ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ހާދިސާއަކީ ރައީސް ޔާމީން، ނާޒިމަށް ދެއްވި "ލަނޑެއް" ކަމަށާއި އެކަން މިހާރު ސާފުވާކަމަށް ނާޒިމްގެ ކޮއްކޯފުޅު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ނާޒިމް ފްރޭމް ކުރި ދުވަސްވަރު އޭނާ ހުންނެވީ އެސްޓިއޯގައި ކަމަށާއި ނަމަވެސް މިއީ ކިހާވަރެއްގެ ކަމެއްކަން އޭރު އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް ފަހުން ހިނގައިދިޔަ ކަންކަމުން، މިކަމުގެ ފަހަތުގައިވާ ހަގީގަތްތައް އެނގިވަޑައިގަތް ކަމަށާއި އެހެންކަމުން އޭރު އެންމެ ބޮޑު އަމާޒަކަށް ވެގެންދިއައީ ކޮންމެ ގޮތެއް ހަދާފައިވެސް ނާޒިމް މިނިވަންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ކަންކަމަށް ވަދެވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބަކީވެސް އެ ހާދިސާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ނާޒިމް ހައްޔަރު ކުރި ހިސާބުން، އެއީ އިންސާފުވެރިކޮށް ހިނގަމުންދާ ކަމެއް ނޫންކަން ގަބޫލު ކުރެއްވުނުކަ މަށާއި، ނާޒިމް ކުރައްވާނެ ކަންކަމާއި ނުކުރައްވާނެ ކަންކަން އޭނާއަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ނާޒިމްއަށް އެވަރުގެ ބޮޑު އަނިޔާއެއް ރައީސް ޔާމީނު ދެއްވިއިރު، ނާޒިމްގެ ކަންކަމުގައި ނޫޅުއްވުމަށްވެސް އާޒިމްއަށް ރައީސް ޔާމީނު އޭރު އެންގެވިކަމަށާއި ކޯޓުތަކާއި ސަރުކާރަކީ ވަކި ދެ ތަނެއްކަން އޭރު ރައީސް ޔާމީނު އަރިހުގައިވެސް ދަންނަވާފައިވާނެ ކަމަށެވެ.

އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ވަނީ ހަނގުރާމަ ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޮވިޑް

    ދެން ރޔ ދެއަހަރު ނުހައްޤުން ޖަލައްލާ އަނިޔާ ދިނީ އާޒިމް މެންނޭތަ ތި ކިޔަނީ އަމިއްލަ އަށް.؟ ބްރޯ ތިވާހަކަ ކިތައްމެވަރަށް ދެއްކިޔަސް ރޔ އަށް މިޤައުމުގަ އޮތް ތާއީދު އިންޝާﷲ ދެން ދާއީ ދުވަހެއް ދުވަހެއް މައްޗަށް ﷲ ގެ ރަޙުމަތާއެކު.# އިންޑިއާ އައުޓް #

    88
    6
  2. ޢަހު

    ކުކުޅެންހެން ތެޅިގަންނަނީ ވެރިކަމާ އެހެންވެ އަދީބް ބްރޯ ޖެއްސި ސްޓަންޓެއް އެއީ ކަލޯ ހަމަ ހޭގަ ހުރެގެން ފްރޭމޭ ކިޔާބަލަ އެނގޭތަ އަދީބް ބޭރައް ދިޔައިރު އެމްެ އެމްޕީ އާރުސީ ހިންގުން ނާޒިމާ ހަވާލު ކުރިކަން އަދީބް އައިއިރު ލައްކަ ގިނަ ކަންކަން ނާޒިމަށް ފަޅާއަރައިފި އެހެންވެ އަވަހަށް ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނީ އެއީ ވީ ގޮތަކީ ކަލޭ ޔާމީނޭ ކިޔަކަސް ހުރިހާކަމެއް ދެނެވޮޑިގެން ވާނީ މާތް ﷲ

    76
    4
  3. އިބްރާހިމް

    ނާޒިމް ފްރޭމްކުރީ އާޒިމަށް އެނގިގެންކަމުގައިވާނަމަ އެސްޓީއޯގެ ސީއީއޯކަމުގައި ހުންނެވީ ކީއްވެގެންތޯ؟ އާޒިމާއި ނާޒިމް އުޅުނީ ބަޣާވާތްކޮށްގެން ރ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަންކަމަށް ބުނުމުގެ ޗާންސް އެބައޮތްނޫންތޯއެވެ؟ އިންޑިއާ ރޯއިން ރާއްޖެއިން ފަހާލަން ފުރްސަތުލިބި އެކަން ނުކުރީ ޑިފެންސް މިނިސްޓަރަކަށް ނާޒިމްހުރެގެންކަމުގައިވާނަމަ އޭނާ އެވަނީ މިޤައުމަށް ޣައްދާރުވެފައެވެ. އެފަދަ މީހަކު ދިވެހިން ބަލައިނުގަންނާނެ.

