އާންމު ރައްޔިތުންގެ ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމަކީ މި ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިއަދު ރ. ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ހަރަކާތް ކުރިއަށް ގެންދިއުމަށް "އިންޑިއާ އައުޓް" މި ނަން ޖަހައިގެން ހަރަކާތުގެ ބައިވެރިން އުޅެނީ އެމީހުންގެ އަމިއްލަ ގައިގައްޔާ އަންނައުނުގެ އިތުރުން އަމިއްލަ ގެތަކުގައި ކަމަށެވެ. އެހެން ކަމުން އެއީ ދައުލަތާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހީމަ އުދަނގޫވާ ބަޔަކު އެބަ އުޅޭ. އެއީ އަޅުގަނޑުމެން ހިތުގެ ޝުއޫރު. އަޅުގަނޑުމެންގެ ފާރު އެއީ. އެއީ ދައުލަތާ ބެހޭ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

މިހަރަކާތުގެ ތެރެއިން ބައެއް ރަށްތަކުގެ ގެތަކުގެ ފާރުގައި މިއަދު ވެސް ވަނީ "އިންޑިއާ އައުޓް" ޖަހާފައެވެ.

ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން އެބޭފުޅުން ކުރަމުން އަންނަނީ އަދަބާ ހިލާފު ކަމެކޭ ބުނިއަސް މިކަން ހުއްޓުވަން ސަރުކާރަށް މަގުބޫލު އުޒުރެއް މިހާތަނަށް ދެއްކިފައި ނެތް ކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެފައިވާތީ އެކަން ފާހަގަކޮށް ޔާމީން އިތުރަށް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ދޭތެރޭ އޮންނަ ރަހުމަތްތެރިކަން އޮންނާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ގައުމަކުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. Anonymous

  އެހެންނާފަހެ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުނުވާނެހެން، އެމީހެއްގެ ގޭ ފާރުގައި އެމީހަކު ބޭނުން އެއްޗެއް ލިޔެވޭނެ. އަދި އެމީހެއްގެ ފޭރާމުގައި އެމީހަކު ބޭނުން އެއްޗެއް ލިޔެވޭނެ. ކިތައް ކިތައް ރީނދޫ ފޮޓޯ ހޭ ފާރުތަކުގައި ކުރެހީ؟ ކިތައް ހަޑިއެއްޗެހި ހޭ އެމްޑީޕީ މީހުން ލިޔުނީ؟ މިއަދު އެހެން މީހުން ރަނގަޅު އެއްޗެއް ލިޔުނީމާ އެމްޑީޕީ މީހުން މޮޔަވަނީހޭ؟ ބަލަގަ، އެމްޑީޕީ މީހުންނޭ މިކަންކަން ދަސްކޮށްދިނީ.

  60
  12
 2. ރާވިއްކާގާސިމް

  މިކަލޭގެ ހިފާ ހައްޔަރުކުރާކަށް ނުވޭތަ އަދިވެސް؟

  15
  82
  • Anonymous

   ހައްޔަރުކޮށްބަލަ ހަކުޅި ދައްކާލާނަން

   10
  • ޙައްގުބަސް

   ކޮންކަމަކާ ހިފާ ހައްޔަރު ނުކުރެވިގެން ތިއުޅެނީ!! އިންޑިޔާއިން ދޭ ލައްޑޫ ކޮޅުގޮހަރަށް ފުރޭވަރަށް ނުކާތީތަ؟ ޔާމީނާ މިގައުމުގެ މިނިވަންކަމާ ސިޔާދަތު ހިފަހައްޓަން ބޭނުންވާ އެއްވެސް ރައްޔިތަކު އިންޑިޔާ އެންބަސީން އެދޭ ލައްޑޫ ނުކާނެ!! ކަލޭމެންކަހަލަ ގައުމަށް ޣައްދާރުވެގެންއުޅޭ މީހުންކޮޅު ކޮޅުގޮހަރަށް ލައްޑޫ ކައިގެން އިންޑިޔާ ސިފައިން މިރާއްޖޭގައި ގާނޫނުތަކާ ޚިލާފަށް ބައިތިއްބައިގެން ތިއުޅޭ އުޅުން ނިމުމަކަށް މިރާއްޖޭގެ ރައްޔިތުން އިރާދަކުރެއްވިއްޔާ ގެންނާނެ! ޔާމީން ނުޙައްގުން ހައްޔަރުކޮށް އަނދަގޮނޑިޖެހިޔަސް އޭނާގެ ހަށިގަނޑުގައި ހިނގާ ގައުމީ ލެޔާ ގައުމީ ޖޯޝަށް އެއްވެސް އުނިކަމެއް ނައަންނާނެ!! މީރާއްޖޭގެ ރައްޔިތުން އިންޑިޔާ އައުޓް ގޮވާނެ!! އެކަން ދެންދާނީ ބާރަށް ކުރިޔަށް! ނުހުއްޓުވޭނެ!!

   11
  • Anonymous

   ޔާމީން ހައްޔަރުކޮށްފިއްޔާ ސަޕޯޓަރުން އަނެއްކާ ނިކުމެ ސަރުކާރަށް ޕްރެޝަރ ކުރާނެ.

 3. އަމީރު

  އެހެންވިއްޔާ ގޭގޭގެ ފާރުގަ "ބޮޑު ވަގު" ޖެހިޔަސް ބެހެވޭނެ މީހެއް ނުހުންނާނެ ދޯ!!!

  19
  60
  • ޒަމީރު

   ލިޔަންވީ އެތި އިސްލާހު ކޮށްލަދެންތަ. ބޮޑުވަގު ރިބަން ކަނޑާ މީހާ. ބޮޑު ވަގު މުރައިދޫ ގަނޑުވަރު ކަލޭގެ. ބޮޑުވަގުންގެ ސަރުކާރު

   8
   1
  • ވަޒީރު

   ބޮޑުވަގެއްކަމަށް ސާބިތުވެ ހުކުމްކޮށް އަރުވާލާފައިވަނީ ކެނެރީގޭ ނަޝީދު. ބެހެވެންްޏާ ބެހެންވީ.

 4. ޔަމަން

  އިބިލީސް.

  10
  58
 5. މިތާފް

  ޖަނގިޔަލުގަވެސް މިފަހަރު އިންޑިޔާ އައުޓް ޖަހާލާފަ ބެލްކަނީގަ ހިއްކަންއަޅާނީ. ޢިންޑިޔާ އައުޓް.

  61
  7
 6. ޗޮކުންބެ

  ދެންކީއްވެ ކަލޭ އަމިއްލަ ގޭ ފާރުގަނުޖަހަނީ…..

  19
  53
 7. ބޮކި

  ބަލަ ޔާމީން ނިކަންކެރެންޔާ ތިގޭ ފާރުގަ އިންޑިޔާ އައުޓް ޖަހާލަންކެރޭނެ ހޭ ؟

  21
  44
  • ހޮޅިބުރި

   ކަލޭމެން ތީ ހަމަ ފައްކާ ކާޅުތަކެއް. ކާޅު ބައިގަނޑަކަށް ނޭންގޭނެ ޖަހަންވީ ފާރުތަކާއި ގެތަކެއް.

 8. ފާއިޒާ

  ބަލަގަ ފާރުގަލިޔުނުގޭގޭގަނޫނެންނުންތޯ އިންޑިއާސިފައިންތިބީ ..

  10
  24
 9. ސަރުދާރު

  ޔާންބޭއަޅުގަނޑުކައިރީތެދެއްބުނެބަލައައުޓުވަނީކުރިންޔާންބެތޯނޫނީއެގޮއްޔެތޯ

  8
  36
 10. އަލްޖިބްރާ

  ތިއެއް އެގުނީހީ ކަލޭވެރިއަކަށް ހުރިއިރު " ޗައިނާ އައުޓް " އޭ ބަޔަކު ޖަހާލިނަމަ ! އެމީހަކު ނުވަތަ އެބަޔަކު ދެވަނަ ފަހަރަށް މިދުނިޔެމަތިން ފެނުމަކީވެސް މުސްތަޙީލް ކަމެއް ! ތީ ހަމަ މިރާއްޖޭގެ ވެރިކަމަށް ސަވާރުވާންވެގެން ކުޅޭ ކުޅިގަޑެއް ! އެކަމަކު ހަދާން ކުރާތި ! ކަލެއަކަށް ދެން މިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ ! ކިތަންމެ ރުޅިއަޔަސް ވަރިހަމަ !

