ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އަދާލަތު ޕާޓީން ތާއިދު ކުރާ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކަމަށް ނިންމައިފިއެވެ.
އެގޮތަށް ނިންމާފައި ވަނީ މިއަދު ކުރިއަށްގެންދިޔަ އެ ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ ބައްދަލުވުމުގައެވެ.
އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމުގެ މަތިން ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް މިއަދު ބޭއްވި ޖަލްސާގެ އައުލަބިއްޔަތުން ފާސްވެފައިވާ ކަމަށެވެ.
އަދާލަތުން ރަސްމީކޮށް ތާއިދުކުރާނެ ކެންޑިޑޭޓް ހާމަކޮށްފައިވާއިރު، އެ ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ވެރިކަން ކުރާ ކޯލިޝަންގައި އަދާލަތު ޕާޓީ ހިމެނޭއިރު، އެ ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްއިން ވަނީ އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ނުކުރާ ފަދަ މޭރުމަކުން ބަޔާނެއް ނެރެފައެވެ.
އެ ދާއިރާގައި ހިމެނޭ ކޮމަންޑޫގައި ދެ ވޯޓު ފޮށި، ފޯކައިދޫގައި ދެ ވޯޓު ފޮށި، މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.
އީސީން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ދާއިރާގެ ބައި އިލެކްޝަން މޮނިޓާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެ އެ ގޮނޑި ހުސްވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އަލާސްކަންފުޅެއްގައެވެ.
ކަލޭމެންގެ މަޖުބޫރީ އަހަރުމެނައް އިންގޭ!! ބައި އިލެކްޝަނަކައް ކަލޭމެން ތެޅިލާފަ ހުރިވަރު ތިހުރީ!! ދެން ވިސްނާލަ މިމީހުން ރިޔާސީ އިންތިހާބައް ޖަހާލާނެހާ ސަކަރާތް. ގައުމު ވިއްކާލާ ގައްދާރުވިކަން މިހާރު އެނގި ސާފުވެއްޖެ..
ﷲއިރާދަކުރެއްވިއްޔާ އިންޑިއާ ކޮޅުބަލިވެގެން ނިމޭނީ.
އަދާލަތު ޕާޓިޔޯ.. މިކަހަލަ ނަން ތިކަހަލަ ޖާހިލު ޕާތީތަކައް ނުކިޔުން ވަރައް އެދެން! ޝުކުރިއްޔާ...
ނޯޗޮއިސް އަދާލަތު ވަނީ ނަގޫފިތިފަ
މި ނިއްމުމުގެ ސަބަބުން ވޯޓަކަށް މާބޮޑު އަސަރެއް ނުކުރާނެ، ސަބަބަކީ، ފޯކައިދޫ އަދި ކޮމަންޑޫ ގައި އަދާލަތަށް ތާއީދު ކުރާ ބަޔަކު ނުތިބޭނެ، ބަޔަކު ތިބިނަމަ ތިބޭނީ މަރޮށީ ގައި އެކަނި އެވެސް ވ މަދުބައެއް، އަދި ކެމްޕޭނަށް އެދާއިރާއަށް އަދާލަތު ގެ ވެރިން ދިޔާ މައި އެނގޭ ނެ މިކަން.
ލާދީނިއްޔަތައް ތާއީދު ކުރަން ޖެހޭނެ މަގާމުގެ ދަހިވެތިކަމުގަ އިސްލާމްދީނާއި އެދީނުގެ ޙުކުމްތައް ބޮލާލާ ޖަހާފަ ސާބަސް އިމްރާން
ކުރިންވެސް އެނގޭ ތިހެންކަން ތިކަން ވާނީ އަނެއްކާ މެންބަރު ރާއީވެސް އޮތީ ތިކަން ތިގޮތަށް ވާނެކަން މާކުރިން ބުނެފަ!
ދެން ހުރިހާ ފުލުހުންތަ ވޯޓް ލަނީ
އެހެންވީމާ ދެންތިޔަނިމުނީތާ ވޯޓުނުލިޔަސް މޑޕ ކެންޑިޑޭޓު ތިޔަހޮވުނީ ދައުލަތްއެއްކޮއް ކޮމަންޑޫދާއިރާއައް ބަންޑުންކޮއްލައިފި ރައްޔިތުންހެއްވާލައިފި އެންމެންގެވޯޓު ތިލަފަތައް ހަންނާނާ ފަތުހީ އަވަސްވީގޮތަކައް ނަންއަބުރާނަގާ ކެންޕޭނައްފަރިތަ ނަސީދު ވެސް އެވައްޓާލީ ދެން އެނިމުނީ އޭނާ ގޮއްސިތާކުންތާއީދު އޮހިގަންނާނެ..
އަދާލަތުން ތޯ ނޫނީ އިމްރާނަތުން ތޯ
ހެހެހެހެ. ވަޓް އަ ސަޕްރައިޒް.. !!!
ހީކުރި ގޮތާއި މުޅިން އެއްގޮތަށް މިފަހަރު މިނިމުނީ. މިނޫނީ މިހާ ޔަޤީން ކަމާއި އެކު ހީކުރެވުނު ފަހަރެއް މަގޭ މުޅި ހަޔާތުގަވެސް ނާދޭ.
އެމްޑީޕީއަށް ތާއީދު ކުރަން ރަނގަޅެއް ނޫން
ތާއިދުނުކޮއް ކީއްކުރާނީ ކުރިއަސް ނުކުރިއަސް އިދިކޮޅައްލިބޭ ވޯޓެއްނުގެއްލޭނެ ވާނީއިތުރު ލޯކަލް ކައުންސިލް ނަތީޖާއިންފެނުނު ތިގުރޫޕުން މިހާރު އިބޫއަތް ތާއިދު ކުރީމަ އޭގެއިން އެގިގެންދަނީތިމީހުން ނަޝީދުއައް ރިޔާސީއިންތިހާބުން ފުރުސަތު ނުދޭންތިބިވަރު މިގޮނޑިންސަރުކާރުގެ ބަލިކަން ފެނިދާނެތީ އެމްޑީޕީ ތެރެއިންވޯޓް ނަގާއިރުވެސް މިމީހުން ތާއިދުކުރާނީއިބޫއައް މިމީހުންދަޝުގަ ތިބިއެޕާޓީމީހުންބޭނުންކޮއްގެން މީއެމްޑީޕީ އައްއޮހުރަހަކައްވާނެ ރިޔާސީރޭހުގައިންތިހާބުގެކުރިން މަޖުލީސްތެރެއިން މިކޯލިޝަން ރޫޅާނުލެވިއްޖެނަމަ
އަހަރެންހީކުރީ ޒަޢިދުއަކީވެސް އަދާލަތުގެ ތެރޭގަކޮންމެވެސް އިރައްޕަތެއްހުރިމީހަކުކަމައް އެކަމު މިއަދުއެގިއްޖެ އަދާލަތަކީ އިމްރާނުކަން
މިއީ ދެން މަ އެންމެ ރުޅި އަންނަ ޕާޓީއަށް އަބަދު ވެފައި އޮންނަނީ ކީއްވެކަން މަށަށްވެސް ނޭގޭ
ތީ މާކުރިންވެސް އެނގޭ ކަމެއް.. ބަލާލެވޭ ގޮތަކުންވެސް މަޤާމް ގެއްލިދާނެ ވިއްޔަ
ނޫނޭ މަކުނުދޫ ދާއިރާގެ މޕ މި އިމުރަނު ގުއިރޯނުގަ ޖައްސާފި އިމްރަނަކީ ވަޒީފާ ގެއްލިދަަނެތީ ތެޅޭ ސޭކެއް ހައްގުބަސްބުނަން ނުކެރޭ ބޮޓެއް
އަދާލަތުން އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް ތާއީދު ކުރަން ނިންމި ނިންމުން ކުށްވެރިކުރަން. އިންޝާﷲ ދުވަހަކުވެސް ކަލޭމެންނަށް ތިކަން ކާމިޔާބު ނުވާނެ.
ހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައް.ހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައް.ހައްހައްހައްހަައް.ހައްހައްހަައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހައްހަައްހައްހައްހައްހައްހއްހައްހައްހައްހައްހައްހައްހައްހައްހަައް. އަދި އެހެން ގޮތެއްވެސް އެބްއޮތްތަ
މާކުރިން ރާއީ ބުނެފި މަގާމް ބޭނުމިއްޔާ ޖެހޭނި ތާއީދު ކުރާށޭ. ދެން ނެތޭ އިތުރު ގޮތެއް
އެމްޑީޕީ ބަލިވާނެ މިފަހަރު ބޮޑުތަނުން އިންޝާﷲ
މުޅި ޕާޓީ ހިސޯރު ކޮއްގެން އަބަދަކު ނޫޅެވޭނެ އިނގޭތޯ.
އަދާލަތު ޕާޓީގެ މެންބަރުން ބޭނުމެއްނުވޭ އެމްޑީޕީޔަ ތާއީދު ކުރަން. ޕާޓީގެ މީހުންނާ ދެކޮޅަ ނިމްމާ ނިމްމުމެ ބަލައި ނުގަންނަން އިސްތިއުފާ ދީ
ނަސީދާ ޤާސިމައްވުރެ އަދި ސޯލިހާ އިމްރާނައް ވުރެ މާބާރުގަދަ އެއްކައުވަންތަ ކަލަކު ވޮޑިގެންވާކަން ހަނދާން ނައްތާނުލާ ތިޔަހާ އަވަހައް ވާނޭގޮތް ނުބުނޭ!
