ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު މުހައްމަދު ރާޝިދުއަށް ތާއީދު ހޯދުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިކަން ޖުމްހޫރީ ޕާޓީގެ ފަރާތުން ކަށަވަރު ކޮށްދީފައިވީނަމަވެސް ދަތުރާއި ގުޅޭ މައުލޫމާތު ހާމަކުރާނީ ފަހުން ކަމަށް ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕޭނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މި އިންތިހާބުގައި ޖުމްހޫރީ ޕާޓީން ތާއިދުކުރަން ނިންމަވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓަށެވެ.

ރާޝިދުގެ ކެމްޕޭނަށް ގާސިމް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މި ދަތުރުފުޅުގައި ގާސިމްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރާޝިދުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ ކޮމަންޑޫއަށް ވަޑައިގަންނަވާފައެވެ.

މި ދަތުރުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ބައިވެރިވެވަޑައިނުގެންނެވުނީ އެމަނިކުފާނު ކޮވިޑް-19އަށް ފައްސިނވުމާއި ގުޅިގެންނެވެ. މިމަހުގެ ކުރީ ކޮޅު އިދިކޮޅު ލީޑަރ ރައީސް ޔާމީން ވެސް ވަނީ އެ ދާއިރާއަށް ޕީޕީއެމުން ވާދަކުރާ މޫސާ ފަތުހީ އަށް ތާއީދު ހޯދުމަށްޓަކައި ކޮމަންޑޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އެއަށް ފަހު އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ދާއިރާއަށް ޖުމްލަ ތިން ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ބިލަގަން

    އައްދޭ މިގޮލާ މި ނިކުތީ ކޮންޗެއް ހިފައިގެން އަނެއްކާ. ލަގަން ބޮޑީތަ

    59
    3
    • ޙައްގުބަސް

      ހުރިހާ އެންމެންގެ ސަރވިސް ޗާޖްކޮޅު ކާލައިގެން މިދިޔައީ!! މިމަހު އެންމެ ގިނަ ސަރވިސް ޗާޖްވެސް މުވައްޒަފުންނަށް ދިނީ މިރާއްޖޭގައި ބޭރުގެ މެނޭޖަމަންޓްގެ ރިސޯޓްތަކުން!! އަބަދުވެސް 1000 ޑޮލަރާ 3000 ޑޮލަރާދޭތެރޭ ސަރވިސް ޗާޖްދޭ އެފަރާތްތަކުން!! މިރާއްޖޭގެ ރިސޯޓް އޯނަރުން މިއީ ކީއްކުރާ ބައެއް؟ ދަހިވެތި ބައެއް!! 30 އަހަރުވީ މިރާއްޖޭގެ ޔުނިވަރސަލް ގުރޫޕާ ޗަމްޕާ ގުރޫޕާ ވިލާ ގުރޫޕް މިރާއްޖެގެ ރިސޯޓްތައް ހިނަގާތާ!! މިއިން ކޮންމެ ބަޔަކުވެސް 5 ރިސޯޓަށްވުރެ ގިނަ ރިސޯޓް ހިންގާ! ސަރވިސް ޗާޖްކޮޅުވެސް މުވައްޒަފުންނަށް ނުދީ ކާލަނީ!! ވިޔާނުދާ ބައެއް!! މިގާސިމޭ މިކިޔާ މީހާއަކީ އަދި މިކަމުގައި އަރާހުރި މީހެއް!! އަމިއްލަ ފައިދާއަށް ހުރިހާ ކަމެއްކުރާއިރު މުވައްޒަފުން ގެންގުޅެނީ އަޅުންގެ ގޮތުގަ!! އެކަމަކު އަދިވެސް ސަރުކާރުތަކުން މިރާއްޖޭގެ ފަޅު ރަށެއް އޮތިއްޔާ މި ގުރޫޕްތަކަށް 60 އަހަރަށް ދެމުންދާތަން ފެންނަނީ!! ބުރުމާ ސިޔާސީ ކަންކަމުގައި އުޅެނީ ދައުލަތުން ވިޔަފަރީގައި ނެގެން އޮންނަ ހުރިހާ ފައިދާއެއްނަގަން!! އެނޫން އެހެން ބޭނުމެއް ބުރުމާގެ ނޯވޭ!! ގައުމޭ ގައުމޭ ރައްޔިތުންނޭ ކިޔަން ލަދެއް ބުރުމާ ނުގަނޭ!! މީނަޔަށް ހުރިހާ ރައްޔިތުން ނޫނެކޭ ބުނަންޖެހޭ!! ހުރިހާ ނުބައެއްގެ މޭސްތިރިއަކީ ހަމަ ބުރުމާ!!

      29
      1
  2. ހިބަރު ޗެކް

    ކޯޓްއަމުރެއް ހޯދާ ތިކަމަށް ،،ވެރިކަން ކުރާހިތުން ނުނިދޭ މީހެއް މީއަދި ؛؛؛

    62
    1
  3. ހުސޭނުބޭ

    ދަހިވެތި ސައުދާގަރު

    63
    2
  4. ހޯރަ

    ކަލެއަށް ނެތް ތި ނޫން ގޮތެއް. ތީ މަޖުބޫރުކަމެއްކަން މުޅި ޤައުމު ދަނޭ ބަލަޤަ ސޭޓޫ. ކަލޭ ހިތުން ރައްޔިތުން ގުނބޯ ހައްދަން ޤައުމޭ ދީނޭ ކިޔައިގެން އުޅުނީ މަކަރުވެރި ރޭވުމެއްގައި. ތިޔަހުރީ މި ދިވެހި އުންމަތަށް ޤައްދާރުވެފައި. އަމިއްލަ އެދުމައިގެން. 2023 ގައި ނާންނާކަމަށް އުންމީދުކުރަން. އަދި ބުނަން ކަލޭ ކެންޕޭންކޮށްދެން އުޅޭ ރާޝިދަކީވެސް ހަމަ ކަލޭ ކަހަލަ އަނގަ ހަޑި ދޫ ނުބައި އިންސާނެ. ކޮންމެ ކަމެއްގައިވެސް އިސްކުރާނީ ކަލޭ ފަދައިން އަމިއްލަ އެދުން. އަންގައި ނިކުންނާނީ ގެ ހަޑި ބަސްތައް
    ވަރަށް ސަލާމް

    58
    2
    • ޢަހޫ

      ގައުމަށްގައްދާރުވީ ވަގު ޔާމީނު.

