މީސް މީޑިއާގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ދިވެއްސަކު މެލޭޝިއާގައި ހާލުގައި ޖެހިއްޖެއެވެ.

ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދުނީ އުފާ މުހުތާރު ފަހުމީ ނަމަކަށް ކިޔާ ދިވެހި ޒުވާނެކެވެ. އުފާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔައީ ޖެނުއަރީ 14، 2020 ގައެވެ. އޭރު އޭނާ ދިޔަ ތަނެއް ނޭނގެއެވެ.

އުފާ ޓްވިޓްގާއި ވީޑިއޯއެއް އާއްމުކޮށް ބުނެފައިވަނީ ކޮވިޑް-19އަށް ފައްސިވެ އޭނާގެ ހާލު ގޯސް ކަމަށެވެ. ޕެނަޑޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ނެތުމުން އިތުރު ބޭހެއް ގަންނަން ފައިސާ ހޯދައިދޭންވެސް އޭނާ ވަނީ އެދިފައެވެ.

ދީނަށް ފުރުއްސާރަކޮށް އުފާ ވީޑިއޯއެއް އާއްމުކުރުން އެ މައްސަލަ ފުލުހުންވެސް ބެލިއެވެ. އެކަމަކު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާތީވެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭރަށް ބަދަލުވެފައެވެ.

އޭގެ ފަހުން އޭނާ ދިރިއުޅެމުންދަނީ ބޭރު ގައުމެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މިހާރު ދިރިއުޅެމުންދަނީ މެލޭޝިޔާގައެވެ. އެތަނުގައި ދިރިއުޅެނީ ވިސާއާ ވެސް ނުލާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖެއިން ފުރުވާލުމާއި ބޭރުގައި އުޅުމަށް ދީނަށާއި ރަސޫލާއަށް ފުރުއްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެނުން އެހީވި ކަމަށް އުފާ ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ދީނާދެކޮޅު އެހެން ބައެއް ފައުންޑޭޝަންތަކުންވެސް ދިޔައީ އޭނާއަށް ފަންޑުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. އުފާ ޓު ހިތާމަ

    ދެންވެސް އިސްލާހުވާކަށް ހިތަކަށް ނާރާނެ.

    172
    8
  2. ލޮލް

    އަދިވެސް ތަރަ ތަރަ ޖަހާފަ ދާތި ރާއްޖެ ދޫކޮށްފަ

    166
    4
  3. ކޮއްޔާ

    ރާކަނިމަސް ހުންނާނީ ކެވިފަ ވާވަރަށް // އާޙިރުގައި މިތަނަށްދޯ ކޮންމެމީހަކު އަންނަންވެސް ޖެހެނީ ،،،،، ހެޔެހޭެ ،،،،

    167
    4
  4. ސަލީމްބެ

    ކޮބާ މަންޖެ ކިހާވަރެއްވި ބާ ތިފާޑަށް ދީނަށް ފުރައްސާރަކޮށް އުޅޭ މީހުންނަށް ލިބޭ ލަނޑު ކުރިން ފުރައްސާރަކޮށް އުޅުނު އިރު އެހީވެ ހިތްވަރު ދިން ޝައިތޯނުންތައް ދެނެއް އެހީ ނުވާނެ މިހާރު ބޭނުން ނުހިފޭ މީހަަކަށް ވެފައި ދެން ވެސް އިޞްލާހްވޭ މީ އަދި ދުނިޔެއެއް ނޫން

    200
    6
  5. އަބްދޫ

    މީނާ ވީޑިއޯ އެއްގަ ބުނޭ އޭނަގެ ކިބައިން އިސްލާމްދީނަށް ފުރައްސާރަކުރުމަށާއި ރަސޫލާއަށާ ގުރްއާނަށް ފުރައްސާރަކުރުމަށް ނަސީދު އޭނާގެ ކިބައިނއެދުނުކަމަށް

    155
    19
    • ޢަހޫ

      ތީ ފިޔާތޮށި ވަގުންގެ ގެންގުޅޭ ކުއްޖެއް

      16
      104
      • ހައްގު

        ތަނެއްދޮރެއްނުބަލާ ކޮމެންޓުކުރާނީ ހިންދުކޮޅުގައި ހުރީމަ، އެބުނި ވީޑިއޯ ބަލާލާ.

