އެމްޑީޕީ އިސްވެ އުފައްދާފައި އޮތް ސަރުކާރުގެ ފަރާތުން ފެންނަ އިސްލާމް ދީނާއި ޚިލާފު ކަންކަމުގެ ސަބަބުން ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ވޯޓު ނުދޭން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

މުދައްރިސުންނަށް ކިޔަވައިދޭ ވަގުތު މޫނުބުރުގާ އަޅައިގެން ހުރުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކުރުމުން، އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައި ޒައިދު މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރައްވަނީ "އެމްޑީއެންގެ ރިޕޯޓު" ތަންފީޒު ކުރުމަށް ކަމަށެވެ.

ޒައިދު އިޝާރާތް ކުރެއްވީ، އިސްލާމް ދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނަމުގައި ހަދައިގެން އުޅޭ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓަށެވެ. ސަރުކާރުން އެ ޖަމިއްޔާ އުވާލި ނަމަވެސް އެ ޖަމިއްޔާ ދަނީ ހަރަކާތްތެރި ވަމުންނެވެ.

"މޫނު ބުރުގާ މައްސަލަ ފަދަ ދީނާއި ގުޅުން ހުރި އެކިއެކި މައްސަލަތަކުގައި އެޑިޔުކޭޝަން އިން ގެންގުޅޭ ދެ ކޮޅު ނުޖެހޭ ތަފާތު ކުރުންތައް ހައްދު ފަހަނަ އަޅައިގޮސް އެމްޑީއެން ރިޕޯޓު ތަންފީޒުކުރާތީވެ، ކޮމަންޑޫ ދާއިރާ އެމްޑީޕީއަށް ނުދޭން އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރަން،" ޒައިދު ލިޔުއްވާފައިވެއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޝެއިހް ޒައިދު މި ފަދައިން ގޮވާލެއްވިއިރު، އެ ޕާޓީގެ ސްލޮޓްގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކި ނިންމުމެއް ނިންމައިފައެއް ނުވެއެވެ. މިއަދު ހަވީރު 4:15 ގައި ބާއްވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީން ތާއީދު ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ވަނީ ތާވަލުކޮށްފައެވެ.

އިލްމުވެރިންގެ ފާޑުވިދާޅުވުންތައް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ދަނީ އަމާޒުވަމުންނެވެ. ދާދި ފަހުން ތައާރަފު ކުރި "ހޯމް ސްޓޭ ޓޫރިޒަމް" ގެ ސިޔާސަތުގެ ސަބަބުން ރަށްރަށުގެ އިޖްތިމާއީ މިންގަނޑާއި ޚިލާފަށް އުޅޭ ފަތުރުވެރިންގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ނުކުމެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ސަރުކާރުގެ ބައިވެރިއެއް ގޮތުގައި އަދާލަތު ޕާޓީ އޮތް އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ތިއްބެވީ އެ ޕާޓީގެ ދެ ވަޒީރެކެވެ. އެއީ އިސްލާމިކް މިނިސްޓަރުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެމްޑީޕީ ފިޔަވައި ދެން ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި، ކާނަލް މުހައްމަދު ނާޒިމް އުފައްދަވާފައިވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮވިޑް

    ތިވަރު ހިތްވަރު ހުރިއްޔާ މުނާފިޤް އަދާލަތުން ވަކިވެ އެމްޑީޕީ އާއި ދެކޮޅަށް ފާޅުގަ ނުކުންނަން ވީނު؟ ކެރޭނެބާ؟ # އިންޑިއާ އައުޓް #

    78
    5
  2. اکف

    މ ޑ ޕ ބޭން ކުރަންވި

    61
    1
  3. އަލްޖިބްރާ

    ކަލޭމެން އަދި ތިގޮތަށް ގޮވިއަސް އެކަން ޤަބޫލު ކުރާނެ މީހުން ވަރަށް މަދު ! އެއީ ކީއްވެ ؟

    46
    2
  4. ޢަހު

    ތިމާމެނަށް ޙަގީގަތް އެނގިހުރެ އެފަދަ ލާދީނީ ބަޔަކު ގެންނަސައްކަތް. ޚ

    54
    7
  5. އަސްވާނު

    ތިހެން ވެއްޖެނަމަ ވަރަށް ރަނގަޅު

    59
    4
  6. އަހުމަދު

    އަލްހަމްދުލިﷲ. ދެން ތިއްބެވި ޝޭހުންވެސް އަވަހައް ވަޑައިގަންނަވާ

    59
    5
  7. އަހުމަދު

    އަދި އެއް ފްލެޓް ދެނިކޮއް އޯކޭވާނެ.

    17
    3
  8. މޯދީ

    ކިހާ ވަރެއް ބޭނުންވެގެން ތި ބޮޑާހާކަނީ..

    16
    4
  9. ބީތާވެދާނެ

    ޕޕމ އިން ލާރިކޮޅެއް ހޯދަން އެތެޅެބާލަނީ..

    14
    8
  10. ކަންނެލިއޮޑިން

    ދެން ކޯއްޗެކޭ ކިޔާކަށް. ސޭކުން މުޅި ތަން ފަސާދަ ކޮށްފައި

    18
    1
  11. ސަނީ

    ނޫނޭ ޢިލްމުވެރި ކަލޯ. އަހަރެމެން ހަމަ ވޯޓް ދޭނީ ރަސޫލާގެ ހާދީސްފުޅުތަކުން އައި މީހާއަށް.

  12. ޖުއްބާ

    އޭ ދުނިޔެ ބަނޑުއަޅާ. ކަލޭ ތިހެން ނުބުންޏަސް އެމްޑީޕީއަކައް މަށެއް ވޯޓެއް ނުލާނަން.

    19
  13. ނިކަމެތިމީހާ

    ކޮބާތޯ މިރާއްޖޭގައި ތިބި ގިނަ ޝޭޚުންތައް؟ ހެރިހާ ޝޭޚުން ނިކުމެ ލާދީނީ އެމްޑީޕީ އާއި ދެކޮޅަށް ބަސްބުނަން ވެއްޖެ.

    12
  14. ކެލާ އާރިފް

    ސެއިހެއްކަމަކު މިހާރުތި މާބޮޑަށް ޒާތީވަނީ، ކޮމަނޑޫ ދާއިރާއަށް ކުރިމަތިލައިގެންހުރި ކެނޑިޑޭޓާ މޫނުބުރުގަޔާއޮތީ ކޮންގުޅުމެއްތޯ؟ އެބޭފުޅާ މޫނުބުރުގާ ނާޅަންގޮވާލީތޯ؟ ތިމައްސަލަ ހައްލުކުރަން އެކިއެކި ވުޒާރާތައް ހެދިފަހުންނާނެ، އެފަދަވުޒާރާއެއްގެ އިސްވެރިޔަކު ނޫނީ މޫނުބުރުގާ އެޅުމާދެކޮޅު މީހަކުކުރިމަތިލީނަމަ ތިހެންބުނަންރަނގަޅު، ކެނޑިޑޭޓުންގެ މަސްލަހަތުގެއްލޭ ސެއިހުތިހަދާގޮތުން

    6
    2
  15. ބެޓެރިބުރި

    މިދެން ކާކުތަ ލޮލް

    3
    1
  16. ޢަހަްންމާ

    ޝެއިޙްއަށް ހެޔޮވިސްނުން ދެއްވި ﷲ އަށް ހައްމުދުކުރަން ﷲއަކްބަރު