ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅުގައި އަބަދުވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

މޯދީ އެގޮތަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރެއްވުމަށް ފަހުއެވެ. ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައި ވަނީ އެމަނިކުފާނު ކޮވިޑަށް ފައްސިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

މޯދީ ވިދާޅުވީ ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި އިންޑިއާ އިން ރާއްޖެއާ އެކުގައިވާނެ ކަމަށެވެ.

"އިންޑިއާ އިން މަނިކުފާނަށް (ރައީސް ސޯލިހަށް) ދެއްވަން ޖެހޭ އެހީތެރިކަން ދިނުމުގައި ދެމިތިބޭނަން،" ރައީސް ސޯލިހް ދިވެހި ބަހުން ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ފައްސިވިކަން އެނގިވަޑައިގަތީ އަތޮޅުތެރެ އަށް ދަތުރުފުޅު ކުރެއްވުމަށްޓަކައި ރޭ ޕީސީއާރު ޓެސްޓް ހެއްދެވުމުން ކަމަށެވެ.

މާތް ﷲގެ ރަހްމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސްގެ ޓުވީޓުގައިވެއެވެ.

ރައީސް ކޮވިޑަށް ޓެސްޓް ކުރެއްވީ ށ. ކޮމަންޑޫ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނަށް މިއަދު އެ ދާއިރާ އަށް އަދި މާދަމާ ހަވީރު ރ. އަލިފުށީގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށް ވަޑައިގަތުމަށް ޝެޑިއުލް ކުރައްވާފައިވާތީއެވެ.

ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށްޓަކައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖާނޭ

    މާނައަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ބޭނުންވާ އެހީތެރިކަން ލިބޭނެޔޭތޯ؟

    14
  2. ލޯބިވާ ވަޠަން

    ސޯލިހަށް ޝިފާ ދެނީ އިންޑިއާ އިން ގެރި މޯދީ ޔޯ. އަހަރަމެންނަށް ޝިފާ ދެއްވަނީ ﷲ. އަހަރަމެންނަށް ﷲ ފުދި ވޮޑިގެންވޭ.

    15
  3. ބިގްބޮސް

    މިމީމީހުންމީ ދިވެހިންގެތެރެއިން ވަކިބަޔަކާ ގުޅުންބާއްވާބައެއް މީގެކުރިންވެސް މިތާ އޮތީ ދިވެހިސަރުކާރެއް މިމީހުން ބުނާހާގޮތެއް ނުހަދާތީ އެސަރުކާރާ ޖައްސާލައިގެންއުޅުނި. އަދިވެސް މަސައްކަތްއެކުރަނި ގޮނޑިކޮށްކޮ ސަރުކާރު ގެ ދިފާއުގަ! ޓާޓާ

    16
  4. ކެޔޮޅު

    އެހެންތާ ވާނީ ގައުމު މަދު ފައިސާ ކޮޅަކަށް ވިއްކާފަ ސޯލިހު ހެޔޮހާލުގަ ހުރީމަތާ އިންޑިއާގެ ބާރު މިގައުމަށް ފޯރުވެވޭނީ އެހެން މީހަކު ވެރިކަމުގަ ހުރެގެން އެބާރެއް މިއަދަކު ނުފޯރުވެވޭނެ.

    16
  5. ޙޯރަ

    މާތްކަލާކޯ މޯދީބެ. ޔޫގެ ބެސްޓް ފުރެންޑު އަދި ކޮއްކޮ އިބޫ މޯދީ މިޤައުމުން ގެންދެ ބަލަ.

    15
  6. ބުއްޅަބޭ

    ކައު އެއް ކަތިލަދީ!

  7. އަނެއް އަންނި

    ގަދަ ބަސް ނުބުނޭ ގެންދަވާނީ ވަކި ފަރާތަކުން ވަގުތު ޖެހުނީމަ މޯދީ ކިތަންމެ ވަރަކަށް ހިފަހައްޓަން އުޅުނަސް ގަޑި ޖެހުނީމަ ނިމޭނެ

    17
  8. ޕީޖީ

    މޯދީގެ މެސެޖް ވަރަށްސާފު. އިންޑިއާއިން އެހީވަނީ ދިވެހިރައްޔިތުންނަކަށްނޫން، އިންޑިއާ އިން އެހީވަނީ ސޯލިހަށް. ސޯލިހް ބޭނުންވާ ކަންކަން އިންޑިއާއިން ކޮށްދެނީ.

    1
    1
  9. ބެއްޔާ

    އޮމިކްރޮން އިން ދިފާއުވެވޭނީ ބޫސްޓަ ޑޯޒް ޖަހައިގެން: ރައީސް
    ސަލާމަތެއް ނުވިއެއްނުން.

    6
    1
  10. ބޯހަލާކު

    ދިވެހިންގެތެރޭގައި އުޅެމުން ކޮށި ވިސްނުން އަދި ލާއިންސާނީ ވިސނުން ހުންނަ ބައެއް ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވާށި.. ހިތަށް އެރި ގޮތަކަށް ކޮމެންޓްތައް ލިޔެ، ބޭނުން ގޮތަކަށް ވާހަކަ ހަދައިގެ ފެތުރުން، މި ދެން ވަރަށް ހުތުރު ކަންކަން. ނޭގިގެން ނުން ހަމަ ދެން ގަޓުވާން ކޮށްލަނީ..

  11. ރަދީފް

    02 ވަގުން.