    66
    2
  4. ރަދީފް

    އާޒިމް ކަލޭ ތި ދޮގުވެރިއެއް.ނާޒިމާއި ގުޅިގެން މިސަރުކާރަށް ކަލޭމެން ބަވާތަން އަދި ފެންނާނެ. ވ.ވެދުން

    64
    4
  5. މަބޭ

    ނާޒިލްގެ ގެއިންފެނުނު ފިސްތޯލަޔަކީ އަދީބު އިސްވެހުރެ ސަލާމަތީބާރުތަކުގެ ބަޔަކުލައްވާ ހިންގުވިޖަރީމާއެއް އަދި ހަމަ އެމީހުން ފިނިފެންމާ ލޯންޗް ގޮއްވާލުމުގެ ގޮއްވާލުމުގަ ބައިވެރިންނަކީވެސް

    55
    2
  6. ވިސްނާލުމަށް އެދެމޭ

    ދެން ސާބިތުކޮއްދީބަލަ.. މިސްޓަ ރ ފް ރޭމް ގެއަށް ފިސްތޯލައެއް ނުލައިވެސް ނާޒިމް އެކަހެ ރި ކު ރެވޭނެ ބާ ރުގަ ރޔާމީންހު ރީ ވެ ރިކަމުގަ ދެން ކީއްކު ރަން ފް ރޭމްކު ރަންވީ..މަގާމުން ވަކިކޮށް ޖަލަށް ލާންބޭނުންނަމަ ކުށްދެއްކިދާނެ ރޔާމީނަށް އެދުވަހު. އެކަމަކު ރޔާމީން އެގޮތަކަށް ކަންނުކު ރޭ ނާޒިމުގެ ގެއިން ފިސްތޯލަ ފެނުނުފަހުންވެސް މަގާމުގަބެހެއްޓީ..މޑޕ ހަޅޭލެވީ ހަތިޔާ ރު ފެނުނީމަވެސް މަގާމުން ވަކިނުކު ރިޔޭކިޔާފަ..

    45
    2
  7. Anonymous

    ތިވާހަކަ ނާޒިމްވެސް ގަބޫލު ނުކުރާނެ. ރައީސް ޔާމީން ނާޒިމް ފްރޭމް ކުރަންޖެހޭ ސަބަބެއްނެތް. ނާޒިމަކީ ރައީސް ޔާމީނަށް ތްރެޓްއެއްނޫން. ވަޒީރުން ފްރޭމް ކުރާކަށް ރައީސް އަކަށް ނުޖރހޭނެ. ހާލަތެއްވެސް ނޯންނާނެ. އެކަމަކު ވަޒީރުން އެކަކު އަނެކަކަށްވުރެ ރައީސްއާ ކްލޯޒް މީހަކަށްވުމަށާ ރައީސްއާ ވަޒީރުން ޖެއްސުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.

    45
    2
    • ޢަހުމަދުވަގާރު

      ވަގެއްގެ ފޭން އެއް ކަލޭ ތީ ދޯ

      11
      5
      • ރަދީފް ހުސެން

        ތިބުނީ ނާޒިމް އާއި އާޒިމް ހިމެނޭހެން މިސަރުކާރުގަ ތިބީ ހުސްވަގުންނޭތަ؟

  8. Anonymous

    ދޮގުހެދިއަސް ހަދަންވާނީ އަޑުއަހާ މީހުން ގަބޫލުކުރާގޮތަށްނު. ދެން އާޒިމުމެނަށް ކުތިން އޮތް ތާއީދުވެސް ނޯންނާނެ. ދޮގު ހެދުމަކީ ޝައިޠާނާގެ އަމަލެއް.

    46
    3
    • ައަސް

      މަ %100 އާޒިމްް އަށް ތާއީދު. ވަރަށް ޤަބޫލް ކުރެވޭ ތިވާހަކަ

  9. ބޯޖަލީލު

    ކަލެޔަށް ހަމަ ރަނގަޅަށް އެނގޭނެ ނާޒިމަށް ތިޔަ އަނިޔާދިނީ އަދީބު ކަން އާޒިމްގެ ދޫ ވިރިގެން ފޭބިއްޔާ ކީކޭބާ ބުނާނީ

    21
  10. އަޒްމީ

    މިޒާތުގެ ސާބިތުނުހިފޭ ވާހަކަތައް ދެއްކުން މަނާ ޤާނޫނެއް އޮންނައިރުވެސް މިފަދަވާހަކަތައް ވަކިބަޔަކަށް ދެއްކޭ ދޯ

    19
  11. އަހްމަދު

    އާދަން އާދަންއަމިއްލަޔައްތިޔަސުވާލު ނާޒިމްއާކޮށްލަބަލަ ތިޔަކަންހިގިގޮތްނާޒިމް ﷲގެމަގުގަހުރެ ތެދުބަހުން ޖަވާބުދޭނަމަ ޔާމީނުގެއަތެއްނުވާކަމައް ބުނާނެ އެކަމުސިޔާސީމީހުންނަކީ ތަފާތުބައެއް ﷲގެހެޔޮރަހްމަތާއެކު ތިޔަކަންއަދި ރައްޔިތުންނައްހާމަވާނެ އިންޝާﷲ

