އައްޑޫ ސިޓީ ކައުންސިލް ހިންގަމުން އަންނަ އިމާރާތް ހައުސިން މިނިސްޓްރީ އަށް ނަގަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ އިމާރާތް ނަގަން ނިންމީ ދައުލަތުގެ ބޭނުމަކަށް ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

އެ އިމާރާތް ހަތް ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހަވާލުކުރަން އަންގާފައިވާއިރު، ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫ ކައުންސިލް ހިންގާ އިމާރާތް ހައުސިން އަށް ނަގަން ނިންމި ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ކައުންސިލް އިދާރާ އިން ވިދާޅުވިއެވެ.

ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރާއިރު އެ ތަނުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އޮފީސްތައް ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫ މީރާ ބްރާންޗް ވެސް ހިންގަމުން އަންނަނީ އެ ތަނުގައެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެވެ.