އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އައު ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް، ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ފުރަތަމަ ފަހަރަށް ލޯޑް ދެއްވީ ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުއްރަހީމެވެ.

މި ޖަނަރޭޓަރު ސެޓާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918 ކިލޯވޮޓުން 1،518 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މިއީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ އެކުންފުނީގެ ސްޓެވޯ STW600ގެ ޖަނަރޭޓަރު ސެޓެކެވެ.