ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އިންޑިއާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންއަކީ އޭގެ ސަބަބުން ރާއްޖެއަށް ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ވެރިކަންކުރަ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ތާއިދު ހޯދުމަށް ރޭ ށ. ފޯކައިދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅުން ފަށައިގެން އުޅޭ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިިންޑިއާ ސިފައިން ބާލުވަން ގޮވާލާ ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީސް މީޑިއާއިން ފެށި އެ ކެމްޕޭނު ފުޅާވަމުން ގޮސް މިހާރު ބައެއް ރަށްރަށުގެ ރައްޔިތުންވެސް ގެންދަނީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ކެމްޕޭނަށް ސަރުކާރުގެ އިސްބޭފުޅުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ލާމެހިފައިވާ ދުނިޔެއެއްގައި ނޭފަތު ކުރިއާ ހިސާބުގައި ވިސްނުން ބަހައްޓައިގެން ލިބޭނެ ތަރައްގީއެއް ނެތެވެ. އަދި ގައުމުތަކާއި "މޫނުކެނޑި" ދެބަސްވާ ހިސާބަށް ކަންކަން ދިޔުމަކީވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އިޝާރާތް އެ ކުރެއްވި އިންޑިއާ ދެކޮޅަށް ހިންގާ ކެމްޕޭނަށެވެ.

"އައުޓެއް ނުވެވޭނެ. އިންވާން ޖެހޭނީ. ބޭރުވެގެން ރޭރުވެގެނެއް ވާނޭ އެއްވެސް ކަމެއް އަޅުގަނޑަކަށްވެސް ނެތް ތިބޭފުޅުންނަކަށްވެސް ނެތް. ރައީސް ޔާމީން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް" މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމުތަކާއި ޖައްސާލުމުގެ ނުރައްކަތެރިކަން ގައުމުތަކުގެ ހަޔާތުން ފެނިފައި އެބަހުރި ކަމަށާއި، އޭގެ ސަބަބުން ބައެއް ގައުމުތަކުގެ އިސްތިގުލާލާ މިނިވަންކަންވެސް ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިހުރި ކަަމަށް ވިދާޅުވިއެވެ. އިންޑިއާއަކީވެސް ދުނިޔޭގެ ބޮޑު ބާރަކަށްވާއިރު އެގައުމާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ ކަންކަމުގެ ތެރެއަށް ވެއްޓެން ރާއްޖޭގެ ރައްޔިތުން ބޭނުންނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަމުން އައި ޗައިނާއާއެވެ. ރާއްޖޭގެ އުމްރާނީ މަޝްރޫއުތަކަށާއި އެހީތައް އޭރު ދެމުން އައީވެސް ޗައިނާއިންނެވެ. އޭރު އެމްޑީޕީން އިދިކޮޅުގައި އޮތްއިރު ބުނަމުން ދިޔައީ ޗައިނާއާއެކު ބާއްވަމުން ގެންދަނީ އަޑިނޭނގެ ގުޅުން ތަކެއް ކަމަށެވެ.

މި ސަރުކާރުން އިންޑިއާއާ ބާއްވަމުންދާ ގުޅުމަށް މިހާރުގެ އިދިކޮޅުގައި ތިބި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގުޅުމަށް ވެސް ވަނީ ފާޑުވިދާޅުވަމުންނެވެ. އިންޑިއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. އަފީ

  ރައީސް ޔާމީން ކުރައްވަނީ ގައުމީ މަސައްކަތެއް! ނަޝީދު ކުރައްވަނީ އަޅުވެތިކަމުގެ މަސައްކަތް! ރައީސް ޔާމީން ކުރައްވަނީ ދިވެހީންގެ މިނިވަންކަމުގެ މަސައްކަތެއް! ނަޝީދު ކުރައްވަނީ ދިވެހީ ވިއްކާލުމުގެ މަސައްކަތް!