        30
        3
      • ކަރާ މޯލަޑިވްސް

        ހޭބަލިވިޔަސް ބޮޑުވަރުތީ

        16
        1
  6. ބުއްޅަބޭ

    ހަސަން ކުރުސީ އަވަހަށް އެކޮޔަށް އެހީވޭ.ރަނގަޅަށް ތިވީ. ތީ ބޮލުރޮދި ކެނޑިފަހުރި ބުރާންޗެއް.

    143
    5
  7. ސުނާރު

    ވިސާ ނެތިއްޔާ ހޭ އަރުވާލާނެ މެލޭޝިޔާ ގަ. މިތާ ބޮންދުން އުޅޭހެން ނޫޅެވޭނެ އެތާކު.

    70
    2
  8. އިބާދު

    އެހެން އުޅޭ މީހުންނަށް ދުނިޔެއާއި ޢާޙިރަތުގައި ގެއްލުމާއި ހަލާކު ހުރިކަން އެއީ ފުރިހަމަ މުސްލިމަކު ދެބަސްވާނެ ކަމެއްނޫން.. އޭނާގެ ވެރިފަރާތުން އޭނާގެންދަވާނީ ދުނިޔަވީގޮތުން އެ ނުބައިއަމަލްގެ ހިތިކަން ދައްކަވާފައި، އެހެނަސް ތައުބާވެ ހިތުގެ އަގީދާ ހަރުދަނާކޮށްފި ނަމަ ހާލަތު ބަދަލްވުން އެއީ ވަރަށް އަވަސްކަމެއް.. ﷲ އީ ރަހްމާން ވަންތަ ރަހީމްވަންތަ ރަސްވަންތަ ކަލާންގެ.

    92
    3
  9. ރަދީފް

    ކެނެޑާ ކަލަހަލަ ތަންތަނުން ކަލެއަށް ހުރިހާ އެއްޗެއް ވެސް ދޭނެ.ލަދު ކޮބާ؟؟؟ އަވަސް ޝިފާއަކަށް އެދެން.

    29
    7
    • Anonymous

      ދުވަހަކުވެސް ޝިފާއެއް ލިބޭ ފާޑަކަށް ނޫން ފެންނަނީ.

      24
  10. ބޭބެ

    ތާހިރު ވެއްޖޭންނު

    39
    1
  11. ާޔާނު

    ހީވޭ ކަމެއް ހެން.. ހެޔޮވިސްނުން ދެއްވާށި.. އާމީން

    50
    2
  12. ރަން ރީނދޫ

    އަދި އެއް ވީޑިއޯ ނެރޭ،އޭރަށް ލާދީނީ ޖަމާއަތްތަކުގެ އެހީ ލިބޭނެ ތާ. އެކަމް މިހާރު އެކަހަލަ ވީޑިއޯ ތައް ވެސް ވަޔަކު ނުހިފާވިއްޔާ. ލާދީނީ މި ވެރިން އިސްލާމް ދީނަށް ފުރައްސާރަ ކޮއްގެން ދިރިއުޅުން އާރާސްތުކުރަނީ. އެހެންވީމާ އިސްލާމް ދީނަށް ޝުކުރު ވެރިވާން ޖެހޭ. ސަކިންދާމެން ޖަރުމަނު ގައި އެއުޅެވެނީ އެކްސް މުސްލިމަކަށް ވީމާ.

    30
    1
    • Anonymous

      އެކަހަލަ ވީޑިއޯ ހެދިވަރަކަށް އިސްލާމްދީނަށް ވަންނަ ކާފަރުން ގިނަވާތީ ހުޅަނގުގެ ގައުމުތަކުން ވެސް މިހާރު އެކަހަލަ ވީޑިއޯތަކަށް ހިތްވަރެއްނުދޭ. އެހެން ނޫނަސް މިހާރު ހުޅަނގުގެ ގައުމުތަކުގައި އިސްލާމްދީން ފެތުރެމުންދަނީ ފަތުއަޑުކިޔާފަ.

      23
      1
      • ޢަހުމަދުވަގާރު

        މަ އަޑު އެހީ ޗައިނާގަ ކަމަށް

        1
        3
  13. ހުސޭނުބޭ

    ހަސަން ކުރުސީގެ އެހީތެރިކަމުގައި ރާއްޖޭން ފިލައިގެން ދިޔައިރު ހީވި ތިމަންނާއަށް މިއެރުނީ އުޑަށޭ. މިހާރު ހުންނާނީ ރާކަނިމަސް ކެވިފައި. އަހަރެން ހިތަކަށް އެކައްޗެއްވެސް ނާރާ. އަހަރެމެންނަށް ކީއް!

