ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ރ. އަލިފުށީގައި ބާއްވަން ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށީގެ ފައިނަލް މެޗާއި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ވަނީ ޓެސްޓް ކުރައްވައިފައެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަތޮޅުތެރެއަށް ދަތުރުފުޅު ކުރެއްވުމަށް ހެއްދެވި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ބައްޔަށް ފައްސިވެފައި ކަމަށެވެ.
"އަޅުގަނޑު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ، އެ ކަން އެނގުނީ އަތޮޅު ތެރެއަށް ދަތުރު ކުރުމަށް ރޭގަ ޕީސީއާރު ހެދުމުން، މާތް ﷲ ގެ ރަހުމަތްފުޅުން ހާލު ރަނގަޅު، މި ވަގުތު މި ހުރީ ގޭގައި އެކަހެރި ވެގެން،" ރާއްޖޭގެ ހަތްވަނަ ރައީސް ސޯލިހް ލިޔުއްވާފައިވެއެވެ.
ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ށ. ފޯކައިދުއަށް ވަޑައިގަތުމަށް ފަހު، ރ. އަލިފުއްޓަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
އަޅުގަނޑު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ، އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ޕީސީއާރް ހެދުމުން. މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން.
— Ibrahim Mohamed Solih (@ibusolih) January 22, 2022
ދުނިޔެއަށް ކުރިމަތިވެފައިވާ މި އާލަމީ ބަލިމަޑުކަމުން އަރައިނުގަނެވި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔައިރު، މިއީ މި ބައްޔަށް ރައީސް ސޯލިހް ފައްސިވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ވަނީ ކޮވިޑްއިން ރައްކާތެރިވާން ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ޖައްސަވައިފައެވެ.
މީގެ ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މި ބައްޔަށް ފައްސިވިއެވެ. ފަހުން އެކަމަނާ ވެސް ބަލިން ރަނގަޅުވެ، އިޖުތިމާއީ އެކި އެކި ހަރަކާތްތަކުގައި އުޅުއްވާފައިވެއެވެ.
މިއީ ކޮވިޑް ވައިރަސްގެ ނުރައްކާތެރި ވޭރިއަންޓްއެއް ކަމުގައިވާ އޮމިކްރޮން ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ރާއްޖޭގައި ވެސް ހާލަތު ގޯސްވެފައިވަނީ މި ވޭރިއަންޓް ފެތުރެން ފެށި ފަހުންނެވެ. އެކަމަކު، ރައީސް ފައްސިވީ އެއަށް ކަމެއް އަދި ނޭނގެއެވެ.
ރައީސް ސާލިޙް އަށް އަވަސް ޝިފާދެއްވާށި! އާމީން އަދި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަވާ ރާއްޖޭގެ އިސްލާމްކަންމަތީ އަންނަން އޮތްޖީލުތަކަށް ފޯރުކޮއްދެއްވުމުގެ ހެޔޮވިސްނުން ދެއްވާށި! އާމީން
ގެޓް ވެލް ސޫން ބްރަދާ.
ސުބުހާނަﷲ ، ހުރިހާއެއްޗެއް ޖެއްސެވީމާވެސް ؟؟ ވަރަށްވެސްދެރަ . އަވަސްޝިފާއަކަށްއެދެން
އަވަސް ޝިފާއެއް ދެއްވުން އެދެން
އަދި މިބަލިމަޑުކަން ފިއްލަވާށި
ރައީސް ސޯލިހް އަށް އަވަސް ޟިފާއަކައް އެދެން.
ދެން އަތްޖަހާ... ރަށް ބަންދުވޭ ތަ؟
އަވަސް ޝިފާއަކަށް އެދެން.
ރައީސް އަށް އަވަސްސިފާ އަކަށް އެދެން.