ސަލަފުޖަމުޔާ އަދާލަތުޕާޓި އެކެނުވާނެ ކަމުގެ ސިގުނަލެ އެދިނީ ޤައުމެނެތް މިބުނީ ؟؟؟
ކަލޯ މަގާމާހެދި ފިތިފަ
ރާއްޖޭގައި ހުންނާނެ މަޝްހޫރު އެހެނަމަވެސް ދުވަހަކުވެސް ދީނީ އިލްމު ފަތުރަން މަސައްކަތް ނުކުރާ ، ދީނީ ނަސޭހަތް ބޮޑު ކުރައުޑަކަށް ދީފައިނުވާ ދީނީ އިލްމުވެރިއެއް. ޢެއީ ކޮންބޭފެއްތޯ؟ ބިރަކާއި ނުލައި މަޖާކުރަން ތާއިދު ތިކުރީ ، މޫނުބުރުގާ އެޅުމާއި ދެކޮޅު ބަޔަކަށް ތާއިދު ތިކުރީ ، ރާއްޖެއިން އަރަބި އިސްލާމީ ތައުލީމު ފަނޑު ކޮއްލަން މަސައްކަތް ކުރާ ބަޔަކަށް ތާއިދު ތިކުރީ . ދެން އަދާލަތު ޕާރޓީ އުފެއްދުމަށް ހުށައެޅި މަގުސަދު ވިދާޅުވޭ..
އަދާލަތު އެމްޑީޕީގެ ގޮތްޕަކަށް ވެނިމިއްޖެ
އިމްރާންއަކީ މަގާމްގެ ބޭނުމުގަ އުޅޭ މީހެއް.އޭނަޔަށް ނޯންނާނެ އެނޫންގޮތެއް.އަމިއްލަ ބާރެއްނޯންނާނެ.މަގާމުގެ ބޭނުމުގަ 5 އަނގައިން ވާހަކަ ދައްކާނެ.އިނގޭ ވިއްޔާ އެހެންމީހަކަށް ތާއީދު ކޮށްފިއްޔާ ގޭގަހުންނަންކަން އަންގާނީ.މިމީސްމީހުންލަނދެއް ހަޔާތެއްވެސް ނުހުރޭ.ވެރިކަމުގެ ދަހިވެތިކަމުގަ ކިތެންމެ ބޮޑު ދޮނގެއްވެސް ހަދާފާނެ.ދުވާލަކީ ރޭ ގަނޑޭވެސް ބުނެފާނެ.ތީ ދިވެހި ރައޔިތުން ވަރަށް ރަނގަޅަށް ދަންނަ އިމްރާނެއް.
ތިޔައީ ޕާޓީއެއްތަ ތިޔައްކިޔާނީ ލަވަޕާޓީ އަހަރެމެން ކުޑައިރު ކުޑަކުދިންގެ ބަގީޗާއޭ ކިޔާ ދިވެހިފޮތެއްގަ އޮންނާނެ ލަވަޕާޓީއެއްގެ ވާހަކަ އެޔެކޭ ތިޔަކިޔާ ޕާޓީތަކެކޭ އެއްވެސް ތަފާތެއްނެތް ރައްޔިތުންގެ ބޯގުނައިގެން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން ޙަރަދުކޮއްގެން ރައްޔިތަކައް ކޮއްދޭކަމެއްނެއްތާންގައި ތިޔަބަލަނީ އަޅުވެތިކުރެވޭތޯ ވެދުން
އަދާލަތަކީ އިމްރާނާއި އަލީ ޒާހިރު. މިމީހުންގެ ވަޒީފާ ހިމާޔަތްކުރަން ކުރި ތާއީދެއްތީ. އިމްރާނަކީ ތީ ޖަހާލަތުގެ އަނދިރިކަމުގެ ތެރެއިން މަގާމާއި، ޖާހު އަދި ދުނިޔޭގެ އެދުމުގެ ދަހިވެތި ކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ފައްކާ މުނާފިގެއް.
މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި މިއަދު އަރާމާއި އިއްޒަތުގައި އުޅެވިދާނެ. އެކަމު ހަނދާންކުރާތި. އަދިވެސް ދުވަހެއް އެބައޮތް. ދުނިޔަވީ ދަހިވެތިކަމުގައި މީހުންގެ އަބުރާއި އިއްޒަތަށް ކޮޅު ފައިން އަރާ މީހުންނަށް ދޭ އަނިޔާއަށް އެދުވަހުން މާފެއް ނުލިބޭނެ. އަބަދުވެސް ވައިޖެހޭ ކޮޅުގަ ހުރެގެން ދުނިޔަވީ އުފާތައް ހާސިލްކުރަމުންދޭ... އެކަމަކު އެދުވަހުން އެ އުފާތަކުން މަހުރޫމްވާނެ. ހެޔޮވިސްނުން ދެއްވާށި!
މަނިކުފާނުގެ ގޮނޑިގެއްލި ގައުމުގައި މޮއިންނަށްވެ ސޭކުންނަށްވެ ނިމިފައިތިބައެއްތީ މަނިކުފާނު ހީކުރަނީ ދެންމުޅިއުމަުރަށްވެސް ތިޔަމަގާމުގައި ހުރެވޭނެކަމަށްތަ ބަލަ މޮޔާކަލޭގެ އެމީހުނަށް ގޮވިއެތި އަތަށްގޮވީތާ މިމޮޔަމީހާގަޑު ތެޅި ފޮޅެނޭ މިގައުމުގަނެތޭ ތިޔަމޮއިންނަށް ބަލާބަޔަކުމިހާރަކު ވަރަށް ސަލާން