މާލޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް އިތުރުވަމުންދާނަމަ ފުރަބަންދު ކުރަން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑްގެ ފުރަތަމަ ރާޅުގައި ރާއްޖޭގައި ދުވާލަކަށް ކޮވިޑަށް ފައްސިވާ އަދަދުތަކުގެ އެންމެ މަތީ އަދަދު 200ގައި އޮތްއިރު، މިހާރު މީހުން އެ ބައްޔާއި މެދު އޮތް ބިރުވެރިކަންވެސް ނެތެމުންދާ ކަމަށެވެ.

"ހިތުގެ އެ ބިރުވެރިކަން ނެތީމަ އެއްކަލަ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވެނީ، އެހެން ނަމަވެސް ހަނދުމަފުޅު ބަހައްޓަން ޖެހޭ ތަންކޮޅަކީ ވޭދަނަތައް ވަކި މިންވަރަކަށް ވުރެ މައްޗަށް ގޮއްސިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ދެކެން ބޭނުން ނުދާ ދުވަސް އަތުވެދާނެ، އަނެއްކާވެސް ލޮކްޑައުންނަކަށްވެސް ހިނގައިދާނެ ކޭސްތައް މައްޗަށް ގޮއްސިއްޔާ". ޑރ. އަފްޒަލް ވިދާޅުވިއެެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދު ވަރަށް ބޮޑަށް ވަނީ މައްޗަށް ގޮސްފައެެވެ. އެގޮތުން މިހާރު ދުވާލަަކަށް ފައްސިވަމުންދަ މީހުންގެ އަދަދުތައް 2000 އަށްވުރެ މަތީގައި އުޅޭއިރު، މި އަދަދުތައް މިއަށްވުރެ މައްޗަށް ޖެހިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ވިދާޅުވަފައެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، ފުރަބަންދު ކުރުން ނޫނީ އިތުުރު ހަރުކަށި ފިިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ. އެފަދަ ދުވަހެއް ދެކެން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި، އެކަން ކޮންޓްރޯލް ކުރެވޭނީ އަމިއްލައަށް ކަމަށް އޭނާ ވިދާޅުވިއެެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިއީ ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ފެށުން ކަމަށާއި، މިފަހަރު މިހާބޮަޑަށް ފެތުރެމުންދަނީ ކޮވިޑްގެ އޮމިކްރޮން ކަމަށެވެ.

މި ވޭރިއެންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެއްކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް ފެތުރިގެންދިޔައިރު، ނުފެންނަހާ ހަލުވި މިނެއްގައި ވޭދަނަތައް ވަރަށް އަވަހަށް މައްޗަށް އަރައިގެންދާތަން ފެންނަމުންދާ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޑިރާސާ

    މީހުން ބިރުން ތިބެންތަ އެޗް.ޕީ.އޭ އިން ބޭނުންވަނީ.. މީހުންގެ ހިތުގައި ބިރުވެރިކަން ބާއްވައިގެން އަބަދަކު ކިހިނެއްތަ ދިރިއުޅޭނީ. މިހާރު އިނގޭ އެޗް.ޕީ.އޭ ގެ ބޭނުމަކީ މީހުން އަބަދު މީހުން ބިރުގަންނުވާފައި ބޭތިއްބުން ކަން. ކޮވިޑަކީ ކިހިނެއް ވާ ބައްޔެއްކަމާއި ، ކޮވިޑަކީ ރަގަނޅު ވާ ބައްޔެއްތޯ ، ނޫންތޯ ،ފަރުވާއަކީ ހިތުގައި ބިރުވެރިކަން އުފެއްދުމާއި ، ކަރަންޓީން ކުރުމާއި ، ލޮކްޑައުން ކުރުމާއި ،މަތިމައްޗައް ވެކްސިން ޖެހުން. ގައުމުތަކުގެ ސިއްހީ ކަންކަން މެނޭޖުކުރަން ތިބި މީހުންނަށް ނޭނގެ އަޅައިފައި ނާޅާނީ ކޮންފިޔަވަޅެއް ކަމެއްވެސް. އެހާވެސް ނުރައްކާތެރި ބައްޔެއް ކޮވިޑަކީ ،،، އަހަރަކު ދެފަހަރު ވެކްސިން ޖެހުމާއެކު ލޮކްޑައުން ކުރަން ޖެހޭ ވަރު ބޮޑު ނުރައްކާތެރި ބައްޔެއް ، ފަރުވާއެއް ހޯދިފައި ނުވާ ޖެހިއްޖެއްޔާ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ހަލާކުކޮއްލާ ވަރުގެ ބައްުޔެއް ވީމައި އެޗް.ޕީ.އޭ އިން އެހާ ހަރުދަނާ ފިޔަވަޅު އަޅަނީ..

    39
    9
  2. އަހުމަދު

    ޕީސީއާރު ލައްޗޭއަށް ފައިދާވާގޮތަށް ހުރިހާކަމެއްވެސް ރާވަންވާނީ.

    49
  3. އަލީ

    ރެކޯޑު ހަދާއިރުވެސް ފިޔަވަޅެއް އަޅާވަރަކަށް އިތުރު ނުވަނީ ދެއްތޯ؟

    38
  4. މަބްރޮކް

    ބޮޑު ވަގެއް ކަލޭތީ

    27
    7
  5. ފަރުދީ

    ކޮމަންޑޫ ދާއިރާ ބައިލެކްސަން އޮތީމަ އެކަން ނިމުމަށް ފަހު ލޮކްޑައުން ކުރާނެ ސަރުކާރުން ބޭނުންވަނީ އެގޮތަށް.

    57
  6. ހަމައެހެންބާ

    އިންޒާރު މި ދެއްވަނީ ކޮވިޑަށްތޯ ނުވަތަ އާންމުރައްޔިތުންނަށްތޯ؟ ވޭދަނަތައް މައްޗަށްދަނީ ކީއްވެގެންކަން އެގިވަޑައިގެން ތިއްބަވާމެ އެކަން ކޮންޓްރޯލްކުރުމަށް އެއްވެސް ސަމާލުކަމެއްނުދެއްވައި މިތިއްބަވަނީ ބައެއް ފަރާތްތަކުން ކޮމެންޓްކުރަމުން އަންނަ ފަދައިން ހާލަތުގެ ފައިދާ ފައިސާގެ ސިފައިގައި ލިބޭ ބަޔަކު ޕޮލިސީ ލެވެލްގަޔާއި ތަންފީޒީ ލެވެލްގައި ހަމަތިބީމާ ނޫންބާވަޔޭ ސުވާލުއުފެދޭ.

    37
    1
  7. Anonymous

    އަދި ފިޔަވަޅުތައް އަޅަންވާ ވަރަށް އަދަދުތައް މައްޗައް ނުދާ ކަމައް ލަފާ ކުރެވެނީ ، ވީމާ ލޮކުޑައުންއަކާ ދޭތެރޭ އަދި ވިސްނާކައްނުވޭ، މިސަރުކާރަކީ ރައްޔިތުންނާ ދޭތެރޭ ވިސްނާ ސަރުކާރެއްނަމަ މިހާރު ހުންނަނީ ކޮންމެވެސް ފިޔަވަޅެއް އެޅިފަ.

    43
  8. ކޮވިޑަކީ ބަތްކައްކާ ކުޅުން

    އަދި ނުވޭ ލޮކްޑައުން ކުރަން.. އިތުރު ބޮނޑިއެއް ބޮއެގެން މާފް ކުރަން ނުބުނައްޗޭ.. އެޗްޕީއޭ ދެކޮޅަށް ކޯޓުގަ ދައުވާ ކުރާނަން.. ވެކްސިން ޖަހަން މަޖުބޫރެއް ނުކުރެވޭނެ.. އިންޑިއާ އެކަންޔެއް ނޫން ސަރުކާރުވެސް އައުޓް..ވާހާ ދުވަހު އަނގަ މަޑުން ލައިގެން ތިބެވިއްޖެ!! 😡😡😡

    26
  9. ދިދަ ދަނޑި

    ވޭދަނަތަށް އަތް ނުފޯރާ ވަރަށް މިއޮތީ އަރާފަ.. މިސަރުކާރަކުން ލޮކްޑައުން ކުރާކަށް އެއްބަހެއް ނުވާނެ.. ސަރުކާރަށް މުހިންމީ ސިޔާސީ ކުޅިވަރު ކުޅުން.. ބުއްދިވެރީ އެމީހެއްގެ ރައްކާތެރިކަން އެމީހަކު ހޯދުން..

    27
  10. ޚިކްމަތުޔާރު

    ކަލޭމެންގެ ވިޔަފާރި ކުރިއަރުވަން ކޮންމެހެން އަހަރުމެން ދަރަނިވެރިކުރުވާނެ ކަމެއް ނެތް!
    މިތިބަ ޗރ ތަކާ..