ޔަޤީން ތީ މީޑިޔާ ސްޓަންޓެއް! ކޮމަންޑޫ އިލެކްޝަން ކާމިޔާބު ވޭތޯ ސިމްޕަތީ ވޯޓު ނަގަން ޖައްސާ ސްޓަންޓު. ތިވަރުގެ ނުބައި މީހަކަށް ކޮވިޑު ޖެހިގެނޭ ބުނެގެން ޤަބޫލެއް ނުކުރެވޭނެ. އެމްޑީޕީ ފެއިލް ވެއްޖެ!! ރައްޔިތުން ގުނބޯ ހައްދަން ނުހަދާ. 2023ގަ ވެސް ދެނެއް ކަލޭމެނަކަށް ވެރިކަމެއް ނުލިބޭނެ.
ފުރަތަމަ ކަމަކަށް ތިބޭފުޅާއެއް ނޫން ރަނގަޅު ގޯސް ނިންމަވަނީ. ސޯލިހު ވެދާނެ ތިބޭފުޅާއަށްވުރެ ރަނގަޅު މީހަކަށްވެސް. 2023ގަ ނުލިބޭނެ ކަމެއްވެސް ތިބޭފުޅާއަކަށް ނޭނގޭނެ. ވެރިކަމަކީ ހެއްދެވި ފަރާތުން ދެއްވާ އެއްޗެއް. 2018ގަ ވެސް ތިހެން ކީމެއްނު
ކަލެއަށް ހާދަ ވަރެއް ތިވީ! ސޯލިހުގެ ބޮޓެއްދޯ..!
ދީނުގަ އޮތް ގޮތް ބުނެދިނުމަކީ ސޯލިހުގެ ބޮޓަކަށް ވާން ޖެހޭ ސަބަބެއްތަ؟ ގައިބު އެނގެނީ ކާކަށްތަ؟
ވެރިކަމަކީ ހެއްދެވި ފަރާތުން ދެއްވާ އެއްޗެކޭ ޖެހީމަތަ ޑިސްލައިކް ކުރަނީ. އާ ހޮވޭނީ ޔާމީނޭ ދޯ ލިޔަންވީ ލައިކް ކުރަން
ތިޔަ ވީ ގޮތުން މުޅި ދައުލަތް އެބަޖެހޭ ޕީ.،ސީ.އާރު ހަދަން
ރައީސް ސޯލިހު ވެކްސިން ފުރިހަމަނުކޮށް ރައްޔިތުންނަށް ދޮގުހެދީދޯ؟
ވެކްސިން ކިޔަން އެނގުނު ކަމަށްޓަކައިވެސް އުފާކުރަން
ދެން ކޮންމެ ކަހަލަ މީހަކަސް ، އަވަސް ޝިފާއަކަށް އެދެން ، އިސްތިއުފާ ދެއްވިއްޔާ ރައްރިތުންނަށް ރަނގަޅުވާނީ
ކިހާދެރަކަމެއްދޯ. ކަލޭމެން ބުނާހާއިރަށް އިސްތިއުފާދޭން މީ ކުޅޭކުޅިވަރެއްތަ. ކޮންމެކަހަލަމީހަކަށް ވިއަސް އެއީ މިގައުމުގެ ރައީސުލްޖުމްހޫރިއްޔާ. ހަޖަމްކުރަން ދަސްކޮށް ރެސްޕެކްޓް ކުރަންވެސް ދަސްކުރަން އެބަޖެހޭ ކަލޭމެން.
