22:52

އދ. މަންދޫން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު "ވަގުތަށް" ވިދާޅުވީ، ފައްސިވެފައިވަނީ ކުރިން ފައްސިވެފައިވާ މީހަކާއި ގާތުން އެއްތާވި ތިން މީހެއްގެ އިތުރުން ރާއްޖޭން ބޭރުން އައި ބިދޭސީ ތިން ޓީޗަރުން ކަމަށް.

22:15

ގދ. ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ފައްސިވުމާއި އެކީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި.

22:10

ރާއްޖޭން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެއްޖެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު މި ބައްޔަށް ފައްސިވެފައިވަނީ 2،484 މީހަކު

20:43

ގދ. ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ. ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެރަށުން މި ބައްޔަށް ފައްސިވެފައިވަނީ 50 މީހުން.

16:46

ކޮވިޑް-19 ހަލުވިކަމާ އެކުގައި ފެތުރެމުން ދިޔަ ނަމަވެސް އާ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން މިހާރު ނެތް ކަމަށާއި މިހާރުގެ ވިސްނުމަކީ އިތުރު ފިޔަވަޅުތަކެއް ނާޅާ ބައްޔާއެކުގައި އުޅުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާމަކޮށްފި.

16:10

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ނިއުޒިލެންޑުގައި އާ ފިޔަވަޅުތަކެއް އަޅާފައިވާތީ، އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ ކައިވެނީގެ ހަފްލާ ފަސްކޮށްފި.

15:59

ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާ އެކުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި.

15:48

ކޮވިޑް-19 އަށް ޓެސްޓްކޮށްގެން ނަތީޖާ ނުލިބި ގިނަ އިރުތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަތީޖާ ލަސްވިޔަސް ކެތްތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެދިއްޖެ.

14:00

ކޮވިޑް-19 އާ ދެކޮޅަށް މިހާރު އަޅާފައި ހުރި އުސޫލުތައް ހަރުކަށި ކޮށްގެން ވިޔަސް، އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ފުރުސަތު ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

13:38

އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް ފެނިއްޖެ.

12:12

ކޮވިޑް-19 ގެ ވޭދަނަތައް އާދަޔާ ހިލާފަށް އިތުރުވަމުން އަންނާތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި.

10:41

އައްޑޫ ސިޓީން އިތުރު 69 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

10:26

ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ

ރާއްޖެ އިން ރިކޯޑު އަދަދެއްގެ މީހުން ކޮވިޑް-19 އަށް މިވަނީ ފައްސިވެފައެވެ. މިއީ 2020 ވަނަ އަހަރު ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން މިހާ ގިނަ އެއް ދުވަސްތެރޭގައި ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ. މި އަދަދާއެކުގައި ރާއްޖެ އަށް އޮތް ނުރައްކާ ވަނީ އިތުރަށް ބޮޑުވެފައެވެ.

އެޗްޕީއޭގެ އެކިއެކި އަދަދުތައް:

 • 2،349 މީހަކު ކޮވިޑަށް ފައްސިވި.
 • އެއީ 7،574 ސުންކު ޓެސްޓްކޮށްގެން.
 • މާލެ ސަރަހައްދުން 1،325 މީހުން ކޮވިޑަށް ފައްސިވި.
 • އަތޮޅު ތެރޭގެ ރަށްރަށުން 681 މީހުން ފައްސިވި.
 • ރިސޯޓުތަކުން 54 މީހުން ކޮވިޑަށް ފައްސިވި

ކޮވިޑްގެ މިހާރުގެ ނަންބަރުތައް:

 • ރާއްޖެ އިން މިހާތަނަށް 114،977 މީހުން ކޮވިޑަށް ފައްސި
 • ބަލި ޖެހިގެން ރަނގަޅުވީ 101،660 މީހުން.
 • ކޮވިޑް ބަލީގައި 269 މީހުން ވަނީ ނިޔާވެފައި.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެނީ 48 މީހުންނަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާ އިރު ވެސް ބަލި ކޮންޓްރޯލް ކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. ސިއްހީ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ރާއްޖެ އަށް ކުރިމަތިވި ކޮވިޑްގެ ހަތަރު ވަނަ ރާޅާ ގުޅިގެން އެކަމުގެ ތެރޭގައި މަހެއްހާ ދުވަހު އުޅެން ޖެހިދާނެއެވެ.

އަދި މި ރާޅުގައި ގިނަ ބަޔަކު ފައްސިވާ ނަމަ، އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ލަފާ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކޮވިޑް22022

  ކޮމަންޑޫ ދާއިރާގެ އިންތިހާބު ނިމެންދެން ފިޔަވަޅުތައް ވަރުގަދަ ނުކޮށް ހިފާއްޓާލާނެ!!!!!!!ސަރުކާރު އޮތީ އަމިއްލަ އެދުމުން ފޯވެފަ!!!!!!އެ ރައްޔިތަކާ އެރައްްޔިތެއް، ކޮވިޑަކާ ކޮވިޑެއް..ވެރިންނަށް ހެޔޮވިސްނުން ދެއްވާށި

  20
  1
 2. ހިލާލް

  އޯކެއެއްނު. ކެމްޕެއިނަށް ދިޔުންމުހިއްމީ

  16
 3. ވަހީދުބެ

  ހާދަ މޮޅޭދޯ. ކޮވިޑްރާޅު ދެމިއޮންނާނެ މުއްދަތުވެސް އެބައެނގޭ ދޯ. ފެބުރުއަރީ 5 ވަނަދުވަހު އެކުރާކަމެއް ނިމުނީމަ ކޮވިޑް މަދުވާންފަށާނެ.