  22
  54
  • ކޯބްރާ

   ވެރިކަންދެނީ ކަލޭތަ؟

 11. ގަސަދުން

  ޔާމީނޫ ކަލޭގެ ޕާސަނަލް ސިޔާސީ ސަކަރާުތުގަ ރައްޔިތުން ތިގޮތަށް ގައުމީކަމެކޭ ކިޔައިގެން އެމީހުން ބޮލަށް ޗިޕު ޖަހައިގެން ތިގަންނަ ގަނޑުން ހުރިހާ ގެއްލުމެއްވާނީ ހަމަ ނިކަމެތި ދިވެހިނަށް ކަލޭމެން ސިންގަޕޫރުންނާ އެމެރިކާއިން ބޭސްކުރިޔަސް އަހަރުމެންގެ ފެންވަރަކީ ހަމަ އިންޑިއާ

  19
  50
 12. ސަނަދުވެރިޔާ

  މީނަމީ މިގައުމަށް ޖެހިގައިވާ ކިހާބޮޑު އާފަތެއް މާތް ﷲ މީނަގެ ކިބައިން މިގައުމު ސަލާމަތްކުރައްވާފާދޭވެ

  21
  61
 13. ނަދޫ

  🖒👏👏👏👏👏

  30
  2
 14. ދދ

  އިންޑިއާ ސިފައިން ރާއްޖޭގައި މޫލައި ހަ ރުވުމަކީ ބި ރުހު ރި
  ކަމެކެވެ އިންޑިއާ އައުޓް ގޮވާ މީހުން ރާއްޖޭގެ ކަންކޮޅުތަކުން
  މާލެއަ ރައި ވަ ރުގަދަ ކުރިމަތިލުމަކަށް ނުދަނީސް މިކަމާ
  ދޭތެ ރޭ ސަ ރުކާ ރުން ހަރ ރުދަނާ ގޮތްތަކެއް ނިންމަން
  ވެއްޖެކަމަށް ސަ ރުކާ ރަށް ގޮވާލަމެވެ އިންޑިއާ ސިފައިން
  ރާއްޖޭގައި ތިބުމަށް ރައްޔިތުން ނު ރުހޭނަމަ އެމީހުން ރާއްޖެ
  އިން ބޭލުން އެއީ ސަ ރުކާ ރުގެ ޒިއްމާއެކެވެ އެ ޒިއްމާ
  އަދާ ނޮކޮށް، ހަނު އޮތުން ރަނގަޅެއް ނުވާނެއެވެ.

  52
  7
 15. ހަސަދު

  މަށަށް ވެރިކަން ލިބެންދެން އިންޑިޔާ އައުޓް. ވެރިކަން ލިބުމުން ހަމަ އިންޑިޔާ އިން. އިންޑިޔާ ސަރުކާރުވެސް މިކަން ދަނޭ. ރައިޔުތުން ގުބޯ ހެއްދުން ސިޔާސީ މީހުން އެންމެ ކުޅަދާނަ އެއްކަންތައް.

  14
  45
 16. އައުޓް

  އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ޓާޓާ އައުޓް ކެނެރީގެ ނާޝިދު އައުޓް ރައީސް އިބޫގެ ކެބިނެޓް އައުޓް އިންޑިއާގެ އެމްއެމްއެކްސްޕޯރޓް އައުޓް އިންޑިއާ އައުޓް އައުޓް އައުޓް ދިވެހި ސަރުކާރު އައުޓް އިންޑިއާ އައުޓް މޮދީ އައުޓް...

