މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތަށް" ވިދާޅުވީ، އުމުރުން 61 އަހަރުގެ އެއަންހެން މީހާ މަރުވެފައިވަނީ ސަފާރީ އައިލޭންޑް ރިސޯޓުގެ މޫދަށް އެރި އުޅުމުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އޭނާ މަރުވެފައިވަނީ ކިހިނެތް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ރިސޯޓުން ފުލުހުންނާއި ހިއްސާ ކޮށްފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ.

"އެމީހާ މިހާރު ވަނީ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    އަނެއްކާ؟!