ރައްޔިތުންނަށް ރަނގަޅުގޮތެއް ތިބޭފުޅާޔަށް އެނގުނީ ކިހިނެއތޯ؟ ރައްޔިތުންނޭ ކިޔައިގެން ދޮގު ނުހަދައި ތިމަންނަޔަށް ރަނގަޅޭ ބުނިނަމަ
ރައީސް ސާލިޙް އަށް އަވަސް ޝިފާދެއްވާށި
ކުރިއަށް އޮއި 3މަސް ރަށްރަށަައް ދެވޭނެ ދެން!!! މަރިޙަބާ
އިސްލާމްދީނުގެ އަދުއްވުން ބަލިކުރައްވާ ނެތިކުރައްވާދޭވެ އާމީން
ދެން ފިޔަވަޅުތައް އަޅަން ފަށާނެ ގޮތެއްތިވީ
މިވަރަށް ބަލިފެތުރޭ އިރުވެސް ހަމަ އަޅާނުލާ .އެއްރައީސް އެއްރަށުން އަނެއްރަށަށް ކެމްޕޭން ޖައްސަން. އަނެއް ރައީސް އިންޑިޔާ އައުޓް ގޮވަން. އެއްވުންތައް ހުއްޓަން ވެއްޖެނު ސްކޫލް ތައްވެސް ދެން ދެދުވަހު ވިޔަސް ކީއްކުރަންތަ ގެންދަނީ. ޤުނޫތު ވެސް މިފަހަރު ނޫޅެކިޔާކަށް
ހޫ ކެއަރެސް. 🤷🏾♂️
ބޭބީ ވީޓޫ ގޮޓް ކޮވިޑް ސޯ ލެސް ކްލެޕް
ރައީސް ސޯލިހް އަށް އަވަސް ޟިފާއަކައް އެދެން.
މިކަލޭގެ މުޅި މިގައުމައް ކޮވިޑް ފެތުރީ ގެންގޮސް ފަރުކޮޅުފުއްޓައްލާ
އަވަސް ޝިފާއެއް ދެއްވުން އެދެން. ރައްޔިތުންގެ ރައީސް.
2 ރައީސުން އެއްތަނަކަށް ނުދާންވެގެންކަމަށްވެސްވެދާނެ، މިއީ ހައްތާވެސް ވެދާނެގޮތްގޮތް، ކޮންމެއަކަސް އަވަސް ޝިފާއަކަށް އެދެން، އަދި ހެޔޮވިސްނުން ދެއްވާ މި ޤައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރުމުގެ ހެޔޮވިސްނުން ދެއްވައި އިސްލާޙުވުމުގެ ހެޔޮމަގު މިންވަރުކޮށްދެއްވާށި، އާމީން.
އަވަހައް ބޫސްޓާ ޑޯޒް ޖަހާ. އެނުޖަހާތީ ވީގޮތް ތީ. ރައްޔިތުން ގަޔަށް ބޫސްޓާ ޑޯޒް ޖަހާން ގޮވާ އިރު. ތިމާ މީހާ ގަޔަށް ނުޖަހާ. ރައްޔިތު މީހާ ޔައް ކޮންމެ ގޮތެއް ވިޔަށް އޯކޭ. ބޭނުންވަނީ ވޯޓް.
އަދިވެސް ވެކްސިން ގެ ބައްޕަޔައް ވެގެން އުޅޭތި. އެކުވެރީންނަށް މަންފާ ހޯދަ ދޭން ވެގެން ވެކްސިނޭ ވެކްސިނޭ ކިޔައިގެން އުޅެނިކޮށް ކޯވިޑަކީ ކާކުކަން އެނގިއްޖެއެއްނު.
އަހަރުމެން އުޅޭހެން އުޅެބަލަ އޭރަކުން ޕޮޒިޓިް އެއް ނުވާނެ
ދާދި މިދާކަށްދުވަހު ވެކްސިން ޖަހާފާ އެމިކްރޮންއިން ދިފާއު ވުމަށް އޮތީވެކްސިން ޖެހުންކަމަށް އެންމެނަށް ގޮވާލިމީހާދޯމީ. ތިޔަޖެހީ އަނެއްކާ ކޮވިޑްވެކްސިނަށް ނުވަނީބާ؟ މިހާރު ޖަހާފާނެ ކޮންމެ އެއްޗެއްވެސް. ކޮވިޑް ވެކްސިނޭ ކިޔާގެން އޫރުގެ އެންޒައިމް ޖެހިއަސް އަހަރެމެންނަކަށް އެއީ ކޯންޗެއްކަމެއްވެސް ނޭގެ. ވެކްސިންޖެހުމެކޭ ނުޖެހުމެކޭ މިވަނީ ހަމަ އެއްވަރު.
