ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރ. ދުވާފަރަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ދުވާފަރަށް ވަޑައިގެންފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތަށް" ވިދާޅުވެފައެވެ.

ރައީސް ޔާމީން އިންޑިއާ އައުޓް ހަރާކާތަށް ދުވާފަރަށް ވަޑައިގެންނެވި ނަމަވެސް މި ހަރަކާތް އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކީ "އިންޑިއާ އައުޓް" ހަރަކާތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫ، ށ. ފުނަދޫ ގެ އިތުރުން ފ. ނިލަންދޫގައި ވެސް އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއާއި މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާއި ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ދުނިޔޭގެ "ޖިއޯޕޮލިޓިކްސް" ތެރެއަށް ދިވެހި ދައުލަތް ނުވަނުމަށް ތަޖުރިބާކާރުން ދަނީ ލަފާ ދެއްވަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މި ސިޔާސަތު ދިފާއު ކުރައްވައި، ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިތާފް

    ގަދަޔަށް ޖައްސާފަބަހައްޓާ....އައުޓްވަންދެން ހައްސާ. ޢިންޑިޔާ އައުޓް.

    48
    1
  2. Anonymous

    އެންމެ ތަންފުކެއްވެސް ދޫނުކުރަށްޗޭ

    45
    • ގައިދުރު

      ޙީނުވޭ މާބޮޑު ކަމެއް ކުރެވިދާނެހެން.އަރަބި އިސްލާމީ ގައުމުތަކުން ތަ އައްނަނީ ކަލޭމެން ސަލާމަތް ކުރަން

      1
      15
      • Anonymous

        އިންޑިއާ ސިފައިންތިބެންޖެހޭނީ އެމީހުންގެ ގައުމުގަ، އެއްވެސްކަމަކާ ނުލާ މިގައުމުގަ އައިސް ތިބޭކަށް ނުޖެހޭނެ. އެހެންވެއްޖިއްޔާ މިގައުމުގަ ތިބި ހުރިހާ ސިފައިން އިންޑިއާއަށް ފޮނުވާލަންވީނުން.

  3. އަލީ

    ސާބަސް ސާބަސް ސާބަސް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައޓް

    47
    1
  4. އަބުދުﷲ

    މި ނާޒިމް ޕާޓީ އަކީ އިންޑިޔާ އައުޓު މަސައްކަތައް ހުރި ބޮޑުމައްސަލައެއް.

    17
  5. މުހައްމަދު

    ކަމަކަށް ހޭކެޑުނަސް ބޮޑުވަރު

    6
    20
  6. ާމީރާން

    ކަނޑު މަގުން ހަކުރު ގެންނަން އުދަގޫ ކަމުން އިންޑިޔާ އައުޓް އޭ މިކިޔަނީ ހަކުރޭ ނުބުނަން ރައްޔެތުން ގުބޯ ހައްދަނީ މިވެރިން ނަކަށް ނޭންގޭ މީ ކޮން ކަމަކު ގޮވާ އިންޑިޔާ އައުޓް އެއް ކަމެއް ޔާމީނަށް ސިންގަޕޫރުން ޑޮކްޓަރުން ގެނެވުނަސް ނިކަމެތި ރައްޔެތު މީހާ ހަމަ ދާން ޖެހެނީ އިންޑިޔާ އަށް ފިޔާ ކޮޅުއް ލޮނުމެދު ކޮޅެއް ވެސް ލިބޭނީ އިންޑިޔާ އިން ޔާމީނައް ކޮން ކަމެއްތޯ ރައްޔެތުން ބަނޑަށް ޖެހުނަކަސް ހަކުރު ކޮޅު ވިކެންޔާ އެސޮރައް އުޅެވޭނެ، އުއްމީދު ކުރަން ދިވެހި އެންމެހާ ލޮބުވެތި ރައްޔެތުން ނަށް ވިސްނޭނެ ކަމައް

    2
    2
    • ޢެމއ

      ޢިންޑިއާއިން ބޭސްކުރަނީ ހިލޭތަ ފިޔާގެންނަނީ ހިލޭތަ ޢެތާ ޑޮކުޓަރު މިތަނަށް އައިސް ބަލަނީ ހިލޭތަ؟ ކޮންމެބަޔަކުވެސް ފައިސާހޯދުމަށް މަސައްކަތް ކުރާނެ އިންޑިއާ ސިފައިން ނަކީ ރާއްޖޭގައި ތިބެންޖެހޭ ބައެއް ނުން އެމީހުން ފޮނުވާލިއޭކިއާފަ ރާއްޖެއަށް އިންޑިއާއިން ޑޮކުޓަރުންނާއި ފިޔާ އަލުއި ނުފޮނުވާނަމަވެސް ގެއްލުން ވާނީ އެމީހުނަށް އެމީހުންގެ ތެރޭ ގިނަމީހުނަށް ކިޔަވައިގެން ތިބިނަމަވެސް ވަޒީފާއެއް ނުލިބި ވާއިރު އެމީހުން މިރާއްޖެއަށް ނައިސް ކީއްކުރެވޭނީ! ނުވިސްނެނީ ހަމަ އެމް ޑީޕީ އަށް ސަޕޯޓް ކުރާ މަދު ގަމާރު ބައަކަށް

  7. ކުޑަހުވަދޫ

    ޔާމިނު އައުޓު

    3
    5
  8. Anonymous

    އިންޑިއާ ސިފައިންތިބެންޖެހޭނީ އެމީހުންގެ ގައުމުގަ، އެއްވެސްކަމަކާ ނުލާ މިގައުމުގަ އައިސް ތިބޭކަށް ނުޖެހޭނެ. އެހެންވެއްޖިއްޔާ މިގައުމުގަ ތިބި ހުރިހާ ސިފައިން އިންޑިއާއަށް ފޮނުވާލަންވީނުން.