  123
  3
 2. ބުރާސް

  ނަސީދ ތިކުރަނީ އަބުޖަހުލާ ހަމާން ގާރޫނަށްވުރެއްވެސް ނުރައްކާތެރި މަސައްކަތެއް މިގައުމުގަ އޮތް އިސްލަމީ ވަހުދަތު ނަގާލަން ހައްޅިޔާ ދިނީމިނިވަންކަން
  ޢާންމުކުރަން ބޭރުގެލާދީނިއްޔަތު ފެތުރުމަށް ބޭރުގެ ޖަމާއަތްތަކުން ފަންޑު ހޯދައިގެން އިންޑިޔާއިން ކަޅުފައިސާ ނަގައިގެން މިގައުމު އިންޑިޔާގެ އަޅުވެތިކަމަށް ދުއްވާލުމުގެ މުގުލުގަ މީ ނޫންތޯ މިގައުމަށްހުރިއެންމެ ނުރައްކާތެރި މީހަކީ ހިފާ ހައްޔަރުކުރަން ޖެހޭނެ އިސްލާމްދިނާ މިގައުމުގެ މިނިވަންކަން ދިފައުކުރުމަށްޓަކާ

  91
  1
 3. އަހުމަދު

  ރ ޔާމީން ކުރައްވާ އެ މަސައްކަތް ރަނގަޅު. އިންޑިޔާ ސިފައިން ރާއްޖޭގަ ތިބުމާއި އިންޑިޔާއަށް ގައުމު ދަރާ ވިކުން ބަލައި ނުގަގެވޭނެ

  91
  1
 4. ދަރަނި ދަންތުރަ

  ދިވެހިރާއްޖެ ޔާ ދިވެހިންނަން އިސްލާމް ދީނަން ކެނެރީގޭ ނަސީދަށްވުރެ ބޮޑު ނުރައްކަލެއްނުވޭ ނަސީދަކީ ދިވެހިންގެ ހަލާކު

  88
  1
 5. ހުސޭނުބޭ

  މޯދިބޭ ކައިރީ ކަލޭ ބުނީމު ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭސްއެއް އޮވެޔޭ! އެބުނާ ޗައިނާގެ އަސްކަރީ ބޭސް ދައްކާބަލަ.

  87
  1
 6. ރައްޔިތެއް

  އިންޑިއާ އައުޓް ހަރަކާތަކީ ނުރައްކާތެރި ހަރަކާތަކަށް
  ބަދަލުކޮށް އިންޑިއާގެ އިތުރު ސިފައިން ހަތިޔާރާއި އެކު
  ރާއްޖެ ގެނައުމަކީ ނަސީދުގެ ވިސްނުމެކެވެ ރާއްޖެއިން
  އިންޑިއާ ސިފައިން ފާއިބަން ގޮވާލުމަކީ ޚިޔާލް ފާޅުކުރުމުގެ
  މިނިވަން ކުގެތެރެއިން ރައްޔިތުން ބުނަންބޭނުންވާ ބަސް
  ބުނެ އިއްވުމުމެވެ އޭގައި ނުރައްކަލެއް ބިރުވެރިކަމެއް
  ނާމާންކަމެއް އޮތްނަމަ އިންޑިއާ ސިފައިން ރާއްޖޭގައި
  ތިބުމުގެ ހަގީގީ މަގުސަދާމެދު ސުވާލު އުފެދެއެވެ އަދި
  ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމަށް ސަރުކާރަށް
  ގޮވާލަމެވެ.

  76
 7. Anonymous

  ދިވެހި ރާއްޖެއައް މިއަދު ދިމާވެފަ މިވަާ ހުރިހާނުރއްކަލަކާދެރައެއްގެ އަސްލަކީ ކަލޭ ރައީސް ޔާމިން އަކީ އިސްލާމީ ވަތަނީ ލީޑަރެއް އެމަނކުފާނަކީ ސަލާހުއްދީނުލްއައްޔޫބީ ،ބޮޑުތަކުރުފާނު ފަދަ ޒަމާނީ ވިޝަނަނަރީ ލީޑަރެއް

  74
  1
 8. މަބޭ

  ނުރައްކާތެރީ އިންޑިޔާއައްގޮސް ރާއްޖެހިފަން އިންޑިޔާސިފައިންފޮނުވަންގޮވުންތޯ ނޫނީ ސަޕޯޓަރުންލައްވާ މުޅިގައުމުގަހުޅުޖެހުންތޯ

  64
 9. Anonymous

  ކަލޭ ކޮންމެކަމެއްކުރިޔަސް އޯކޭ، ޔާމީނުކުރީމަ ނުރައްކާ، ތީދެން އަރަތެއްނުން.

