އައްޑޫ ސިޓީއާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް ވަރުގަދަ ތަސައްވުރެއް އެމަނިކުފާނުގެ ކެބިނެޓްގައި އިންނަވާ ދިފާއި ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އައްޑޫ ސިޓީގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު އައްޑޫގެ ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ، ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެ ތަނަކަށް ނިސްބަތްވާ އައްޑޫ ސިޓީގައި، ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެން ދިއުމުން ވެސް އައްޑޫއާއި މެދު ރައީސް ގެންގުޅުއްވާ "ވަރުގަދަ ތަސައްވުރު" ފެނިގެންދާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދޭން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށް، ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކްސްޕޯޓް-އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހަޅުއްވައިގެން ގެނައި އިސްލާހާއި އެކު، އިމްޕޯޓަރުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އެހެން ސަރަޙައްދީ ބަނދަރުތަކަށް މުދާ ބާލާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މުސްތަގްބަލުގައި، އައްޑޫ ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ޚިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށާއި "އަނބިދަރިން ކައިރީގައި ހުރެގެން" ވަޒީފާ އަދާކޮށް، ފުދުންތެރި "ޖަޒީރާ" ދިރިއުޅުމެއް އުޅެވޭނެ މަގުފަހި ކުރުމަކީ، ރައީސްގެ ރިޔާސީ ވައުދުފުޅެއްކަން މިނިސްޓަރު ހަނދާން އާކޮށްދެއްވިއެވެ.

މިއޮފީހުގައި ބިނާކުރެވޭ ޓްރެއިނިންގ ފެސިލިޓީގެ ސަބަބުން މުވައްޒަފުން އެންމެ އެކަށޭނަ ގޮތުގައި ތަމްރީނުތައް ދެވިގެންދާނެ ކަމަށާއި ކަސްޓަމްސްގެ އެންމެ މަތީ ފަންތި ހިމެނޭ ގޮތަށް، އެ މުއައްސަސާގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންގެ ފެންވަރު އަދިވެސް އިތުރަށް މަތިވެގެން ދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، މާރިޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލަރުންނާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ކަސްޓަމްސްގެ އިސްވެރިންނާއި ކަސްޓަމްސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކޮވިޑް

  2018 އިން 2023 ހަށް ތަސައްވުރު އަންބޮޑީގަ ބަންދެގެން މުލީއާގެ ފެންޑާ ކުޑަކުރަން އޮވޭ. މައުސޫމުގެ ޕައުންޑުން އައްޑޫ ރައްޔަތުންގެ ޖީބުތައް ބަރުވެގެން މަގެއްމަތިން މީހަކުވެސް ނުފެނޭ. މިވަރު ވާއިރުވެސް ހަމަ އައްޑޫ ރައްޔަތުން އަތްޖަހަން ތިބެނީތޯ؟ # އިންޑިއާ އައުޓް #

  34
 2. މޢަބްދުﷲ

  އައްޑޫއާއި މެދު ރައީސް ގެންގުޅުއްވަނީ ވަރުގަދަ ތަސައްވުރެއް: މާރިޔާ

  30 މިނެޓް ކުރިން ( ޖެނުއަރީ 22, 2022 ) '

  ކޮންމެވެސް ނަމަނަމަ ތިތަސައްވަރު ހާމަނުކުރާތި . ތިއެއްޗެއް ހާމަވެއްޖެނަމަ މުޅިސަރުކާރު

  ބަރަހަނާވާނެ ކަން ޔަގީން.

  India out # India out # India out# India out # India out #
  India out # India out # India out# India out # India out #
  India out # India out # India out# India out # India out #
  India out # India out # India out# India out # India out #

  އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް
  ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް

  28
 3. Anonymous

  މޮޅު ތަސައްވުރު ކުރީމަ އެ ވީ އެްް ނޫނޭ

  26
 4. މޫސާ

  ސުބުހާނައްﷲ. ތިޔަ ތަސައްވުރާހެދި އައްޑޫ މީހުން ތިބިތަނުން ގުޑާނުލެވި ތިބޭތާ 30 އަހަރު. އެހެން ކުދި ކުދި ރަށްރަށަށް އަރާ ބަލާލީމާ ވެސް އައްޑޫގެ ތަސައްވަރު ހުރީ މެކުހަށް ޖަހާފަކަން އެނގޭ . ޝުކުރިއްޔާ . އިބޫ . ޝުކުރިއްޔާ މާރިޔާއްތަ