  12
 4. ފާފު

  ރައްޔިތުން ނޫޅޭ ބިރަކުން ނޫސްވެރިން އަދިވެސް އާކަމެއްވެގެން ހޭބަލިވަނީ

  11
  5
 5. ގަލަން ތުނޑު

  އެލަވަންސް ދޭން އިއުލާންކުރީމަ މަސައްކަތް ފެއްޓޭނީ

 6. ލލ

  މިޤައުމަކީ ތަފާތު ރިކޯޑްތަށް ވެސް އޮންނަ ޤައުމެއް ނުންތޯ ! މިރާއްޖޭގައި އަރިދަފުސް ރޯގާ، ހޮޑުލުން ލޮލު ރޯގާ ބޭރަށްހިގުން ހުންބަލި ނޯނަ އިރެއް ދޭތޯ ؟

  5
  2
 7. ފަރުދީ ޒިންމާ

  ކިތަންމެ ވަރަކަށް ރައްޔަތުން ކަންބޮޑުވިއަސް އެއަޑު އަހާ ބަޔަކު އުޅޭބާ..
  މިވަރުން ދަރިންކޮޅު ސްކޫލަށް ފޮނުވުމަކީ ނުހަނު ހިތާމަ ހުރި ކަމެއް ނުފޮނުވީމަ ފިލާވަޅާމެދު ކަންބޮޑުވުން. ވަރަށް ގިނަ ކުދިންނަށް ސްކޫލަށް ނުދެވޭ މިހާލަތުގަ އޮންލައިން ކޮށް ގެންދާނަމަ ހުރިހާކުދިންނަށް ފިލާވަޅު ހަމަހަމަ ކަމާއެކު ލިބޭނެ.. ހުރިހާކުދިންނަކީ މާލޭގަ ދިރިއުޅޭ ކުދިންނެއް ނޫން ފެރީގަޔާ ބަހުގަ ދަތުރުކުރާއިރު ތިބުނާ ގައިދުރުކަމއް ނޯވޭ.. މިކަން ހަމަޔަކަށް އެޅެންދެން އަޅުގަނޑުމެންގެ ދަރިންކޮޅު ގޭގަ ތިބެވޭނެ ގޮތެއް ހައްދަވައި ދެއްވާ.. ކުދިން ސަލާމަތުން ތިބެގެން ކިޔެވޭނީވެސް

  8
  1
 8. އަޙްމަދް

  ކޮވިޑް19 “އާދައިގެ ރޯގެއް”މިއީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ދައްކުވާ މީސްތަކުންގެ މެދުގައި ސިއްޙީ ބިރުވެރިކަން އުފެއްދުމަށްޓަކާ ނޫސްތަކުން ކުރާމަސްއްކަޠް އެބަޖޭހޭ ހުއްޓާލަން.
  މިއީ ވެކްސިން ވިއްކަން ވެގެން އުފައްދައިގެން އުޅޭ ސިއްޙީ ބިރުވެރިކަމެކެވެ.

  3
  1
 9. ކާފަބޭ2020

  ރައިއްޔަތުންނަށް ހިތްދަތިކަން ވެރިންނަށް އުފާވެރިކަން އާބާދީގަފަސްލައްކަ އެލަވަންސް ނުވަލައްކަމީހުނަށް ޕާޓީކުދިންނަށްބައިއަޅާފަ އިތުރަށްދެވޭނެބަޔަކުއަދިދޭނެބަޔަކު ނުވެސްނެތް! ވިސްނާށެވެ. މަހުލޫފަކީ ކޮރަޕްޝަންގެތުހުމަތުގަ ތަހުގީގުކޮށްޝަރީއަތަށްފޮނުވާފަވާމީހެކެވެ. މަހުލޫފުކުށްސާބިތު ނުވާނަމަ ތަހުގީގުކުރިމީހުން ތަހުގީގުފުރިހަމަނުކޮށްފޮނުވީ؟؟؟

 10. ބަކުރުބޭ

  ރައްޔިތުން ބަހެއް ނާހާ! ސަރުކާރުން އަޅައެއް ނުލާ! ސިޔާސީ މީހުން އެހާ ބޯހަރު! ހުރިހާ އުނދދަގުލެއް މިޖެހެނީ ސިއްހީ ދާއިރާގެ މުވައްޒިފުންނަށް! ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންނަށް...ދުވަސް ކޮޅަކުން ސަރުކާރު ބަންދުކޮށްފަ، މުސާރަ ދީފަ އޮފީސްތަކުގެ އެންމެން ގޭގަ..ކިހާ ސަޅި...މިކުޅިގަނޑު ހުއްޓަންވެއްޖެ!