އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ރާއްޖޭގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ދިޔައީ މޯލްޑިވިއަން ބްލަޑް ސާވިސްގައެވެ.

ހެލްތު މިނިސްޓަރު ނަސީމާއި އިންޑިއާ ސަފީރު. --- ވަގުތު އިމޭޖަސް:

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

އައިސީސީގެ ޑިރެކްޓަރު އަދި ފަސް ސެކްރެޓަރީ ޑރ. ސައީދު ތަންވީރް ނަސްރީން ލޭ ހަދިޔާ ކުރައްވަނީ. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިއަދު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ކުރިއަށް ދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި ބައެއް ދިވެހިންނާއި އިންޑިއާގެ ގިނަ އަދަދެއްގެ ވޮލަންޓިއަރުން ބައިވެރިވިއެވެ.

މިއީ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން ބައިވެރިވި މިފަދަ ހަތަރު ވަނަ ޕްރޮގްރާމެވެ.

ދިވެއްސަކު ލޭ ހަދިޔާ ކުރަނީ. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ހިންގަމުން އައި ބްލަޑް ކޭމްޕްތައް ހުއްޓުމަކަށް އައުމާއި އެކު ލޭ ހަދިޔާ ކުރުން މަދުވި ނަމަވެސް، ފަހުން އައިސް މިފަދަ ހަރަކާތްތައް ވަނީ އިތުރުވާން ފަށައިފައެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ މީހުންގެ ތެރެއިން، އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށް ލޭ ހަދިޔާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު