ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ށ. ފޯކައިދޫއަށް ފުރާވަޑައިގެންފިއެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެކެވެ.

ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގަންނަވައެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް އެހެން މެންބަރުންނާއި، ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަން ވެސް ކުރިން ހަމަޖެހިފައި އޮތެވެ.

ނަމަވެސް ކޮވިޑް ފައްސިވިކަން ބަލަން ނެންގެވި ރައީސްގެ ސުންކުގެ ނަތީޖާ ފައްސިވުމުން އެމަނިކުފާނު ހުންނެވީ ގޭގައި އެކަހެރި ވެގެންނެވެ.

މިއީ ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ނަޝީދު އެ ދާއިރާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް ސޯލިހް ކުރިން ވަނީ ށ. ކޮމަންޑޫއަށް ވަޑައިގެން ކެމްޕޭން ކުރައްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ އެ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަރާހަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

މި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ރާޝިދެވެ. އޭނާއަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސްގެ nuމަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވި މޫސާ ފަތުހީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެސް މަގާމުތަކެއް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދެވި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރެއްވި އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރައްޔިތުމީހާ

    ރައީސް ނަޝީދު ތިއުޅެނީ ގަނޑަތެޅެން. ތިހެން ގަނޑަތެޅިގެން ވާނެކަމެއް ދެންނޯނާ.

    41
    1
  2. އައުޓް

    ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް ްިއިންޑިއާ އައުޓް އެމްޑީޕީގެ ކެންޑިޑޭޓް އައުޓް ކެނެރީގެ ނަޝީދު އައުޓް

    40
    1
    • ހެހޭ ހެ

      މަހިތަށް އަރާ އިންޑިޔާ އައުޓް ދިވެހިބަހުން ލިޔެގެން ކޮމެންޓް ކުރަނީ ހަމަހޭގަތޯ ވާނުވާ އިނގެ ބައެއްތޯ ކޮމެންޓް ކުރަނީ އިންޑިޔާ މިލިޓަރީ ބޭރުކުރަން އެހެންވީމަ ޓެކްސް ކުރާއިރު އިނގްލިސް އިން ޕޯސްޓް ކުރީމަ އެވެރިންނަށް ކިރިޔަވެސް ފަހުމްވާނީ މިތަންކޮޅު ރަނގަޅު ކޮށްލަން އެދެން

      5
      17
      • ސަންފައްތަ

        "އިންޑިއާ އައުޓް" ކޮންމެހެން އިނގިރޭސި ބަހުން ލިޔާކަށް ނުޖެހޭ. މިއުޅެނީ އިންޑިއާ މީހުންނަށް މިކަން އަންގާކަށްނޫން. މިއުޅެނީ ދިވެހި ސަރުކާރު ހިންގުމާ ހަވާލުވެތިބި ދިވެހި ބަޔަކަށް މިކަން އަންގަދޭން. ސާފުވެއްޖެތަ.

  3. ރައްފުށުމީހާ

    މިމީހުން ފުރަ ފުރައިގެން މިދހަނީ ހަމަ އެމްޑަޕީއޭ ކިޔާ ޕާޓީގެ ޙަރަދުގަތޯ ސުވާލް އުފެދޭ ކެންޕޭނައް އަނެއްކޮޅުން އެޗްބީއޯ ގަވައިދް ތަންދޭތޯ ބޭދަނާ މިހާމަތީގަ އުޅޭއިރުވެސް ބައިހަދާފަ ރައްރަށައްދާން

    39
    1
  4. އަމީރު

    ރަށްފުށުމީހާ މި ލިޔާ "އެޗްބީއޯ"، "ބޭދަނާ" މިއީ ދިވެހި އައު ލަފުޒުތަކެއްތޯ؟؟

    14
    1
  5. ބުއްޅަބޭ

    އިބްޜާހިމް ދާން ބޭނުން ނުވީ އަންނި އާއި އެކު. ކޮވީޑޭކިޔާފަ... ޔަގީން އަތަށް ގޮއްވާނެ މީތިވެސް ބުއްޅަބޭ ގޮސް

    26
  6. Anonymous

    މިގައުމުގެ ހަލާކު.

    30
    • މޮޔަނިމޮސް

      ޖޭ ވޭ ވަރަށް ދޯ

    • މޮޔަނިމޮސް

      އަރެމެންނަށް ޑިމޮކްރަސީ އާ އިންސާނީ ހައްގު ގެނެސްދިން ބޭފުޅާ މީ

  7. ވިސްނާ

    ކޮންބޭނުމަކު؟؟؟؟ ބޭކާރު ޙަރަދު....