      8
      58
  5. ރަބަރޭ

    ކަލޭ ތިޔައީ ވަކިން ކާކުތަ ކަލޭ ދިޔައެކޭ ކިޔާފަ ވޯޓުލާކަށް ނުޖެހޭނެ އެމްޑީޕީ އަކަށް ވޯޓަކީ އެމީހަކަށް އެއްމެ ރަގަޅު ފަރާތަކަށް ދޭއެއްޗެއް

    59
    1
  6. މިތާފް

    މިގައްދާރީ އަދި ލާދީނީ ބައިގަނޑު ބޮޑުތަނުން ބަލިކުރައްވައި އެމީހުންގެ ނުބައި އެޖެންޑާ ފަލީހަތް ކުރައްވާށި.

    68
    1
    • ޜާ

      ބޮޑުވަގު ފަލީހަތް ކު ރައްވާށި.

      16
      2
  7. ޝޮކްތެރަޕީ

    ޖޭޕީ ސިޔާސީ ދާއިރާގަ އުޅެނީ ވިޔަފާރި ކުރިއަރުވަން.

    52
    1
    • ޢަގީ

      ދެންވަންކަންދޯ ކު ރިއަ ރުވަންވީ.

      10
      12
  8. ރާއްޖެތެރެ

    ދެނެ ޖޭޕީޔަ ތާއީދު ކުރެވޭކައް ނެއް

    50
  9. އައުޓް

    ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް ގާސިމް އައުޓް ޖޭޕީ އައުޓް އިންޑިއާ އައުޓް

    43
    1
  10. އަބްދޫ

    މިގައުމަށް ބަލ އާއި މުސީބާތަ ޖެއްސި ކަލޭގެ.

    44
  11. އަލީ

    ފައިސާ ބަހަން.

    39
  12. މަރީ

    ހަޔާތް ކުޑަ.

    36
  13. އަލީ

    ކޮއްކޯ ކަލެޔައް ތި ޖެހިފަ ހުރި ބައްޔާ ދޭތެރޭ އަހަރެން ހަމްދަރްދީވަން. ތި ބަލި ޖެހުނީމަ ގައްދާރުންނެއް ނުފެންނާނެ.

    31
    3
  14. ޢިއްތިހާދު

    ލަދުހަޔާތްކުޑަ ކޮވިޑްތެރޭފިލީ ހައިރިސްކޭކިއާފަ ދައުލަތުންމުމުސާރަނަގާގެން 1 އަހަރުވަންދެން މިހާރުމާބިރުބޮޑު އަދަދުމަތި ރިސްކެއްނެއް އޭރު މުއްޒިފަކައްނުދޭލާރިއެއް ވަކިކުރީވަޒީފާއިންް ވޯޓްނުދޭތި މީބަލާވެރިކަމެއް އެއްމްޑީޕީއައްވެސް މިހާރުއޯކޭމަހުޖަނުސޭޓްމެންވެސް ނޫނެކޭބުނެ އެއްމެން މިތަކެތި ބޮޑުކުރާވަރަކައް ދަރިންގެ ދަރިންނައްވެސް ފުރުސަތެއްނުލިބޭނެ ފަހުން

    5
    1
  15. އަހްމަދު

    ރައްޔިތުންނޭ ހެޔޮނުވާނެ މިއަނިޔާވެރިޔާބަސއނާހާތި ކޮވިޑުގެ ދަތިހާލުގައި މުއައްޒިފުންކޮޅުފަނާކޮށް ނިކަމެތިކޮށްލި އަނިޔާވެރިއަކަށް ދޭނެވޯޓެއްނޯންނާނެ

  16. ޚަލީލު

    ރިޝްވަތު ދޭން ލާރިގަނޑު ހިފައިގެންކަން ނޭނގެ ދާން އެ އުޅެނީ.

  17. ސަމީމު

    މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރި ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ.

  18. ޗައިނާ ދިވެހިން

    މަދުލާރިކޮޅަކައް ރައްޖެ ވިއްކާލާ މިހުންނަ ތާއީދު ކުރާނީ ގަމާރުން

  19. ދޮންބެ

    ރައްޔިތުންގެ ޓެކްސްކައިގެން ކޮންކެންޕޭނެއްތަ ކުރެވޭނީ ސާވިސް ޝާޖުކޮޅުކޮބާ އިންޑިޔާއައުޓް

  20. އައްލާ

    ކކގާސިމާކ ކަލެއަ ކީގައުމުގެނި ކަމެތިރައްޔަތުންއިތުރައް
    ނި ކަމެތި ކޮއްލިދައްޖާލު

  21. ބަލާމީހާ

    މާތްﷲގެ ރަހުމަތުން މިބައިގަނގޫ ބަލިކުރައްވާ ފަލީހަތްކުރައްވާނެ އާމީން ޔާﷲ މިގައުމައް ގައްދަރުވާމީހުން ބަލކަށިކުރައްވާ ފަލިހަތް ކުރައްވާފާންދޭވެ އަމިން