  30
 5. Anonymous

  ދަގަނޑުން ހަދާފަ އޮތް އެއްޗެއްތަ އެއީ؟

  29
 6. ދަރަނި ދަންތުރަ

  އެއީ އައްޑޫ މީހުންނަން އެއްވެސް ކަމެއްކޮންނުދޭ ސިޔާސަތެއްދޯ ސަޅި

  26
 7. އަބްދޫ

  އެއްވެސް ބަޔަކު ތަސައްވުރެއް ބޭނުމެއްނުވޭ. ބޭނުންވަނީ ހިދުމަތްލިބުން. އަޅުގަނޑުވެސް ތަސައްވުރެއްގެންގުލެން އެއީ 4 އަނބިން ގެންގުޅުން. އެކަމަކު މިހާރު މިއުލެނީ އެންމެ އަނބަކުވެސް ނެތިގެން . އިބޫގެ ތަސައްވުރު މިއަކާ ތަފާތެއްނެތް.

  21
 8. ކަހީނުބެ

  ދިވެހި ފިލްމް. ސޯލިހުގެ އެވަރުގަަދަ ތަޞައްވުރުގެ ޓްރެއިިލާ ދައްކާލުން 2023ގައި

  23
 9. ސަނީ

  އައްޑޫގައި ތަސައްރަފް ފުދިފައި ހުރި ކޮންމެ މީހަކަށް ތި ތަސައްވަރު އިނގޭ. 2023 ދުރު ނޫންކަން ހަނދާންކުރާތި. މިފަހަރު ކުޅިދައްކާލާނަން

  23
 10. ފާފު ދާލު.

  ތިޔަ ތަސައްވުރުވެސް އެގޭނީ މިވެރިކަން ވެއްޓި ދެން އަންނަ ވެރިކަމަކުން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މާއްދާތައް ހާމަ ކުރުމުން. ފެންނަ ފެނުމުން އައްޑޫ ރައްޔިތުންނަށް ނުރައްކަލާ ހާސްކަން ކުޑައެއްނޫން.

  21
 11. ައައްޑޫ މީހާ

  ތިތަސައްވުރަކީ އައްޑޫ މީހުން ޅޮސް އުންދޯޔަށް ލާފައި ބޭތިއްބުން. ރައީސް ސޯލިހުގެ ސަރުކާރަށް ވުރެ އައްޑޫ މީހުންނަން ނިކަމެތިކަން ދިން ސަރުކާރެއް ނެތް.

  15
 12. ޝިޔާމް

  އެއީ ތެދެއް ކޮންމެ އިންތިހާބެއް ބޯމަތިވީމަ އައްޑޫ ފެނޭ.

  11
 13. ޑެޑުއހފޯސް

  މިމީހުން އޮންނާނީ އަބަދުވެސް ތަސައްވަރު

 14. މިސްކީނު

  ތަސައްވަރު ފެންނާނީ 2023 ގައި . ޢިންޑިއާ އައުޓް. ޢިބުރާހިމް އައުޓް. ނަޝީދު ވެސް އައުޓް. ކުދިންނޭ މިފަހަރު ރަނގަޅު ތަސައްވަރަކުން ބޭރުކުރަން ވާނެ.

 15. ޢިއްތިހާދު

  ޢެއީތެދެއް ގެރިބޯޖެހިތަސައްވުރެއް އައްޑޫ ގޮނޑިއެއް ހުސްކޮއްލަބަލަ ބޭސްކާގެންދުވާނެ ކަޅުދަބަސްވަގު އިންތިހާބެއްބޯމަތިވާއިރައްދުވާނެ ފިދަނެއެއްހެން ކިތައްމެވަރަކައް ތެޅިބޭލިއަސް ރިޔާސީއިންތިހާބުން ފެއިލްވާނެ ކޮއްލާނެ އެމްޑީޕީތެރެއިން