  52
  3
 17. ކަޑަ

  ރައީސް ވިދާޅުވިޔަސް އޭތި ކަޑަ! ދިވެހި ރާއްޖޭގެ ޤާނޫނު ބުނާގޮޮތުން އަމިއްލަ ގެދޮރުގެ ނަގުމަތީ ފާރުގައި ބޭނުންހާ ކަމެއް ނުކުރެވޭނެ ހުއްދަ ނުހޯދައި! އެކަމަކު އިންޑިއާ އައުޓް އަށް މަވެސް ލޮލާއި ބޮލުން ތާއީދު

  3
  1
 18. ޢިއްތިހާދު

  އެމްޑީޕީއިން މަތީމަގާމުތައްލިބިފަތިބި މީހުނައްރަނގަޅުގޮތެއްނެއް ބަޔަކު އިއްތިހާދު އައުޓް ނޫނީ އެމްޑީޕީ އައުޓް އިންޑިއާއައުޓް ގޮވިއަސް މަގާމުގެއްލިދާނެތީވެ ރާއްޖޭގަ ރިޔާސީއިންތިހާބެއް ނުބޭއްވޭތޯ ތިޕާޓީއުފަންވީއްސުރެކުރަނީ ކާމިއާބެއްނުވި މުޅިދައުލައް ދިނީމަވެސްނުކެރުނު ވޯޓެއްނަގަން ބަރުލަމާނީގެއްނަން ނުކެރުނީ ސަރުކާރުބަލިވެ ވެއްޓިދާނެތީ ދެން ފެނުނުގޮތަކީ މަގަކީ އިންޑިއާ ކަޑަޔަކައް ވީމަ އިންޑިއާ އައުޓް ވާތީ ތެޅިބާލަނީ ހެޕީނިއުޔާއައްފަހު ގުޑްބާއީ ދެންކިޔާނީ މިސަރުކާރައް ގިނަދިވެހިރައްޔިތުން މިތިބީ ވޯޓްފޮޝިން ހަވާއަރުވަންތައްޔާރައް އިއްތިހާދުޖެހޭނީ ހައިރުސްކުކިޔާފަފިލަން މަސްވެރިން ނުވެސް ފެއްނާނެ 150މީޓަރްކަނޑުއަޑީގަ އެޅިހޮޓަލުގަތިބޭނީ މަސްކިރަން ޑޮލަރްއިން އައިސްކުރިމްބޯން އެތަނުގަ ވޯޓްފޮއްޓައް ލާނީވެސް

 19. ނުރަބޯ

  މިތާ އިންޑިޔާ ސިފައިން ތިބެގެން ކަންބޮޑުވަނީ ކަލެއާ ކަލޭ ވަށައިން އެނބުރޭ ޓެރަރިސްޓުންތަކާ މޮޔައިންތައް. އެއީ ބަގާވާތް ކުރަން ކުޅަދާނަނޫންވީމަ

  2
  6
 20. ޚޮއްޔާ

  ވަރަަށް ރަނގަޅު ގޮތެއްތީ // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // ސާބަސް ރައީސް ،،،،،،،،،