    27
  8. ޙަަަހަ

    މިމީހުން ދައުލަތުގެ ޚަރަދުގައި ކެމްޕޭން ކުރީމަ މިހާރު އަތްޖަހާމީހުން ތިބޭނެދޯ ، އެހެން ނޫނަސް ޕާޓީން ނުކުރާނެ ބޮޑީގާޑުންނަށް ޚަރަދެއް ، އެމީހުންވެސް ކިހަދުވަހަކު ތިބޭނެ

    19
  9. މަނޯޖް

    އިންޑިއާ އެތައް ރައްޔިތަކައް އެގޭދިވެހިލިއަން ކިއަން ދިވެހިނޫސް ކިޔާނެ އިއުލާންކިޔާނެ ޕުރޮޖެކްޓްތަކައް ކުރިމަތިލުމައް މިހާރުއާތްމުކޮއް ދިވެހިގެޒްޓްކިޔާނެ 200 ހުގެ އަހަރުތަކުތެރޭ ބަންގާޅިން ރާއްޖެގެނަސް ޕުރިންޓް ކޮއްފަހުއްނަ ހަވީރުނޫން ކިއަންއެގުނީމަ ސައިޓްތަކައް ފުނުވާވެސްހެދި ބައެއްމީހުން އިންޑިއާ ދިވެހިބަހުން ލިއުނީމަ ރާއްޖެއުޅޭ ގިނަބޭރުމީހުނައްއެގޭ މީހާރު ރާއްޖޭގައުޅޭ ބޭރުމީހުން ތިބެނީ އެގައުމަތަކައް ނިސްބައްވާ ވައިބަރް ނޫނީކޮއްމެސް އެއްގުރޫޕެއްގަ މިނޫސްތައް ފޮޓޯތައް ޝެއާކޮއްލަކޮއްލާ

  10. ޗާބު

    ބަލާބަލަ ގުންޑާއިންގަނޑު ހަަމަ އެކަނި ޔާމީނާ ދެކޮޅަށް ! މަ ހަމަ ހީހީ ހަލާކު! ރަަަަައްޔިތަކަށް ފައިދާއެއް ކޮށްދޭކަށްނޫން! ރައްޔިތުންނޭ ކިޔާގެން ޔާމީނު އާއި ޖައްސާލާގެން ހަސަދަަވެރިވެގަނެގެން! ތިޔަ ހުރިހާ އެއްޗެއް ގެ ހުނބުޅު ތެޅި ތެޅި ތިބެންވާނީ! ޔާމީނުގެ ފެންވަރާ ގަދަރާ ހައިބަތާ ޚިދުމަތްތަކާއި އަރަފޯދިގެންވާ ހަމަ އެއްގޮލާ ތިތާނގަނެތްކަން ރައްޔިތުން މިއަދު ވަަރަށް ރަނގަޅަށްދަނެޭ! ނުބައިމީހުންގެ ޢަމަލުތައް އެބައިމީހުންގެ ޢަަމަލާބަހުން ﷲބޭޒާރުކުރައްވާަނެ! ހަސަދަވެރިންގެ ބައިގަނޑު ކެކިއަރަނީ ރައްޔިތުންނަށްނަށްޓަކައެއް ނޫްންކަން ޝައްކެއްވެސްނެތް!

  11. ކޫރުކޫރޯ

    ކިތަންމެވަރަކަށް ހިޔާލީ ފޮލާ އަންނިއާއި ސޯލިބެ ކެއްކިޔަސް ރަށްޔަތުން ދަނޭ މިގައުމުގަ ހުރި ރައީސަކީ ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ވެރިއެއްކަން ދެންހުރީ ބުއްޅަބޭއަކީވެސް ކީރިތި ރަސޫލާއަށް ފުރަށްސާރަކުރި ޑެންމާރކު މީހުންގެ ލޯބި ހޯދައިފައިވާ މީހެއް ކިތަންމެވަރަކަށް ދެދަޅައަށް އެރަށަށް ދިޔައަސް މިފަހަރު ރަށްޔަތުން ވޯޑުދޭނީ ހަށްގަށް އެއީ ޕީޕީއެމަށް ގެރަންޓީ.

  12. އިސްޢާފް ސަލީމް

    މުޅި ސަރުކާރު އެއްކޮށް ތެޅިބާލަނީ! އެހެނަސް ތިކަމެއް ނުވާނެ!

  13. މޯދީ

    ރާއްޖޭގެ އެންމެންނާއި އިންޑިޔާ މީހުން ގެންގޮސް ފޯކައިދޫ ފުރެންދެން އެރުވިޔަސް ތިޔަ ގޮނޑިޔެއް ނުލިބޭނެ. ލިބޭނީ ބޮނޑިއެއް.