އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓީޝާޓުކޮޅުގައި "އިންޑިއާ އައުޓް" ޖެއްސެވުމަށްވުރެ އައުލާކަން ބޮޑު ގޮތަކީ އެމަނިކުފާނުގެ ޓީޝާޓުކޮޅުގައި "ބަފާ އައުޓް" ޖެއްސެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ރޭ ށ. ފޯކައިދޫގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި މެންބަރު ވައްޑޭ ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސް ނަގައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ކޮވިޑް-19 ދަތި ދުވަސްވަރު، އަދި އެތައް ބައެއްގެ ފުރާނަ ދިޔަ މި ބަލީގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކާ އިންޑިއާ އައުޓް ކިޔުއްވާތީ ވައްޑެ ފާޑު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަކީ ބައްޕައެއްހެން އެމަނިކުފާނު ގެންގުޅުއްވި ރައީސް މައުމޫން ޖަލަށް ލެއްވި މީހެއް ކަމަށާއި އިންޑިއާ އައުޓަށް ވުރެ "ބަފާ އައުޓް" ޖަހައިގެން އުޅެން މާ ރަނގަޅުވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އިންޑިއާ އައުޓެއް ނޫން، ބަފާގެ މަޤާމުގައި ހުރި މީހާ، ދަންވަރު ދޮރު ވައްޓައިލައިގެން ޖަލަށް ލައިގެން އުޅުނު މީހާ، އަޅުގަނޑު ދަންނަވަން ބަފާ އައުޓް ޖަހައިގެން އުޅެބަލާށޭ." ވައްޑެ ވިދާޅުވިއެވެ.

ވައްޑޭ އިޝާރަތް ކުރެއްވި ކަމަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފައި ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށްލި ލުމަށެވެ. މައުމޫން ހައްޔަރު ކުރީ، ރިޝްވަތު ދީގެން ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. މައުމޫން އެ ކަން ދޮގު ކުރައްވައެވެ.

ވައްޑެ ވިދާޅުވީ ރައީސް ޔާމީނަކީ "އަނިޔާވެރި މީހެއް" ކަމަށެވެ. އޭރު ސަރުކާރަށް ފާޑުކީ 1،300އަށް ވުރެ ގިނަ މީހުން ހިފާ ހައްޔަރު ކުރި ކަމަށާއި، ޖަލްސާއެއްގައި ވާހަކައެއް ދެއްކިއަސް އަދި މިސްކިތުގައި ދުއާއެއް ކުރަން ހުއްޓާ ވެސް ހައްޔަރު ކޮށްފައި އެބަ ހުރި ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަޅުގަނޑުމެން މިތިވީ ދެބަސްވުމަށް އެއްބަސް ވެގެންނޭ. އަޅުގަނޑުމެން ޑިމޮކްރެޓިކް ވެރިކަމެއް މި ކުރަނީ. ފާޑު ކިޔޭނެ ޖާގަ އޮންނާނެ، މިހާރު ބިރުން ފިއްކަޑައިގެނެއް ނުދާނެ" މި ސަރުކާރަކީ ފާޑުކިޔުންތަކަށް ފުރުސަތު ދޭ ސަރުކާރެއްކަން ފާހަގަ ކުރައްވައި ވައްޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ރަދީފް

    ވައްޑޭ ކަލޭ ހިތުން ކަލެއަށް ތިބުނެވުނީ ވަރަށް މޮޅު އެއްޗެއް.ތިކަމުން އަންގައިދެނީ ކަލޭގެ އެއްވެސް އަޙްލާގެއް ނެތްކަން.ހިތުން ދެން ނިކަން މޮޅު މީހަކަށް ވެގެން ތިމާއަށް ތިމާގެ ހިޔަނި ފެނިފަ ހުންނަ ކޮހެއް.

    129
    4
  2. މަބޭ

    ވައްޑެޔައް ވަރައްވެސް އަސަރުކޮއްފި އެހެންތާވާނީ ދާއިރާއިން އެހާގިނަބަޔަކު އިންޑިޔާހައުޓް ހަރަކާތުގަ ބައިވެރިވީމަ

    109
    1
  3. އަމީރު

    ސާބަސް ވައްޑޭ. މުޅިން ތެދު. ތިބުނި ގޮތަށް ޖެހުމާއެކު އަދި "ވަގު އައުޓް" މިހެންވެސް ޖަހާލުން ރަނގަޅު.

