އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީން ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ނަހުލާ މިހެން ވިދާޅުވީ ރަނިން މޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީން ބާއްވާ އިންތިހާބުގައި އޭނާ ވާދަކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވާހަކަދެކެވެމުންދާތީ އާއި އަދި ގިނަ ބަޔަކު އެ މަގާމަށް ކުރިމަތިލުމަށް އެދި ޝުއޫރު ފާޅުކުރަމުންދާތީ އެކަން ސާފުކޮށްދިނުމަށް މިއަދު ނެރުނު ބަޔާނެއްގައެވެ.

ނަހުލާ ވިދާޅުވީ ރަނިން މޭޓް ކަމަށް ވާދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އަދި އެއްވެސް ސިފައެއްގައި އެކަމަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައިނުވާނެ ކަމަށެވެ.

އަބަދުވެސް ދެމި ހުންނާނީ ދިވެހި ރައްޔިތުންގެ ހައްގުގައި ޖުމްހޫރީ ޕާޓީ އާއި ގުޅިފައިވާ އިއްތިހާދުން ކުރަމުންދާ އިސްލާހީ މަސައްކަތުގައި އެހީތެރިވެ މި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ގައުމަށް ހަމަޖެހުން ގެނައުމުގެ މަސައްކަތުގައި ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. މީގެއިތުރުން އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް ވަކާލާތު ކުރުމުގައި ވެސް ދެމި ހުންނަވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުއާ އަކީ ނުހައްގުން އަނިޔާ ލިބެމުންދާ ފަރާތްތަކާއި ބޭ އިންސާފުން ޖަލަށްލާން ހުކުމް ކޮށްފައިވާ އެންމެހައި ފަރާތްތައް މިނިވަންވެ، ދައުލަތުގެ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމަށާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ދިވެހި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ވުމެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރަނިން މޭޓަކު ހޮވުމަށް ޖޭޕީން ބާއްވާ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ މަގާމަށް މިހާތަނަށް ވަނީ ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައެވެ. އެއީ ޖޭޕީގެ ދެ ނައިބު ލީޑަރުން ކަމަށްވާ އަބްދުﷲ އަމީން އާއި ޑރ.ހުސެއިން ރަޝީދު ހަސަން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސުނީތާ

    ވިސްނިއްޔާކީއްކުރާނި

  2. ޝާނާ

    ކުރިމަތިލިޔަސް ނުހޮވޭނެ މުޅި ޖޭޕީ ހަރާބު ކުރަން ނޫޅޭ

  3. ސާލް

    Meenage real name akee zuhuda..
    Kon nahulaa eh tha

  4. ޒާ

    އެެހެން ނޫނަސް ނެތެއް ނޫންތޯ ކުރިމަތި ލެވޭކަށް. ކޯލިޝަނުގެ ބައިވެރިން އެއޮތީ ނޫނެކޭ ބުނެފަ. ދެން ކުރިމަތިލައިގެން ކީއްތޯ ކުރާނީ. ރަނގަޅުވީސް ތިޔަ ކަމުގައި ނޫޅެ ގާސިމާއެކު ޕާޓީހިންގައި ޕާޓީ ވަރުގަދަ ކުރިނަމަ.

  5. އާޑޮބޭ

    ލާރީގެ ދަހިވެތިކަމުގައި އަންބަކަށްވީ މީ ޔަގީން ކަމެއް

  6. އަހުމަދު

    ލާރީގެ ދަހިވެތިކަމުގައި އަންބަކަށްވީ މީ ޔަގީން ކަމެއް

  7. އައިމަން

    ލާރީގެ ދަހިވެތިކަމުގައި އަންބަކަށްވީ މީ ޔަގީން ކަމެއް

  8. ހަބޭސް

    ނަހޫ ވަރަށްރީތި ޔޫ ކުރިމަތިލައްވާ އެއިރުން ވަރަށްގިނަވޯޓު ލިބޭނެ ޒުވާން ފިރިހެން ކުދިންގެ އެއިރުން ދެން ޔޫ