    13
  12. ޒާ

    ބާޣީންގެ ދަރިކޮޅުން ދައްކާނީ ބާޣީވާހަކަ

    13
    1
  13. ފާއިޒު

    ޢާޒިމްގެ ތިވާހަކައަކީ ތެދުވާހަކައެއް ކަމަށް ޤަބޫލުކުރެވޭނީ ނާޒިމްގެ ކޮޓަރިންބފެނުނު ފިސްތޯލައަކީ ޔާމީނު ވިދާުވެގެން ޢާޒިމް ގޮސް ނާޒިމްގެ ކޮޓަރީގައި ބޭއްވި ފިސްތޯލައެއްކަމށްވެސް ބުނުމުން.

    12
  14. ހަޔަސިންތް

    ކަންހިގާއޮތްގޮށް އެގިގެން ވާހަކަ ދައްކަބަލަ

    13
  15. އަލީމޫސާ

    އޯ އާދާނާ. މިހުރިހަދުވަހެއްވީއީރު މީނަހުރީ ކޮންތާކު މިހުރިހާ ޝަރީއަތަކާއި ހުކުމެއް ކުރިއިރު ނޭގޭކަމެއް މިހާރު ތިއެގުނީތަ! ބޮޑުވަރު ވެރިކަމާހެދި ކިޔާނެ ނުކިޔާނެ އެއްޗެއް ނޭގިގެން ނުބައި ގޮވުން ތައްވެސް ގޮވަނީތަ!

    11
  16. ރައްދު

    ޔާމީން، ނާޒިމްގެ ބޮލުގައި ފިސްތޯލައެއްގެ މައްސަލަ
    އަޅުވަންޖެހޭ ސަބަބަކީ ކޮބައިހޭ؟ އޭރ ރުގެ ރައީސަކީ
    ޔާމީނެވެ ޑިފެންސް މިނިސްޓަ ރަކީ ނާޒިމެވެ އެހެންވީމާ
    އެއްގޮތަކަށްވެސް ނުވިސްނޭ ރ ޔާމީން ނާޒިމަށް
    ލަނޑެއްދޭން ފިސްތޯލައެއް ނާޒިމުގެ ކޮޓަ ރީގައި ވާއްވަން
    ޖެހޭ ސަބަބެއް. ނާޒިމު އަމިއްލަޔަށް ވެއްދި އެއްޗެއް ނޫނީ
    ނާޒިމުގެ ކޮޓަ ރީގައި އޮވެގެން ނުވާނެ!

    12
  17. ހުސޭނުބޭ

    ކަލެޔަށް މާ ބޮޑަށް އެނގެނީ. ނާޒިމް އޮފީހުގައި ހަތިޔާރު ވައްދާތޯ މެޓަލް ޑޮޓެކްޓަރ ހަރުކުރިޔޭ ގެޔަށް ފިސްތޯލް ގެންދެޔޭ ކިޔައިގެން ވާހަކަދެއްކީ އެމްޑީޕީން.

    13
  18. އަމީޒް

    އެމްޑީޕީ އަޑީގަ އޮވެ އަދީބްލަައްވާ ކުރުވި ކަމެއް އެއީ. ކަންކަން ފެންނަން ހުރީ ސާފުކޮށް. އާޒިމަށް ވެސް ނާޒިމަށް ވެސް އިނގޭނެ އަދި ދުވަސް ތަކެއް ފަހުން. ކުރިން ހީކުރީ ނާޒިމްސޯ މިނިވަންވީމަ މީތި ހޯދާ އަދީބަށް ފިޔަވަޅު އަޅާނެ ކަމަށް. އެކަމަކު އެމްޑީޕީގެ ކެހިވެރިކަމުގަ ޖެހުނީމަ ދެން ވާނެ ގޮތް މިވީ. ނާޒިމްސޯ އަށް ކުރި ތާއީދު އަނބުރާ ގެނެއްސިން. ޒާތީ ހަސަދައިގެ ސަބަބުން ތިމާގެ ނިންމުންތައް އިންސާފުވެރި ނުވާ ލީޑަރެއްގެ ފަހަތުގަ ކާމިޔާބެއް ނުލިބޭނެ.

    13
  19. ހޮކީ ކަޅުބެ

    މިހާރު ތިޔަހެން ކިއީމަ މީހުންގަބޫލެއް ނުކުރާނޭ އެދުވަހު ޓީވީއައް އަރާ ތިޔަވާހަކަ ދައްކާފަ އެސްޓީއޯ ވަޒީފާ ދޫކޮއްލަން ނުކެރުނު އެހެންވީމަ ތިޔަ ކިޔާ އެއްޗެއް ދިމަލެއް ނުވޭ ތީގެން ވެއްޓޭނީ ތިމާ މީހަގެ ޑިގު މީސްތަކުންގެ ކުރިމަތީގައި ވެދުން