ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އާ ވޭރިއަންޓަށް 74 މީހުން ފައްސިވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެ އިން ބޭރަށް ފޮނުވި 1،796 ފައްސި ސުންކުގެ ތެރެއިން 74 ވޭދަނައަކީ އޮމިކްރޮން ކަމަށެވެ.

އެންމެ ފަހުން 11 ޖެނުއަރީގައި ފޮނުވި 100 ފައްސި ސުންކުތަކުގެ ތެރެއިން 51 ސުންކު ވަނީ އޮމިކްރޮން އަށް ފައްސިވެފައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"މި އިން އެނގެނީ އޮމިކްރޮން ފެތުރިގެންދާ ހަލުވިމިނާއި އެހެން ސްޓްރެއިންތައް އޯވަޓޭކް ކުރަމުންދާ ތަން،" އަފްޒަލް ވިދާޅުވިއެވެ.

އޮމިކްރޮން ވޭދަނަތައް ފެނުނު ރަށްތަކަކީ މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ.

އެޗްޕީއޭން މީގެ ކުރިން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް ފެތުރުން އިތުރު ވެފައި މި ވަނި އޮމިކްރޮންގެ ސަބަބުން ކަމަށެވެ. ކޮވިޑްގެ އާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ ދެކުނު އެފްރިކާއިންނެވެ.

އަދި މިދިޔަ ނޮވެމްބަރު މަހު މި ވޭރިއަންޓް ރާއްޖެ އިން ވަނީ ފެނިފައެވެ. އޮމިކްރޮން ފެނުނީ ރާއްޖެ އައި ދެކުނު އެފްރިކާގެ ފަތުރުވެރިއެއްގެ ގައިންނެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގައެވެ. އަދި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 48 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަދި މާ ގިނަ ފިޔަވަޅުތަކެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 🙄🙄

    އާދައިގެ ރޯގާ އެބައުޅޭ. ކޮބާ ވެކްސިން ހެހިމީހުން ބަލިވީވަރު، މަރުވީވަރު، ލިބުނުގެއްލުންތައް؟

    3
    1
  2. ނާޅި

    ކޮވިޑް 19 އާއި ޑެލްޓާ ވޭރިއެންޓާއި އޮމިކުރޯމް މިހޯދާ ވަކިކުރާ ގޮތަކީ މަސްތަކުގެ ތެރެއިން ކަޅުބިލަ މަހާއި ކައްނެލިއާއި ރާގޮޑި ވަކިކޮށް ހޯދާ ގޮތަށްތޯ ؟

  3. ގޮއްޓި

    އެޗު ޕީ އޭ ގެ ނިއު އެފިސޯޑް ކޮރޮކޮރޯން

  4. ޖެލީ

    އަދިވެސް ނުވޭތަ ލޮކްޑައުން ކުރާ ކަށް ،މުޅި ގައުމުގަ ރޯގާ😓