    6
    137
    • ލޮލް

      އުނހު ކަމަކުނުދާނެ، އޭރުން އައުޓުވާނީ ވެލާނާގޭން ވައްކަންކުރި ބޮޑު ވަގު.

      24
  4. އަހްމދުު

    ކަލޭގެ ތަ؟

    67
  5. ލޮލް

    ކަލޭ "ބަފާ" ތިކިޔަނީ މޯދީއަށްތަ؟ އެހެން ވިއްޔާ މޯދީވެސް އައުޓު.

    115
    1
  6. Anonymous

    ވަލުޖަނަވާރުންނަށްވުރެ ދަށުދަރަޖައަށް ވެއްޓުނީމަ ކަމަކުނުދޭ، މާތްﷲ ތިބާއަށް ހެޔޮވިސްނުން ދެއްވާށި.

    97
    • ޢަހުމަދުވަގާރު

      ކަލޭ ހިމެނޭނެ އެ ގުރޫޕުގަ

      2
      5
  7. ކެނެރީގެ މާފަތް އެދުރު

    ވައްޑެ ރަނގަޅުވާނެ އިންޑިއާ އިން ކިއުމަށްވުރެ އަމާ އިން ކިއިންޔާ ވައްޑެގެ އެވާހަކަ ޚަބަރުގައި ޖެހި ގޮތައް މިކޮމެންޓް ވައްޑެއަށް ފެންނަ ގޮތައް ޖަހާދިނުން އެދެން އިންޑިއާ އައުޓް އޯކޭ ވައްޑޭ

    70
  8. Anonymous

    މިތިބެނީވެސް ދިވެހި ދައުލަތުން މިލިއަނުން ފައިސާނަގާ ގޮތެއްފޮތެއްނެތް ބާޒާރުމަތީ އުޅޭ ދިވެހި ގައުމުގެ ގައްދާރުން.

    96
  9. މަސީހު

    ބަފާއައުޓްވާތަން ދައްކާލާނަން ބަލަންތިބެ.

    89
    1
  10. އަފީ

    ރައީސް އަބްދުﷲ ޔާމީން ޓީޝާޓުކޮޅުގައި "އިންޑިއާ އައުޓް" ޖެހީ ރައްޔިތުން ބޭނުންވެގެން! މިއަދު ބަފާޔަށް ތިގޮވާލީ އެތަށް ހާސް ދިވެހި ރައްޔިތުންނާ ދިމާލަށް. ބަޔަކު ޕްރެސަރަށް ދިޔައީމަ ތިކަހަލަ އެތަށް ކޮހެއް ގޮވޭނޭ! ރައްޔިތުންގެ ފޯކަސް ހުރީ 2023 ގެ އިންތިހާބް އަދި އިންޑިއާ އައުޓް

    92
    1
  11. އައުޓް

    ރައީސް ޔާމީން ވެރިކަން ކުރެއްވީއަކީ އާއިލީބަޔަކަށް އެއްބަޑުބަޔަކަށް އެއްބަފާބަޔަކަށް މަހުޖަނުން ތަކަކަށް ނުވަތަ ނުފޫޒްގަދަ ފަރާތްތަކަށް ނޫނެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ ދިވެހި ރައްޔިތުންނަށެވެ. ކުރިން މިދެންނެވި ގިންތީގެ ބަޔަކުވެސް ގޯސް ކަމެއް ކޮށްފިނަމަ ނުވަތަ ފަޑިޔާރުންނަށް ރިޝްވަތުދިންކަން ތަހުގީގައް ސާބިތުވެއްޖެނަމަ އެބައެއްގެ މައްޗަށް ގާނޫނުއަރާ ހަމަކުރާނެއެވެ. އެމީހެއްގެ މައުސޫމުކަން ދައްކަންވާނީ ފަނޑިޔާރުންގެ ކުރިމަތީގައެވެ.