  72
  1
  • ހަސަން

   ދެން މިކަލޭގެ ޗައިނާއާ އަޅައިގެން ނުނެއްޓިގެ ްްއުޅެނީ ކީއްވެ. ހަމަ މަކަރުވެރި ހީލަތްތެރި ނުބައި މީހެއް.

   49
   1
 10. ސަރުދާރު

  ކަލޯތިކުރަނީމާނުރަށްކާކަމެއްމުޅިގައުމުބަޔަކަށްވިއްކަނީ

  62
  1
 11. ތެދު

  ކަލޭގެހަޔާތުގަ މިއިސްލާމީދައުލަތުގަ ކޮއްފަހުރީހުސް ބިރުވެރިކަންތައް..މިހާރު އާޓޮވިޓަރ ނަންބަރަކުން ތިކުރައްވަނީ ހަމައެކަން ދީނައްފުރައްސާރަކުރުމާ ގައުމުފަސާދަކުރުން..
  ޔާމީންއެކުރައްވަނީ ގައުމުސަލާމަތްކުރުން.

  62
  1
 12. އިއްބެ

  ކަލޯ އަންނި ކަލޭ ތަރައްގީގެ ވާހަކަ ނުދައްކާ އިންޑިއާ އައުޓް

  60
  1
 13. އިބްރާހިމް

  ނަޝީދު މަސައްކަތްކުރަނީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގެންދަން. އިންޑިއާ އައުޓް.

  63
  1
 14. ސޫއޫދު

  މަތީތައުލީމް ލިބިފަނެއްބަޔަކު ތައުލީމީގާބިލް މީހުނައް ރައްދުދޭންއުޅުމުން މުޅިދައުލަތް އޮރިޔާންވަނީ ކޮންމެ ރެއަކު މަހޭބުނީކުޜާނަމޭ މިވަރައްވާނީ ގަދަކަމުން ނުކުރިއަސް މައިކެއްލިބޭއިރަތް ސޯޓްވެއްޓެނީ މިވަރުމީހުން ބުނެގެން ދައްކާމީހަކައް ވޯޓްދޭން ހެޔޮނުވާނެ އެއްދިޔައެތްނިކުއްނާނީއެއިން ހަޑިވާނީ ތާހިރެއްނުވާނެ ޗިޗަންޑާ19

  49
  1
 15. އިސްޢާފް ސަލީމް

  ޔާމީން އެ ދައްކަވަނީ ޙަޤީޤީ ވާހަކަ! މިތަނުގައި އިންޑިޔާ ސިފައިން ފުނިޖަހާފަ އެބަތިބި! ދައުލަތް ހިންގަނީ އިންޑިޔަ އެމަބްސީން ދޭ ލަފަޔާ އެއްގޮތަށް! އެމީހުންނަށް ރަށްތައް ވިއްކައިފި! ދައުލަތުގެ އިސްބަސްބުނަނީ އެމީހުން. އިންޑިޔާގެ މިލިޓަރީ ބޭސްތައް 3 ސަރަހައްދެއްގައި އެދަނީ ހެދެމުން. މިނިވަން މުވައްސަސާތައް އޮތީ އިންޑިޔާގެ ބާރުގެދަށުގައި! މިވަރު ވެގެންދާއިރު ޤަވްމުގެ މިނިވަންކަން ދިފާޢުކުރުމަށް ވާހަކަދެއްކުމަކީ ނުރައްކާތެރި ވާހަކަކަމަށް ބުނާމީހާ މާ ނުރައްކާތެރި!