    46
    3
  14. ހާމިދު ޝާޙިދު

    ތިއީ މިސަރުކާރުން ހިމާޔަތް ކޮށްގެން އުޅޭ ގޮއްޔެއް. އެކަން ވަރަށް ސާފު. އެހެންވީމާ މިބުނީ، އޭނާއަށް އިންސާނިއްޔަތަށް އެހީއެއް ފޯރު ކޮށްދިނަށް މިފަސްގަނޑަށް އެނބުރި ނުގެނައުމަށް.

    32
    • ލޮލް

      ބަލަ އޭނާއަށް އެހީވާން އެދުނީ ފިޔާތޮށި އެޑުވައިޒަރުދޯ. އެމްޑީޕީއިން ބޭނުމެއްނުވާނެ އިސްލާމްދީނާއި ދެކޮޅު މީހުނެއް.

      5
      32
  15. ދޫކޮށްލާ

    ތިޔާ ވައްތަރު މީހުންނަށް އެހީވާން ހެޔޮނުވާނެއޭ ތިޔާއީ އަބޫ ޖަހުލު ދަރިކޮޅު މީހުންނޭ ހެޔޮނުވާނެއޭ އެހީތެރިވާން ދޫކޮށްލާ ދާނެ ގޮތަށް ދާނެއޭ އެއިރުން އޭނާ އަށްވުރެން ބާރުގަދަ ފަރާތެއް ވާކަން އޭނާ އަށް އިހްސާސްވެ ހާލުގައި އޮވެ މިދުނިޔެ ދޫކޮށްދާނެ ނޫންތޭ...

    27
    1
  16. އެލެކުސް

    ކޮބާ އިންތި އިންތިއަށް ބޮޑުބޭބެ ކިޔާ ސޭބޯއެއް އެއީ.

    35
  17. ދިދަ ދަނޑި

    ދެން ސަރުކާރުން ހަރަދުކޮށްގެން ބޮޑު ވަފްދެއް ދާންވީ އޭނާ ބަލާ؟؟ ރަސްމީ އިއްޒަތުގަ ރާއްޖެ ގެންނަން؟؟؟ ވާންވީ ގޮތް ވެފަ ތިއޮތީ ..

    33
    1
  18. ދެރަ

    ކޮއްކޯ ތިފެންނަނީ އިސްލާމްދީނުގެ ފީކަޅާކަމެއްނޫން އެއީ ދިވެހިންގެ ގޮތެއްފޮތެއް ނެތްކަން.

    27
  19. އދ

    ތިޔަ އަންހެނާ ހާލުގައި ޖެހިދާނެ ކަމަކަށް ނުބެލެވެއެވެ
    ރާއްޖޭގައި އުޅޭ ދީނަށް މަލާތްކު ރާ މީހުންގެ ތެރ ރޭގައި
    ވަ ރަށްބޮޑެތި މުއްސަނދިން އެބަތިއްބެވެ އެމީހުންނަށް
    ދިވެހިދައުލަތްވެސް މިލްކުވެފައިވާ ކަހަލައެވެ އެފަދަ މީހުން
    ނަން މަސްހޫ ރުވުމަށާއި ރަންމެޑަލް ޖެހުމަށް ލިބަފައިވާ
    ވަސީލަތެއް ބީވެދާން ދޫކޮށެއްނުލާނެއެވެ.

    34
    1
  20. ސަމީ

    މީނަ އަކީ މި އުޅޭ އިމްތިޔާޒު ފަހުމީ މެންގެ މީހެއް...

    38
    2
  21. ޜަނާ

    ޢިސްލާމްދީނަށް ފުރައްސާރރަ ކުރާ ކަަން މެލޭޝިއާ ސަރުކާރަށް އެނގިއް ޖިއްޔާ ވަގުތުން ޑީޕޯރޓްކޮށްލާނެ ކަމީ ޔަގީން ކަމެއް. މީގެކުރިންވެސް އެފަދަ މީހުން ހަމަ ވަގުތުން ޑީޕޯރޓްކޮށްފަ ހުރީ.
    ދެން ހާލުގަ ޖެހުނީމަ އެއްކަލަ އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކަަން ފަންޑްކުރި މީހުނާ ގުޅާބަލަ އެހީވެ ދޭނެޔޭ

    30
    1
  22. ރައްޔިތުމީހުން

    އެމްޑީއެން އެމީހުންގެ ގެ ބޭނުން ފުދުނީމަ އެއްލާލީދޯ!

    31
    2
  23. މާމީ

    ކޮބާ މީނައައް ދީނައް ހަޖޫޖަހަން ބާރުދިން އުތަމައިގެ މެމްބަރުން ކޮބާ ލޮލީހަމީދު

    31
  24. Anonymous

    އުފާ އަކީ މިރާއްޖޭގައި ލާދީނިއްޔަތު ފަތުރަން މަސައްކަތްކުރާ ބަޔަކު ގެންގުޅޭ ޕަޕެޓެއް. އޭނާ ރާއްޖޭގައި ހުރެގެން ފާޅުގައި ދީނަށް ފުރައްސާރަކުރަން ފެށުމުން އޭނާއަށް ނުރައްކާއޮތްކަމަށް ބުނެ އޭނާ ރާއްޖެއިން ފޮނުވާލީވެސް މިދެންނެވި މީހުން މިސަރުކާރުގެ ބާރުގަދަ ފަރާތްތަކެއްގެ އެހީއާއެކު. މިހާރު މިބައިމީހުންނަށްވެސް އެމަންޖެގެ ބޭނުމެއްނެތި އަޅައިނުލީމަ ހާލުގައި ޖެހިފައި. ދެން ސަރުކާރުން އޭނާ ރާއްޖެގެންނައިރު އޭނާވާނީ އެކަހަލަ އެހެންމީހުންފަދަ މޮޔައަކަށް. އެހެންވީމަ ހައްޔަރުނުކޮށް ތަހުޤީޤް ނުކޮށް ނަމުގައި ފަރުވާއަށް ދޫކޮށްލާފައި ބަހައްޓާނީ.

    28
  25. މޮލް

    ދޮގުހަދާގެން ބޯންފައިސާ ހޯދާ މަންޖެއްތީ

    34
  26. ކިޔާކުއްޖާ

    އަވަހަށް ދާންވީނު އެމަންޖެ ގެނެސް ހިމާޔަތްދީ ސަރުކާރު ބޭނުންވާފަދަ ދަރިޔެއްތީ

    25
    1
  27. ބުރާންތި

    ވަކި ދީނެއްގެ މީހެއްވީމަތަ އިހްތިރާމް ކުރަން ޖެހޭނީ؟ މީނައަކީ ވެސް ހަމަ ކަލޭމެންކަހަލަ އިންސާނެކޭ. ވަކި ދެރައެއް ނުވާނެ.

    7
    50
    • ކޮންކަމަކަށްތަ މޮޅީ އޭނަ

      ކަލޭ ބުނެބަލަ އޭނަގެ މޮޅުކަމެއް. ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ބަހެއް ބުނެލާކަށްވެދް ނޭނގެ. ދެން ކޮންކަމަކަށް މޮޅުވެގެން ތިއުޅެނީ

      11
      3
    • Anonymous

      އާޚިރަތް ދުވަހު ނަރަކަތެރޭ އަނދަމުންދާއިރު އެނގޭނެ ކޮންކަހަލަ އިންސާނެއްކަން.

      15
      3
    • ފާގަހަސަން

      ދިވެއްސެއްގެ ދަރިއެކޭ ބުނަން ލަދު ގަނޭ ...ހުރި ހަޔާތްކުޑަކަން ބަލާބަލަ

      20
      3
    • ސިޑް

      އަހަރުމެންނަކީ މުސްލިމުން އަހަރުމެންއެހީވާނީއެދިނައްއުޅޭމީހުންނައް

      4
      2
  28. އަހުމަދު

    ތިތާ އޮވެ ނިމިދޭ، އެންމެ ލާރިއެއްވެސް ނުދޭނަން.

    13
    2
  29. ދިވެހިން

    ދެންކޮބާ މިހާރު ތިބުނާ ފަަންޑުކުރި މީހުން އެމީހުން ކާރީން އެހީއައް އެދިބަލަ ކަލޭ ގަބޫލުކުރީ އެއީ ކަމައް އެންމެ ބާރުގަދަ ފަރާތަކީ ކަލެއަށް ހަލާކު ހުރި

    11
  30. ސަމްޒް

    އޭނާ ހުރީ ހަގީގަތުގަވެސް ހާލުގައިޖެހިފަ ކަމަށްވާނަމަ އޭނާއަށް އެހީތެރިކަން ފޯރުކޮއްދިނުން މުހިންމެވެ. މުސްލިމުންގެ އޯގާޔެރިކަން އޭނާއަށް އިހުސާސް ކުރެވެން ޖެހެއެވެ. އެއީ އޭގެ ސަބަބުން އޭނާއަތް މާތްރަސްކަލާނގެ ހިދާޔަތް ދައްކަވައި ހެޔޮ މުއުމިނަކައްވެ ކުރެވުނު ފާފަތައް ފުއްސައިދެއްވަފާނެކަމުގެ އުންމީދުގައެވެ. ފާފަތައް ކުރަމުން އުޑާއި ބިން ފުރާލިކަމުގައި ވިޔަސް އިޚްލާސްތެރިކަމާއި އެކު ތައުބާވެ ފާފަފުއްސެވުމައް އެދި ދުއާ ކުރުމުން އެކަލާނގެ އެންމެހައި ފާފަތައް ފުއްސަވައިދެއްވާނެއެވެ. ހަމަ އެކަނި ޝަރުތަކީ އިޚްލާސްތެރި ތައުބާއަކުން މާތްރަސްކަލާނގެ ހަޒްރަތުގައި ފާފަފުއްސެވުމައް ދެންނެވުމެވެ. މިއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ފުރުސަތެކެވެ.

    25
    3
  31. ނަބީހް

    މިކަމުން ވަރަށް ބޮޑު ޙަޤީޤަތެއް ހާމަވެއްޖެއެވެ. އެ ޙަޤީޤަތަކީ، އިސްލާމޮފޯބިއާ އިންޑަސްޓްރީގެ ޙަޤީޤަތެވެ. މީސްމީޑިޔާއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދާ، ރުޅިވެރިކަން އުފައްދާ، ދީނަށް ފުރައްސާރަކުރާ، ހަޖޫޖަހާ އިންޑަސްޓްރީގެ ޙަޤީޤަތެވެ. އެކަމުގައި އުޅެނީ ހަމައެކަނި އެކަމަށް ޢައްޔަނުވެފާ ތިބޭ ބަޔަކު ނޫން ކަމާއި މުސްލިމުންގެ ތެރޭގައި ވެސް އުޅޭ ލާދިނީ މީހުންނަކީ އެމީހުންނަށް ވަފާތެރި، އެމީހުން ގާތުގައި މަޤްބޫލު ބައެއް ކަމުގެ ހެކި މި ޚަބަރުން ފިލައިފިއެވެ.
    މިސާލަކަށް މީސްމީޑިޔާގައި، ޖޯން ނުވަތަ ޖަސްޓިން، ކިޔާ ޢައިރު މުސްލިމަކު އިސްލާމްދީނަށް ފުރައްސާރަކޮއްފި ނަމަ އެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ. އެކަމަކު އަހުމަދު، މުހައްމަދު ނުވަތަ ފަހުމީ ކިޔާ މީހަކު އިސްލާމްދީނަށް ފުރައްސާރަކުރީމާ އޭނާ އެވީ ސެލެބްރިޓީއަކަށެވެ.އަސައިލަމް ލިބުނީއެވެ. ހުޅަނގުގެ ޤައުމުތަކުގައި ހީރޯއަކަށް ވީއެވެ.އެމީހުންގެ އެހީ ލިބުނީއެވެ.ފައިސާ ފަންޑުކުރާނެއެވެ. މި މަންޖެއަށް ވެސް މިވީ އެކަހަލަ ގޮތެކެވެ. މިއީ އަޅުގަނޑު ދެންނެވި ޙަޤީޤަތެވެ. މީނާގެ ދުލުން ވެސް އެމީހުން ފައިސާ ފަންޑުކުރާ ވާހަކަ ބުނެފި ނޫންތޯއެވެ.؟
    އެކަމަކު މިހާ މަތީގައި ހުރި އެމީހުންގެ ސެލެބްރިޓީއަކު ޙާލުގައި ޖެހިއްޖެއޭ ބުނީމާ އަޅެފަހެ ޤަބޫލުކުރެވޭނެހެއްޔެވެ؟
    އަދި އެހެން ޙަޤީޤަތެއްގެ ވާހަކަ ދަންނަވައިލިޔަ ދެއްވާށެވެ.އެއީ ދުނިޔޭގެ އެހެން ދީނެއްގެ މީހަކު އެދީން ދޫކޮއްލާފާ ކުރިން ހުރި ދީނަށް ކިތަންމެ ފުރައްސާރައެއް ކުރިޔަސް އޭނާގެ ވާހަކަ އަޑު އަހާ މީހަކު ދުނިޔޭގައެއް ނޫޅޭނެއެވެ. އެކަމަކު މިފަދަ ޖާހިލު މުސްލިމަކު، މުރުތައްދުވެ، މީސްމީޑިޔާގައި ދީނަށް ފުރައްސާރަކޮއްފިނަމަ އެވެރިންގެ ގާތުގައި(އިސްލާމޮފޯބިޔާ، ޔަހޫދީންނާއި ނަސާރާއިންނާއި އެތީސްޓުން) ގާތުގައި އެމީހަކު ސެލެބްރިޓީއަކަށް ވެ ފައިސާ ފަންޑުކޮށް ހުރިހާ އެހީއެއް ލިބިދެއެވެ. މިކަމުން އަންގައިދެނީ އެމީހުން އިސްލާމްދީނާއި މެދު އޮންނަ ނަފްރަތްތެރިކަމެވެ.އާދެ! ކޮން ޙަޤީޤަތެއްތޯ؟ އިސްލާމްދީނަކީ ޙައްޤު ދީންކަމެވެ.
    "ހިއްޗަކުން ރަހަ ލިބެވުނީތީހޭ އަޖާއިބު ތިޔަވަނީ
    އެއްޗަކުން ފެނިދާހުށީ ހަމަ އަސްލުގާވެސް ހުރިގޮތެއް"

    10
    3
  32. ނ.ނ

    ދެންވެސް ތައުބާވޭ .އިންސާނުންނަށްކުށްކުރެވޭނެ

    14
    2
  33. ކަރޯކޭ

    އަދިވެސް އޭނައަށް މަލާމާތް ކުރަނީދޯ އިސްލާމުންނަށް ވެތިބެ މުސްލިމުން ދައްކާކަހަލަ ހިތްތިރިކަމެއް ދައްކާކަށް ނޭނގޭ ދީނަށް މީހުން ނަފުރަތުކުރަނީވެސް މިކަހަލަ މީހުންނާހެދި.

    10
    10
  34. އަން ރިޒޯލްވްޑް

    ކޮބާ އެކައުންޓް ނަމްބަރު

    2
    5
  35. 83838

    ގޯޑް ގޭވް ޔޫ ސެކަންޑް ޗާންސް..ތިންކް

  36. ޖަމާލު

    މޑނ އާ އުތެމަ އިން އެތައް ދިވެހި ޒުވާނުންނެއްގެ ބޮލަށް ސަވާރުވެ އިސްލާމް ދީނާއި ދެކޮޅަށް ރެކްރޫޓް ކޮށް މޑނ އާ އުތެމަ އަށް ފަންޑު ކުރާ ބޭރުގެ ޖަމާއަތްތަކާ މޑޕ ގެ ސަރުކާރުގެ ހަރަދު ގައި ބޭރުގެ އެކި ގައމުތަކައް
    ގެން ގޮސް ގެން އެބައުޅޭނޫންތޯ އެތައް ދިވެހިން ނެއް. ތީނަގެ ބޮޑުން އެ އުޅެނީ އިބޫ ސަރުކާރުގެ މަތީ މަގާމު ތަކުގައި. މިކަން ނޭނގޭ ދިވެއްސަކު މަދުވާނެ. ޖަމީއްޔާ ތަކުގެ ނަމުގައި އިސްލާމް ދީނާއި ދެކޮޅަށް ދިވެހި ޒުވާނުން ރެކްރޫޓް ކުރުން ވަނީ މެކުހައް ޖަހާފަ. ނަރަކަ ހޯދަން ވެގެން ރާއްޖެއިން ބޭރަށް ގޮސް އިސްލާމް ދީނުގެ އަދުއްވުންނާއެކުއެކު އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ތިކަހަލަ މީހުން މި ރާއްޖެއަށް ގެއްނާނެ ކަމެއްނެތް. ތިކަހަލަ މީހުން މި ރާއްޖެއަށް ގެނައުމަކީ ދިވެހީން ނަށް ހުރި ބޮޑު ނުރައްކަލެއް ނޫންތޯ.

    6
    1
  37. ހަނާ

    އެހީވާން ތިބިމީހުން މިހާރުކޮބާ.... ދެންވެސް އިސްލާހުވެ ވީޑިއޯނެރެން ވީނުން...

  38. ބޮޑުބޭބެ

    ކޮމެންޓް ކުރާ ކުދިންނަށް އެގޭތަ ، މުޚްތާރު ފަހުމީ އަކީ އެމް ޕީ އިންތީގެ އެއްބަފާ ބޭބެ ، މިމަންޖެ އަކީ އިންތިއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ، މިކަހަލަ ލާދީނީ މަންޖެ މެންނާއި ގުޅިފައިވަނީ ކޮންބައެއްްކަން މިހާރު ސާފްވެދާނެކަމަށް ހީކުރަން ،،،،،

  39. ޢަޒު

    އުފާއަށް ހެޔޮވިސްނުން ދެއްވާށި އިސްލާމް ދީނަށް ފުރައްސާރަ ކުރީތީ ތައުބާވެ އަލުން އިސްލާމް ދީނަށް ވަނުމަށް އެދެން ޤްރްއާން ކިޔަވާ ގިނަގިނައިން ނަމާދު ކޮށް ރޯދަ ހިފާ ސުންނަތް އަޅުކަންތައްވެސް ކުރުމަށް ނަސޭޙަތްތެރިވަން އިސްލާމްދީނަކީ އެންމެ ފަސޭހަ ދީން އެންމެ އޯގާތެރި ދީން އެންމެ މާތްދީން ތިބާއަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި އާމީން

  40. އަނެއް

    މިހާރު ނުވިއަޅާލާނެ އެމްޑީއެން އެއް ޔޫތު އެމްޕަވާ އޭ ކިޔާފަ އުޅޭ ގުރޫޕު ތަކެއް ވެސް. އެމްޑީޕީ ކައިރިން އެހީއަށް އެދެން ވީނު. އެ މީހުން ތިކަހަލަ މީހުންނަށް އެހީވެދީ އުޅޭ ކަމަށް އަޑުއަހަން.

  41. ހެޕީ

    މަނެޖެ ނުޖެހޭނެ ހާލުގަ ޖެހޭކަށެއް ޑޮލާ އެކަުންޓު ނަމްބަރ ކޮންމެސް ގޮތަކުން ލީބޭނެގޮތް ހަދާދީ

  42. ކަންއޮތްގޮތް

    މިރާއްޖޭގަ އިސްލާމް ދީން ގަބޫލުނުކުރާ އެއްލަކަ މީހުން އުޅޭނެ އެކަމަކު އެކަން ހާމަ ކޮށްގެން އުޅެވެންނެތީމަ އުޅޭނީ ހުސް އިސްލާމުން

  43. މޮޔަ

    ރަނގަޅު ފިލާވަޅެއް ލިބޭވަރަށް ކޮވިޑް ތިކަލޭގެއަށް ހަމަލާދީ ބަލަ. އޭރުން ހެޔޮވިސްނިދާނެ ތޯއްޗެއް

  44. Anonymous

    ލާރި ހުސްވެ ހާލުގަ ޖެހޭކަށް ނުޖެހޭ؟..ކޮބާތަ ކަލެއަށް ހިއްވަރުލާދިން އިބިލީސްތައް؟..އެމީހުން އަތުގަ ފައިސާ ހުންނާނެ. އެމީހުން ދޭނެ ކާން ، ބޯން، ކަލޭ ލާރިހުސްވެގެން އެހީއަށް އެދުން އެއީ ކަލެއަށްވެސް ، އަދި ކަލޭ ބޮލަށްސަވާރުވި ކާފަރު އިބިލީސްތަކަށްވެސް ލިބުނު ލަދެއް...

  45. Anonymous

    މަށަށް ކީތް. އެމްޑީއެން ކައިރީ އެހީވާން ބުނޭ.

  46. ނަން

    އިސްލާޙުވޭ