އޭ ކީކޭ! ސޯލިހު ޕޮޒިޓިވް ވިއްޔޭ! ފަޒުނާ އަނެއްކާ ކިހހިނެތްތަ އަނެއްކާ! ފަޒުނާއަށް އަވަސް ޝިފާއަކަށް އެދެން!
ވީގޮތަކީ އެއްއުރައެއްގައި ދެކަނޑި ނޯވެވޭނެތީ ޕޮޘިޓިވްވީ . މީ ރަށުތެރޭ ކިޔާވާހަކަ އަކީ .
އަވަސް ޝިފާއަކަށް އެދެން.
ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް ސޯލިހު އައުޓް އަވަހަށް މިކަން ނިންމަވާ ދެއްވާންދޭންވެ...
ގައުމު ތަކުގެ ކޮރަޕްޓް ވެރިކަން ކުރާ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަ މީހުންނަށް މިދުނިޔޭގައި ނުޖެހޭނެ ބައްޔެއް ނުހުންނާނެއޭ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓް ގައި ވައްކަން ކޮށްގެން ވެރިކަމަށް އައި ހުރިހާ މީހުންނަށް ވާގިނެތޭ ބަލިޖެހި އެބަލީގައި އެމެންގެ އުމުރު ހުސްވެދާ ގޮތް ވެސް މެދުވެރިކުރައްވަފާނެއޭ ކޮވިޑް އެއީ މިފަދަ ބައްޔަށް ވާރުތަ ކުރާ ވެކްސިން ދޭ ބައްޔެއް ކަމަށްވަނީ އެނގިފާޅުވެފައޭ...
ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ ވަރަށް ވަރަށް ރަނގަޅު ވަރަށް ވަރަށް ވަރަށް އުފާވޭ
ނަޝީދާ އެކީ ކޮމަންޑޫ ދާއިރާއަށް ނުދާންވެގެން ރޭވިރޭވުމަކަށްވާނީ! ނަޝީދުގެ ތާއީދު މާ ބުޑުވީމަ!
ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް ގާސިމް އިބްރާހިމް އައުޓް އެމްޑީޕީ އައުޓް ޖޭޕީ އައުޓް އަދާލަތު އައުޓް އައުޓް
އަލަހަމްދުލިﷲ
ދިވެހިރއްޖޭގެ ދިގު ތާރީހުގަ ފުރަތަމަފަހަރު މިސްކިއްތަކައް ބޮޑުކަމުގޮސް މާތްﷲ ގެ ކަލާމުފުޅައް ކުޅުޖެހީ މި ލާދީނީ ސަރުކާރުގެ ވެރިކަމުގަ ދިވެހިންގެ މިނިވަންކަން ނަގާލަން މަސއްކޓ މިކުރނީ މިޢައްދާރު ވެރިކަމުގަ އިބުރާގެ މޭސްތިރީކަމުގަ
ތިޔަ ވޭރިއންޓ ނުރައކަލެއްނޫން ދޮގުނުހަދާ
ރ މައުމޫނު ފައްސި ނުވޭތަ؟
ޕޮޒިޓިވްވިކަން އެނގުނީ "އަތޮޅުތެރެއަށް" ދަތުރުކުރުމަށް ޕީސީއާރ ހެދުމުންނޯ. ރައީސްކަމުގައި ހުންނައިރު ނޭނގޭ، ދިވެހިބަހުން "އަތޮޅުތެރެ" ކިޔަނީ އެއް އަތޮޅެއްގެ އެތެރެވަރީގައި ހިމެނޭ ސަރަހައްދަށް ކަމެއް. ރާއްޖެތެރެއަށް ކިޔަނީ "އަތޮޅުތައް" ކަމެއް ނޭނގޭ. އެއަށްވުރެ މާރީތިވީހެއްނު، ށ. އަތޮޅަށް ދާންވެގެން ޕީސީއާރ ހެދުމުންނޭ ބުނިނަމަ.