  57
  1
 16. ނާދިރާ

  ކަލޭ އަންނި ކުރާކަންތައް މާ ނުރައްކާތެރި. ބޯންވާނެ ބޮވެންޖެހޭ. މިނޫން އެހެން ގޮތެއް ހޯދަންޖެހޭނެ. ބުނީކަލޭ ނޫންތަ

  51
  1
 17. ނަދާ

  ތިބޭފުޅާ ތިބުނުއްވީ މާ ނުރަށްކާ ވާހަކައެއް

  47
  1
 18. ރައްޔިތުމީހުން

  ނަޝީދު ތާރަޖަހަމުން މުޅި ދިވެހިރާއްޖެ ބޮއިކޮޓްކުރަން ދުނިޔޭގައި ދުވި އިރޯ..
  އިންޑިއާގެ ކިބައިން ރާއްޖެ ހިފަން ގޮވިއިރު އޯ..

  56
 19. ބޭރުމީހާ

  ރ ބަރުލަމާނީ ނަޝީދު އިސްވެހުރެގެން މިގައުމުގެ މިނިވަންކަމާއި ސިޔާދަތު އިންޑިއާއަށް ވިއްކާއިރު އެއަށްވުރެ ބޮޑު ނުރައްކާތެރިކަނެއް އޮންނާނެބާ؟

  35
  1
 20. ފާއިޒު

  ގައުމުތަކާއި "މޫނުކެނޑި" ދެބަސްވާ ހިސާބަށް ކަންކަން ދިޔުމަކީވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށް ވިދާޅުވާއިރު ތިމާ މީހާއެއް ނޫންތަ ފުރަތަމަ އެގޮތަށް އުޅުނީ. ޗައިނާގެ އެހީތެރިކަމެއް ނެތް ކަމަށް ދައްކާން ބުހުތާން ދޮގުތައް ފަތުރާ އުޅުނީ

  36
  2
 21. ނުދަންނަމީހާ

  އަންނި މިހާރު މީސް މީހުނާ އިދިކޮޅަށް ވާހަކަ ނުދައްކާ ހުރިއްޔާ މާ ތާހިރުވާނެ. އަންނިއަކީ ހުރިހާ ރޮގަކުން ބެލިޔަސް ފަސްބައި ވަރަށްބޮޑަށް ހަޑިމުދުދާރުވެފަ ހުރި މީހެއް. ހަމައެކަނި އަންނިއެއް ނޫން މުޅި އާއިލާވެސް.

  36
  1
 22. އަބްދޫ

  ވަގު އެއްބަސްވުންހަދައިގެން އިންޑިޔާ ސިފައިން މިގައުމަށް އެރުވުމަކީ ވަގު ނަސީދު ހެއްދެވި ވަރަށް ބޮޑު ގޯހެއް ވަރަށް ބޮޑު ހިޔާނާތެއް. އެކަން ރަނގަޅު އެއްޗަކަށް ހަދަން އުޅުނަކަސް ދިވެހިން އެކަން ގަބޫލު ނުކުރާނެ. ދޮގާއި މަކަރާއި ހިޔާނާތް އެކުލެވޭގޮތުގަ މީހާ ހިޔާނާތްތެރި އަކަށް ވަނީ ހަރާމް ތަކެތި ކައިގެން ބޮޑުވީމަ. މައިޓްކުންފުނީގެ ވަޒީފާއެއްގަ ހުރެ ކެރަފާސައްތާރު އެކުންފުނީގެ ފައިސާއަސް ހިޔާނާތް ވުިކަމަށް ސަރިއަތުން ހުކުމް ކޮށް އިފްލާސް ކުރވިފާވޭ. މި މީހުނަށް ކާންދިބީންދިނީ މިފައިސާ އިން މިމީހުނަށް އެ ފައިސާ ހަލަލުވާނޭތަ؟

  37
  1
 23. އަނެއް އަންނި

  އިސްލާމް ދީނަށް ފުރައްސާރަކޮށް އިދިކޮޅުގައި ހުރެގެން ދިވެހިރައްޔިތުން ބަނޑަށް ޖައްސަން ޓްއަރިޒަމް ބޮއިކޮޓްކޮށް މަސްތުވާތަކެތި ބޯންވާނެއޭ ބޮވެންބާނެއޭ ބުނި އިރު ނުރައްކަލެއްނެތި މިގައުމުގެ މިނިވަންކަމުގެ ދިފާއުގައި އެއްޗެއް ބުނީމަ ނުރައްކާވާނީ!

