް ނެއް.
    ޢޯގާތެރިކަމާއެކު ފިޔަވަޅު އަޅުއްވާ.
    ލޮކްޑައުން ވެސް ކުރަށްވާ .
    މިހާތަނަށްވެސް ރައްޔިތުން ދައްކާވާފައި ވަނީ ކިޔަމަންތެރިކަމާ ،ކެތްތެރިކަން .

    16
    2
  6. Anonymous

    މިއަށް ކިޔަނީ ސިޔާސީ ކޮވިޑް. މެޝިނުން ބޭނުންގޮތަކަށް ޕްރިންޓްކުރެވޭނެ. އިތުބާރު ގެއްލިއްޖެ.

    16
  7. ހުސެން

    ކޮމަންޱޫ ދާއިރާގެ އިންތިހާބު ނިމި އެެއްވެސް ލޮކްޱައުން އަކަ ދިޔުން ބަލަ އެއްނުގަނެވޭނެ.

    13
  8. ޞބޫސްޓަ

    ބޫސްޓާ ޖެހިޔަސް ވާކަމއެ ހަރާމް. ފުލުހުނނާ ސިފައިން ގެ އެޖަހަން ނުދިޔާމަ. ލިސްޓް ނެރެގެން މަޖުބޫރު ކޮއްގެން އެޖެހިޔަސް ވާނެ ވަކިކަމެއ ނެއް

    13
    1
  9. ބިރު ދައްކަނީ

    ބިރު ދައްކަނީ އެއް ކަމެއްވެސް ވާ ބައެއްނޫން

    12
  10. އަބްދޫ

    ރައްޔިތުން ގެ ސަލާމަތަށް މަސައްކަތް ކުރާ ސަރުކާރެއް ނެތްނަމަ ދުވާލަކަށް 10000 ން މައްޗަށް ވެސް އަރާނެ. ރައްޔިތުންނާމެދު ވިސްނާ ސަރުކާރެއްނަމަ ދަރަނި ނަގައިގެން ގާނޫނުއަސާސީ އާހިލާފަށް ސިޔާސީމަގާމް ތަކަށް ވަަޡީފާ ދީގެން ހަރަދު ނުކުރީސް.. ހަގީގަތުގަ ސިޔާސީ މަގާމް ތަކަށް މީހުން ހަމަޖައްސަނީ ގާނޫނުއަސަސީގެ 97 އާއި 115 ވަނަ މާއްދާއާއި ހިލާފަށް. އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ ނަޖާއިޒް ފައިދާ ހޯދުމާއި ނާޖާއިޒް މަންފާ ހޯދާދިނުން ކަމަށް ބެލެވޭ ޖިނާއީ ހާލަތުގަ. ޔާމީނުގެ ވެރިކަމުގަ އިބްރާހީމް މުހަންމދު ސާލިހް ވިދާޅުވި ސިޔާސީމަގާމަތަކަށް މީހުންހަމަނުޖެއްސޭނެކަމަށް އެވީޑިއޯވެސް މަގޭ އަތުގަ އެބައޮތް.

    15
  11. އަހައްމަދޫ

    އައްދޭ. އެއްލައްކައޭ ނުބުނީ ކީއްވެތަ. ތިދައްކަންވީ ހާލުބޮޑުވާ މީހުންގެ އަދަދާއި ހޮސްޕިޓާތަކުގައި އެޑުމިޓުކުރާމީހުންގެ އަދަދުތަކެއްނު. މިއީ މީހުން ކަންބޮޑުކުރުވަން އުޅޭބަޔެއް

  12. ހިތަދޫ

    ނާރާނެ އެއީ ޓެސްޓިން ކެޕާސިޓީނެތީމާ މިހާރުވެސް ނަތީޖާ ލިބެނީ 6 ދުވަސް ފަހުން

  13. ޏަޖަނ

    ބައިއިލެކްޝަންް ނިމުނީމަ އޯކޭވާނެ.

  14. އަޙްމަދް

    އެއްވެސް ޝައްކެއް ނެތް ވިހާނަކަތުގައި ވިހާނެ ހަމަ ބަލަހައްޓައިގެން ތިބެންޖެހޭނީ!

  15. ވަހީދުބެ

    ޓެސްޓްކޮށްދޭ އަމިއްލަ ކިތައް ކުލިނިކް އެބަހުރި. ލާރި ލިބޭނެމަގުތައް ފަހިކޮށް ރައްޔިތުން ބިރުވެރިކަމެެއްގެތެރޭގައި ބޭތިއްބުމަށް ކުރެވެންހުރިހާކަމެއް ކުރާތި؟