އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭންގެ ފުރަތަމަ ދަތުރުގައި އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވާތީ ފުލުހުންނާއި ސިފައިން އޭނާ އަށް ހިމާޔަތާއި ރައްކާތެރިކަން ދޭން އެމްޑީޕީން މިއަދު އެދިއްޖެ އެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާނު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ޖާގަ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ.

މާރިއާވަނީ އިބޫ އަށް ހަމަލަ ދޭން އުޅުމުން އެކަން ހުއްޓުވަން ފުލުހުން ނޫޅުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

" ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ. އިބޫ އަށް ހަމަލަ ދޭން އުޅުނު މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހެޅި ނަމަވެސް، މިހާތަނަށް އައިއިރު، ފުލުހުން ޖަވާބެއް ނުދޭ" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް އިބޫ ކުރައްވާ ދަތުރުގައި އޭނާ އާއި ކެމްޕެއިން ޓީމަށް އަމާން މާހައުލެއް ގާއިމުކޮށް ދޭން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ދެތިން މީހަކު ވެގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރަން އުޅުނަސް ފުލުހުން ދުވެފައި ގޮސް، އެކަން ހުއްޓުވަން މަސައްކަތްކުރޭ. ފުލުހުންގެ ވާޖިބެއް އެއީ އަމާން މާހައުލަކާއި ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން. އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރަން،" މާރިޔާ ވިދާޅުވި އެވެ.

"ފުލުހުންނަށްކީ ގާނޫނު ނަގަހައްޓައި، ގާނޫނު ހިންގުމާއި ތަންފީޒު ކުރަން ތިބޭ ބައެއް. އަމަންއަމާންކަން ގެއްލިގެން ގޮސް، ރައްޔިތުންގެ ގަޔަށް ބޮލަށް އަރައި ހިސާބަށް ދިޔައިމަ، އަމާންކަން ގާއިމުކޮށް ދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭނެ،" މާރިޔާ ވިދާޅުވި އެވެ

އިބޫއަށް ހުރަސް އެޅި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރިޔާސީ ކެންޑިޑޭޓުންނާމެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އަންގަވާފައެވެ.

އީބޫ އަށް ހަމަލާދޭން އުޅުމާއި ގުޅިގެން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސަންއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަބްދުއްލާ

    ފުލުހުންނަާ ސިފައިންގެ މަތިން ފައިބާފަހުރި މީހަކަށް ފުލުހުންނާ ސިފައިން ދޭނެ ހިމާޔަތެއްނޯންނާނެ . ހިމާޔަތުގަ އދ އާ އީޔޫ އެތަނަށްދޭ .މިރާއްޖެއަކަށް ބޭނުމެއްނޫން.

  2. ރާޅު ބޯއީ

    ކަލޭމެންގެ އިތުބާރު ނެތް ބައެއްގެ ކައިރިން ކޮންމެހެން ސަލާމަތް ހޯދަން އުޅޭނެ ކަމެއްނެތް. ކަޅުތެޔޮ ކުޅިކުޅުނީ ތިކަން ބޭނުންވެގެންދޯ

  3. ރާބީ

    ކޮބާތޯ ވަށާ އެނބުރޭ އެކްސް އެސް ޕީ ޖީ ! ޢެއްމެ ފަހުން އުނބައްޖެހީ ! މި މީހުންގެ ފެންވަރު! އިއްޔެ ފުލުން ގަޔަށް ކަޅު ތެލާ މިރުސްފެން ޖެހީ ފުލުހުން ގައިގައި ތަޅާނެ މީހުން ހޯދައިގެން ތެޅީ! ކޮބާ ލަދު ހަޔާތް

  4. އަހުމަދު

    މަހަމަ ޢަޖާއިބުވެއްޖައިން. މިމީހުން ބުނާނެ އަހަރެމެން ގަބޫލުކުރާ ފުލުހުންނާއި ސިފައިނެއް ނުތިބޭނެޔޭ. ޢެކަމަކު އެމީހުންކައިރި މިބުނަނީ ޙިމާޔަތްދޭށޭ.

  5. މާރިޔާ

    ދޭކައްނުޖެހޭ ކަމުދާމީހެއްނޫން

  6. ޢަލީ

    ދަގަ ޔޫކޭ އަށް ހިމަާޔަތް ހޯދަން.

  7. ދޮންބެ

    ސިފައިން ނާ ޕޮލިހައް މުސާރަ ދޭން އޮތް ބަޖެޓައް ވޯޓު ނުދޭބަޔަކު ލަދު ގަންނަން ޖެހާނެ

  8. އެއްކަލަ

    ޔަހޫދީން ފައިބުޑަށް ދޭ ހިމާޔަތް ހޯދަން...