    21
    1
  11. އިންޒާރު

    ކޮންމެހެން އިންޒާރުނުދިނަސް ރައްޔިނުން ގިއްގަޅުވާލަބަލަ

    17
    1
  12. އަބސީ

    ބޯޑަރު ލޮކްޑައުން ނުކޮށް ރައްޔިތުން ލޮކްޑައުންކުރަންވީ އަނެއްކާވެސް، ސާބަސް އެޗްޕީއޭ އައުޓް

    26
  13. ޚަމަނަ

    މިހެންކިޔާމީހުންމިފަތުރަނީ

    13
    1
  14. ހަސް

    އަދަދުތައް 2000 ހަށް އެރީމަވެސް އަދިވެސް ތިކިޔަނީ ލޮކްޑައުން ކުރަން ޖެހިދާނެޔޭ. ބަލަ ދެން ކީއްކުރާ ލޮކްޑައުނެއް... މިހާރު އެއޮތީ ލޮކްޑައުން ކުރި ދުވަސްތަކުގެ އަދަދުގައެއްނުން. ލޮކްޑައުނަކީ އަދަދުތައް މަތި ނުކުރަން ކުރަންޖެހޭ ކަމެއް.. މަތިވެނިމުނީމަ ދެން ކޮންލޮކްޑައުނެއްތޯ.؟

    26
  15. ޚ

    ލޮކްޑައުންކުރިޔަސްގޯސްވަނީ މައިމޫނާ ނުކުރިޔަސްގޯސްވަނީ މައިމޫނާ. ޢަމިއްލައަށް އުޅެވޭވައްތަރެއްނުވިސްނޭ. ބަޔަކުލޮކްޑައުން ނުކުރިއްޔާ އަމިއްލައަށް ނުވިސްނޭތަމައިތިރިވެގެންތިބެން

    9
    1
  16. އުސްމާން

    ކަލޭމެންނަށް ލޮކްޑައުން ކުރެވޭނީ
    ރައްޔިތުން ދެނެއް ބަންދެއް ނުކުރެވޭނެ
    މީ ވަރައްވާހަކަ
    ވަރަށްސަލާމް.

  17. ޙަސަނު

    މީތޯ ކިޔަވާގެންތިބި މޮޅެތި މީހުން ، އަދަދު އިތު ރުވޭތައެބަ ؟ މަށަކައް ނުފެނޭ ،

  18. އަޙްމަދް

    ޢާދައިގެ ރޯގާއެއް މާބޮޑު ބައްޔަކަށް ހަދައިގެން މީސްތަކުންގެ ތެރޭގައި ސިއްޙީބިރުވެރިކަން އުފައްދާ ފުރަބަންދު ކޮށް މީސްތަކުންނަށް ދަތީކޮށް އުނދަގޫޖައަސާ މީސްތަކުން ނިކަމެތިކޮށް އަނީޔާވެރިވުމަކީ“ޓެގްޓީމޭ ކިޔާ ބައިގަނޑަށް ވަރަށް ކަމުދާ އެބައިގަނޑު ވަރަށް ކުރާހިއްވާޒާތު ކަމެކެވެ.
    މީސްތަކުންނާއި މެދު މިހާ ރަަހުމުކުޑަކޮށް މިބައިގަނޑުޢަމަލުކުރަނީ ޢެއީ މިބައިގަނޑުގެ ވިއަފާރި ފުޅަކޮށް ކުރިއަރުވާ މިބައިމީހުނގެ އަތްމަތި ތަނަވަސްކަން އިތުރުކުރުމުގެ ބޭނުމުގައެވެ.
    ކޮވިޑް ވެގެން ފަޔަށް ހިނިއަރައިގެން އުޅޭ ވަގުތޫހަށް މިކޮމެންޓު ޝާޢިއުކުރަން ނުކެރޭކަންވެސް އެގިހުރެ ކުރީ.

  19. ވަހުތާން

    ތީކާކު ބިރުގަންނަވަން ދަްކާ ވާހަކައެއްތޯ؟ އަހަރެމެންބުނިތޯ ފުރަބަންދު ނުކުރާށޭ. ސަރުކާރުންބުނެގެން ފުރަބަންދުކުރަން ނުކެރިގެން ތިޔައުޅެނީ. ވޯޓްގެ ކުރިން ބަންދުކޮށްދިނުން އަހަރެމެން އެދެން. އެކަމަކު ނުކެރޭނެ ބަންދު ކުރާކަށް. ވޯޓް ހަމަނިމޭއިރަށް ބަންދު ކުރާނެ. ތިޔަ އެޗްޕީއޭ އަކީ ސަރުކާރުންމޮޑޭ ފުށްގަނޑެއް. ކަލޭމެންނަށް ދުވާލަކަށް 1000ރުފިޔާލިބޭ. ތިޔަގަންނަގަނޑު މިހާރު ރައްޔިތުން ހިތުދަސްކޮށްފި.