  6
  1
 21. އިބްރާހިމް

  1) ރ ޔާމީނު ވެރިކަމުގައި 1ފެބް ގައި ސްޕްރީމްކޯޓުން ނެރުނު ޙަރާމް ޙުކުމް ތަންފީޒުކުރަން އިންޑިއާއިން ވަރަށް މަސައްކަތްކުރި(ރ ޔާމީން އިންޑިއާ ސައިޒްކުރި)
  2) ރ ޔާމީން ޖަލައްލާން ކްރިމިނަލްކޯޓުން ކުރިޙަރާމް ޙުކުމްގެ މައްސަލަ އިދިކޮޅުން އިންޑިއާގެ ވެރިންނަށް ހުށަހެޅުމުން އަޅައިވެސްނުލި. އަދި ހައިކޯޓުން އެ ޙަރާމް ޙުކުމަށް ތާއީދުކުރުމުން އިންޑިއާގެ ވެރިން އުފާފާޅުކުރި. ސްޕްރީމްކޯޓުން ޙުކުމް ބާތިލްކުރުމުން އިންޑިއާގެ ވެރިން ހަނުތިބި އަދި ދިވެހިރާއްޖޭގެ ޙަލާކަށް އިންޑިއާގެ ވެރިން މަސައްކަތްކުރާކަން އެންމެހައި ދިވެހިންނަށް ސާފްވި.
  3) ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފާޅުގައި އިންޑިއާގެ ވެރިން ބެހޭކަން ދިވެހިންނަށް ސާފްވެއްޖެ. (މިހާރު މިއޮތް ޣައްދާރު ސަރުކާރާއިގުޅިގެން ހަދާފައިވާ ގޮތްނޭނގޭ އެއްބަސްވުންތަކުން)
  4) 2 ހެލިކޮޕްޓަރ ދުއްވަންތިބި މީހުންގެ ވިސާ މުއްދަތު ހަމަވުމުން ފައިބައިގެން ދިއުމަށް ދިވެހި ދައުލަތުން އެންގި އެންގުމަށް އިންކާރުކޮށް ރާއްޖޭގި ތިބިތިބުން ދިވެހި ރައްޔިތުން ބަލައިނުގަންނާނެ. (އިންޑިއާގެ އެމްބަސީ ރާއްޖެއިން ބޭރުކުރަންޖެހޭ ސަބަބެއް)
  5) ހަރުދަނާ ކަމެއް ރާއްޖޭގައި ފަށާފައިނުވާއިރު އިންޑިއާއިން ރާއްޖެއަށް 2.5ބ ޑޮލަރު ދިންކަމަށް އިންޑިއާގެ ނޫސްތަކުގައި ޖަހާފައިވަނީ ރާއްޖެ އިޤްތިސާދީ އަނދަވަޅަކަށް ވައްޓާލައި އަޅުވެތިކުރަންކަން ދިވެހިންނަށް އެނގިއްޖެ. (ބައިނަލްއަޤްވާމީ ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް)
  6) ދިވެހިން މިހާރު ތިބީ އިންޑިއާގެ އަސްކަރީން އެކަނި ބޭރުކުރާކަށެއްނޫން. އިންޑިއާގެ ވަސްވެސް ދިވެހި ފަސްގަނޑުން ފޮހެލަންތެދުވެ. އިންޑިއާގެ ވަހައިލައިގެންނޫން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެން ބަލައި ބޮޑުކޮށްފަ މިތިބީކީ. އަޅުގަނޑުމެންގެ ދަރިންނަށް އެކަންސާފްކޮށްދިނުމަކީ ހަމަ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެކެވެ. އިންޑިއާގެ ތައްޕާހައް ރާއްޖެ ވައްޓާލީ 2 ނޮވެމްބަރ 1988ގައި އިންޑިއާގެ ރޯއިން ރާވައިގެން ތަމަޅައިން ލައްވައި ރާއްޖެއަށްދިން ޙަމަލާއަށްފަހުގައެވެ. މި ޙަމަލާއަށްފަހު ރާއްޖެއައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލެވުނީ 50 މިލިއަން ޑޮލަރު ދީގެންކަން އެނގޭ ދިވެހިންވެސް ވަރަށްމަދެވެ. އިންޑިއާ އައުޓް.

  5
  1
  • އަހަންމަދު

   މައުމޫނު މިކަން އޮޅުންފިލުވައިދީބަލަ!
   ތިޔަޕާޓިގަވެސް މިކަމުގެ ޙަޤީޤަތް
   ނޭގޭ ކިތަންމެ ބަޔަކު އެބަތިބު!
   އެމީހުންގެ ޙައްޤުގަވެސް
   ކަލޭގެކިބައިގަ އިޚްލާސްތެރިކަމެއް
   ހުރިނަމަ ޙަޤީޤަތް ހާމަކޮށްދީބަލަ!
   އަނެއްކާ މަކަރުވެރި އެއްޗެއް
   ކިޔާނީކީނޫން!

 22. ަމަރީ

  ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު ޔާމިން އައުޓު