    80
    2
  12. އައުޓް

    ޖަހަލްވާ އެއްޗެއް ކަލޯއަކަށް ނޭގޭނެއެވެ. ޖަަހަންވާއެތި (އިންޑިއާ އައުޓް) އެވަނީ ޖަހާފައެވެ. އިރާދަކުރެއްވިއްޔާ މުޅިގައުމުގައި އިންޑިއާ އައުޓް ޖަހާނަމެވެ. އަދި އިންޑިއާމިލިޓަރީ ބޭރުކުރާނަމެވެ.

    74
  13. Anonymous

    ޢަދި ކިރިޔާ މި އިނގުނީ އިންޑިޔާއަކީ ރީދޫ ހުންޖެހިފަ ތިބި މޑޕ ގެ ބަފާކަން.

    76
    1
  14. ދަރަނި ދަންތުރަ

    އިންޑިޔާ އައުޓު ކިޔާތީ މިވެރިންގެ ހިތަށް ހާދަތަދުވެޔޭދޯ އިންޑިޔާއިން ބައިވަރެއް ކާލައިގެން ތިބީމަތާ ، އިސްލާމް ދީނަން ފުރައްސާރަ ކުރިޔަސް ކަހާތަން ހިރުވާވެސް ނުލާ

    76
    1
  15. ބޯޖަލީލު

    މި ފައްކާ ދެބޯ ބުރާންޗެއް...

    68
    1
  16. އަބޫ

    ޔާމީންގެ ބައްޕާފުޅު ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ. ވައްޑެގެ ބަހުރުވައިން ނަމަ ޔާމީންގެ ބަފާ ވަނީ މި ދުނިޔެއިން އައުޓުވެފައެވެ. އަބުރުވެރި ސާދާ ދިރިއުޅުއްވުމެއްއުޅުއްވި ދޮންސީދީ (ރަޙިމްހުﷲ) ގެ ޒާތުފުޅާއި ބެހުނީތީ ވަރަށް ހިމާމަ ކުރަމެވެ.

    65
    1
  17. ޢައިޝަތު

    މުހައްމަދު ވަހީދު ގެ ބައްޕަ އަށް ހެޔޮ ގޮތް މިންވަރު ކުރައްވަށި އެކަމަކު އޭނަގެ ދަރި ވައްޑޭ ކިޔާ މަޖިލިސް މެންވަރަކަށް ނުވިސްނޭ ހެޔޮ އެކައްޗެއްވެސް. އޭނަގެ ކިބަޔަކުން ތިބަފާއަށް ހެޔޮ ސަވާބެއްނެތް. އަދި އޭނާގެ ސަބަބުން އެހެން މިހުންގެ ބަފައިންނަށް ބަދު ބަސް. މައުމޫންގެ ބައްޕަ ޤައްޔުމް އަށް ވެސް ބަދު ބަސް ބުނެފި.

    60
  18. އަލީ

    އިންޑިއާއަކީ ވައްޑޭގެ ބަފާތޯ؟ މީވެސް އިންޑިއާގެ މަޖޫރީއެއް. އިންޑިއާ އައުޓް ނުހުއްޓުވޭނެ. އިންޑިއާ ސިފައިން ފައިބަންދެން އެކަން ކުރިޔަށް ގެންދެވޭނެ.

    58
  19. ޥައްކެބަފާ

    ލަނދުހަޔާތް ކެނޑިފަ ހުރިވަރު ނިކަން ބަފާ ގެ ލާރިދޯތިކަނީ

    62
    1
  20. ހަސަނާ

    ކަލޯ ވަހީދޫ ކެރެންޔާ ތާއޭދު އޮތްވަރެއްބަލާލަން ދާއިރާގޮޑިން އިސްތިއުފާދީފާ ދެން ހޮވިލަބަލަ ތިޔަގޮޑިޔަކީވެސް ޔާމިނު ކަލެއައްހޯދާދިންގޮޑިއެއް ޔާމިނު މަތީނައްތާއިދުކުރިނަމަ ތިސޮރު ތިގޮޑިއަކުނުއިންނާނެ..

    52
  21. އިބްރާހީމް

    މިއީ މި ގައުމުގެ މަޖިލިސް މެމްބަރުންގެ ފެންވަރު..

    61
  22. ާއަލީ ބުނީ

    މީނާނަން ބަފާ އައުޓް އައް ބަދަލް ކުރަން ފެނޭ. ރައްޔިތުން ދެން މީގެފަހުން މީނާއައް ބަފާއައުޓް ކިޔާތި.

    52
  23. ބަފާ

    މިފެންވަރު މީހުން ރީދޫ ޕާޓީގަ އުޅެނީ !!

    59
  24. މަކުނު

    ވައްޑެ ހާދަ މޮޅު އެއްޗެކޭ ދޯ އެބުނީ.

    42
    1
  25. މަންމާފުޅު އަދުރޭ

    ވަރަށްވެސް ރަނގަޅުވާހަކަފުޅެއް، އަހަރެމެންގޮވަންވީ ކަރަޕްޝަން އައުޓް، އެއްމިލިޔަން ޑޮލަރު އައުޓް، ތައިލެންޑުންހޯދަނީ ހިލޭއަންހެނުންނެއްނޫނޭބުނި މީހާ އައުޓް، ރައްޔިތުންނަށް އަފިހުން ދޭންބުނި މީހާ އައުޓް، ހަލާލެއް ހަރާމެއް ނުބަލާނޭބުނި މީހާ އައުޓް، ވެރިކަން ނިންމާލާފަ އަމިއްލަގެ ބުރި ބުރިއަށްނަގާ މީހާ އައުޓް،

    2
    55
    • ޞޮއްޓި

      ދެންކަލޭގެ ހޭދެބައިވެސް ތިޔަހުރީ އައުޓުވެފައި..

      33
  26. އޭދަފުށީ މުހައްމަދު

    ތިޔަ ވިދާޅުވި ވައްޑެގެ ޓީޝަޓުގައި ބަފާ އައުޓް ޖަހާ ވާހަކަ ތޯ؟ ތިޔަހަރަ ބަސްމަގެއްތާ ދޯ. އާން އެހެންނު ވާނީ. ވަކަރުގެ އިން ދަސްވެނިވެގެން އައިސް މަޖިލީސް ބަކަރިކޮއްޓަށް ފުންމާލެވުނީމަ ފެންވަރު އޮޅިފަ. ކިޔާފާނެ ކޮންމެ އެއްޗެކޭވެސް. ރައީސް ޔާމީން ފަހަތްޕުޅުގަ މި ތިބީ. އެމަނިކުފާނުު ރައީސް މައުމޫން ޖަލަށް ލީ ޖަލަށް ލާން ޖެހިގެން. ގާނޫނަށްވުރެ މަތީގައި އެކަކަށްވެސް ނުހުރެވޭނެކަން ތިޔަކަހަލަ ބުރަންތިވެފައި ތިބި މީހުންނަށްވެސް ފިލާވަޅެއް ދިނުމުގެ ގޮތުން. ތާރީހު އޮޅުވާލަން އުޅޭނެ ކަމެއްނެތް.

    53
  27. ޢަލީ

    އެއޮތީ ޖަހާފަ، "އިންޑިޔާ އައުޓު" އަދިވެސް ޖަހާނެ، އަދި ތިރަށުގަވެސް ޖަހާނަން، ފައިނުގަވެސް ޖަހާނަން،

    50
  28. ބަފާ ވައްޑެ

    އަމާ ހަސަންޓެ އާއި ބަފާ ވައްޑެ މައްމަ އާއި ބައްޕަ އާއި ބެހެނީ ހުރި އަންސިވިލައިޒްކަމުން. މަޖުލީހައައް ނަޝީދު ޖާގަދެނީ މީހާގެ ފެނަވަރައްވުރެ އޭނަޔައް ވަފާތެރި ކަމައް ބަލާފަ.

    52
  29. ނުކިޔަ ވާ

    އެމަނިކުފާނަށް ހުތުރު ފުޅު ރައްދުވާ ގޮތަށް ޢިއްޒަތްތެރި މެމްބަރު އެ ކުރެއްވީ ވަރަށް ދަށު ދަރަޖާއި ގެ އަމަލެއް

    47
    1
  30. ހަލޯ

    އުގޫފާރު ދާއިރާ މިންބަރ އަކީ ޖަނަވާރެއްގެ ސިފަލިބިފައިވާ މީހެއް ، އަޚްލާގެއް ގޮތެއްފޮތެއްވެސް ނުހުންނަ ޖާހިލެއް ތިޔައީ

    56
    2
  31. އިބްރާހިމް

    ވައްޑޭއާއި އެމްޑީޕީ އައުޓް. އަދި އިންޑިއާ އައުޓް.

    52
    3
  32. އަލިރާޖާ

    ވައްޑެބަފާ އިންޑިއާ އައުޓް. އެމްޑީޕީގެ ބަފާ އިންޑިއާ އައުޓް.

    33
  33. ޙަސަން

    މިކަހަލަ އަކުރު ނޭގޭ ޖާހިލުން. ނަށް ތިމާމެން ވިހޭ ޢަމަޔާ ބެހޭއިރުވެސް ނޭނގޭނެ. މީ ވަރަށް ނާތަހުޒީބު ތަންމަރު ތާޅަފިއްޔެއް

    33
    1
  34. ހާލުފޮޅި

    މިދެން ކާކުތަ؟ ތަނެއްދޮރެއް އުޅުމެއް އަހުލާގެއްވެސް ނެތް.. ލަދުން ބޯހަލާކު.. ސައިޒު ބޮޑު ބޫޓަކަށް އެރުނީމަ ވާގޮތް...

    13
    2
  35. ރަން ރީނދޫ

    ޔާމީނު ގެ ވަރަށް ކާމިޔާބު ކެމްޕޭން އަކަށް "އިންޑިއާ އައުޓް" މިވީ. އިދިކޮޅު ފަރާތްތައް އަބަދުވެސް އެ ކެމްޕޭން ގާ ތާށިވެފަ މިތިބެނީ،ޑިފެފެންސަށް ފައިބާފަ. ޕަކާސް.

    15
    1
  36. އަސްވާނު

    ދައްކާނެ ވާހަކަ ހުސްވެފަ ތިބޭމީހުން އަނގަހަޑިވާނެ

    15
  37. ނަދާ

    ބުނެލަން ބޭނުންވަނީ އިންޑިއާ ސިފައިން ހަމައައުޓް ވ ސާފް

    13
  38. ފާފު ދާލު.

    ހާސްވެ ކަން ބޮޑުވިޔަސް އައުގުރާނަ ގޮވިޔަސް ދިވެހި ރައްޔަތުންނަށް މަލާމާތް ކުރިޔަސް އިންޑިއާ އައުޓްދާނީ ކުރިޔަށް. އެއީ ގައުމީ ވަންތަ ގައުމީ ޙަރަކާތެއް. ސަރުކާރު ޖެހޭނީ ހަމަބިމަށް ތިރިވެ އިންޑިއާ ސިފައިން މިތަނުން ފައްސާލަން.

    13
  39. ފާފު ދާލު.

    އިންޑިއާ އައުޓަކީ ގައުމީ ޙަރަކާތެއް. އެއީ ދިރުމެއް. މަހާތުމާ ގާނދީ އިންޑިއާ މިނިވަންކުރި ގޮތަށް ދިވެހިން އިންޑިއާ ކިބައިން މިގައުމު މިނިވަން ކުރާނެ. އެޙަރަކާތް ކުރިޔަށްދާތީ ގޮތްހުސްވެ ކޮސް ގޮވާނެ ކަމެއްނެތް.

    14
    1
  40. ެެނޫ މެެން

    އެމްޑީޕީގަ ތިބޭނީ މިކަހަލަ އަމާ ބަފާ ގޮވަން އިގޭ މުޑުދާރު ބައިގަޑެއް.

    19
    • އަލިބިޔާއްކަލޯ

      %100 އޭގެމީހުން ތިބޭނީ

      10
  41. ކަންނެއް އަލިރާޖަ

    އިންޑިއާ މަސްޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ އިންޑިއާ މަސޓް އައުޓް މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސްޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ އިންޑިއާ މަސޓް އައުޓް މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ އިންޑިއާ މަސޓް އައުޓް މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސޓް އައުޓް އިންޑިއާ މަސްޓް އައުޓް އިންޑިއާ މަސްޓް އައުޓް އިންޑިއާމަސްޓް އައުޓް ބައްޑޭ އައުޓް