    ކަލޭމެންތީ ދިވެހިންގެ ލޭބޯ އާލާތުން

  9. ޙަސަނުބެ

    އީޔޫގާ ބުނެގެން ހިމާޔަތް ދޭނެ ކުދިން ކޮޅެއް ހޯދަންވީނު
    މާރިއާ އަނގަ އަރުވާކައް މާރީއްޗެއްނޫން ވެރިކަން ވެއްޓުނީމާ ނިކުމެ މުޅި ގައުމުގާ ހުޅުޖެހީ ބަގއެއްނު ތީ އޭރު ކޮބާ އެހެންމީހުންގެ ރައްކާތެރިކަން ؟؟؟؟؟؟

  10. ރައިޙާނާ

    އަނހާ ތަކުރާ! ފުލުހުންނާ ސިފައިންނަށްވެސް ވަކިބަޖެޓެއް ދިނީ! އެބަޖެޓަށް ވޯޓްދޭށޭ ބުނީމާ ކަލޭބުނީ ނޫނެކޭ! މިއަދު ތިޔަ ބުނަނީ އެބަޖެޓުން ތިމަންނައަށް ޙިމާޔަތް ދޭށޭ! މީހަކުހޮޑުލަވައިގެންފާނެނު!!!!

  11. ޙަފްޞާ / މާލެ

    ދައިތާ!!!! ތަންތަންހުޅުޖެހިދުވަހާ ، ސިފައިންގެ ބޭކަލެއް ޓެކްލްކޮށް އެބޭފުޅާގެ ގާގައި ތަޅާބޭލިދުވަސް ހަނދާންނެތްތަ މިހާރަކު؟

  12. އެޑަމް

    ބަޔަކު ކޮންމެ އެއްޗެކޭ ކީކަމުގައިވިޔަސް ފުލުހުންނާ ސިފައިން ޖެހޭނެ އެބަޔަކަށް ހިމާޔަށް ދޭން... ކޮމެންޓް ކުރާ މީހުންގެ ޖާހިލުކަމާހުރެ އަޖައިބު

    • ގަމާރު

      ކަލޭގެ ގަމާރުކަން މާ ބޮޑު. ޔަހޫދީ ބައިގަނޑަށް

      ނުޖެހޭ ހިމާޔަތް ދޭކަށް

  13. ނަސީރު

    ޕިންކީ ކުދިން ފެލިފެލި ތިބެންޖެހޭނީ ހިމާޔައް ދޭންޖެހޭނީ.

  14. އިންތިގާލީ

    އެންމެ 2 އަހަރާއި ބައިގެ ސަރުކާރެއް އެކުލެވޭނެތޯ؟ އެ ސައްޙަ ގޮތަކަށް ވާނެތޯ؟

  15. ކެރަފާ

    އައްޗި ކީއްކުރަން ކަމުދާމީހެއްނޫން 2 އަހަރު ވެރިޔަކައް ހުންނަ މީހަކައް ކޮން ހިމާޔަތެއް އީޔޫ ހިމާޔަތް ދޭނެ ކީއްކުރަން ފުލުހުންގެ ކިބައިން ހިމާޔަތް ހޯދަން ތި ގޮވަނީ ކޮބާތަ ކަލޭމެންގެ ލަދު ހަޔާތް.

  16. އަލީ

    މާރިޔާއަށްްްްް މިހާރުއެގެނީ ފުލުހުންނަކީ ގާނޫނޫނަގަހައްޓަ ބައެއްކަން ފުލުހުންގެ ހިމާޔަތައް އެދުަށްވުރެ ތަޅާނެ ކުދިންކޮޅެއްހޯދުން މާބުއްދިވެރިވާވެ

  17. ސ

    މިއީހަމަ އަމިއްލައައްގޭމު ޖައްސައިގެން ހިމާޔައްހޯދަން ޖެއްސި ސްޓަންޓެއް ފުލުހުންނަކީމިމީހުންގެ ދުސްމަނުން ދެންކޮންހިމާޔަތެއްތް އެމީހުންކާރިންހޯދަނީ ލަދެއްނުގަނޭ

  18. ކޮއްކޮ

    އޅުގަނޑު މެންގެ ވެރިކަމެއްގައި ސިފައިންގެ އުވާލާނަން ދެން ކޮން އަގައެއް މި އަރުވަނީ މިހާރު މިކިޔަނީ ހިމާޔައް ދޭން ފައްޅި ތަކުގަތިނޭނެ ހިމާޔައް ދޭނެ މީހުން އެތަނައް ގޮސް ކޮފެގެން ތިބެބަލަ

  19. މޭރީ

    އިބޫ އަށް ހަމަލާއެއް ދިނިއްޔާ ދޭނީ މޑޕ މީހުން. އދ އަށާ އީޔޫ އަށް ދައްކަން. .އަމިއްލައަށް ގައިގަ ކަޅުތެޔޮ ހޭކިގޮތަށް.