ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމްގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.

ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަލީ ހުސެއިންގެ ސަސްޕެންޝަން އުވާލީ ބަލަމުންދިޔަ މައްސަލަ ބަލައި ނިމުމުން ކަމަށެވެ. އަދި މިއަދުން ފެށިގެން އަލީ ހުސެއިން އަކީ ރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫން ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށްވެސް ޑީޖޭއޭ އިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޝަމީމް ސަސްޕެންޑްކޮށްފައިވާއިރު, ފުލުހުން ޝަމީމާ ސުވާލުކުރީ ރައީސް މައުމޫނަށް ކޮށްފައިވާ ހެކިފޮރުވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ފުލުހުން ހޯދާފައި ހުރި ހެކިތަކަކާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.