  38
  1
 24. ކޮއްުޔާ

  ކަލެއަށް ވުރެ ބޮޑު ނުރަށްކަލެއް މިގައުމަކުނެތް // ތީ ދިވެހީންގެ ހަލާކު މިގައުމު ފަސާދަކުރާ މީހުންގެ ބޮޑު //
  އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

  36
  2
 25. ލައިލާ

  އަންނި އައުޓް، ހިސާން އައުޓް

  10
 26. ކނރގ މޮޔަސޮރު

  ކަލޭ ޓްވަރިޒްމ ބޯއިކޮޓް ކުރަން ގޮވުމުން ވީގެއްލުންކޮބާ ؟
  ޢިންޑިއާއަށް ނުައަގުގައި އެއަރޕޯޜޓް ދީފައި އަދި އިންޑިއާއަށް އެއަރޕޯޓް ޗާރޖެސް ޕެއިކުރީކާކު ؟
  އިންޑިއާ ސިފައިން ރާއްޖެއަށް އަރަން ޖެހޭ ވާހަކަ ޝާހިދު ބުނިތަ ؟
  މާރިއާ ފިނދަނަޔަށް ގޮވީ ކޮންބަޔަކާއި ދިމާލަށް.
  ކަލޭ ޑެންމާކްގައި ރަސޫލާއަށް ސަލަވާތް ކިޔެވީތަ ؟

  10
 27. އަސްވާނު

  ރައީސް ޔާމީން ކުރައްވަނީ ޤައުމީމަސައްކަތެއް، ޤައުމު ގެ މިނިވަންކަންގެއްލި ބޭރު ޤައުމަކަށް މިހާރު ވެރިންގެ ނަމުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ މަންފާއަކަށް ވިއްކާލާތީ ރައީސް ޔާމީން ކުރައްވާ ވަރަށް އަގުހުރި މަސައްކަތެއް، ސިއްކީމް އަށް ހެދި ގޮތް ދިވެހި ޤައުމަށް ހެދިޔަ ނުދިނުމަށް ޤައުމުގައި ހުރި ހަމަ އެކަނި ކެރިވަޑައިގަންނަވާ ލީޑަަރަކީ ރައީސް ޔާމީން! ސާބަސް !

  10
  1
 28. Anonymous

  ރައީސް ޔާމިން އަކީ ދިވެހިންގެ އުއްމީދު ކަލެތީދިވެހިރއްޖެ ދުއްއެނމެ ނުރައްކާތރި ހާއިނު

 29. އިލަބޭ

  އެހެވީމަދޯ 12 13 ގަ ހުޅުޖެހީ

 30. ކައްތިރި

  ބޮޑު ހުލު ޖެހިން ދޯ

 31. ތަފާތު

  ރައީސްޔާމީން ކުރައްވާ މަސައްކަތް އިންޑިޔާއަށާއި އެމީހުންގެ އައުވާނުންނަށް ވާނީ ކިތަންމެހައިވެސް ނުރައްކާތެރި މަސައްކަތަކަށް. އެކަމަކު އެމަސައްކަތްވާނީ ދިވެހި މުސްލިމް ރާއްޖޭގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި އެންމެމަތިވެރި މަސައްކަތަށް.

  10
 32. ކަނދިލި މަނިކް

  ބަލަޓާޓާޔައް ހިބައިން ދިވެހިރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން 200 މިލިޔަންޑޮލަރ ދޭން ހެދިޑީލް އެންމެންނައް އެނގޭއިރު ލަދެއްނެތުނީމަ ތިޔަ ވާހަކަ ދައްކަމުން ދުވަނީ

 33. ދިވެހި ރައްޔިތުން

  ތިޔަ 2 މީހުންނަކީ ވެރިކަން ލިބި އެކަމަކު އަދުލުވެރިކަމާއެކު ވެރިކަން ކުރަންނޭނގުނު 2 މީހުން ކަމުގައިވަނީ ލިޔެ ބަޔާންވެވި ނިމިފާ،